އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ޑިރެކްޓާ ޖެނެރަލް ރަފައެލް ގްރޮސީ: އޭނާ ވިދާޅުވަނީ އީރާންގެ ނިއުކްލިއާ މަޝްރޫއު އަލުން ފަށައި ޔުރޭނިއަމް ފައްކާކުރުން ވެސް ލަސް ނުވެ ފެށޭނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
29 ޖޫން 2025 - 06:00
އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވިޔަސް ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް މަދު މަސްދުވަސްތަކެއްގެ ތެރޭގައި އަލުން ފެށޭނެ ކަމަށް ބެލެވޭ ކަމަށް އދ.ގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މި މަހުގެ 13 ވަނަ ދުވަހު ހަމަލާދޭން ފަށައި 12 ދުވަސް ވަންދެން ވަރުގަދަ ހަމަލާތައް ދީފައިވެ އެވެ. މިއީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވަން ދިން ހަމަލާތަކެއް ކަމަށް ބުނާއިރު އީރާނުން އަބަދުވެސް ބުނަމުން އަންނަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އެ ގައުމުގެ މަގްސަދެއް ނޫން ކަމަށެވެ.
އީރާނުގެ ފޮރިން މިިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ނިއުކްލިއާ ސައިޓްތަކަށް ވަރަށް ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލުތައް އަދި ސާފުނުވާ ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް "އެތައް ޒަމާންތަކަކަށް" ލަސްކޮށްލެވިއްޖެކަން ކަށަވަރު ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ޑިރެކްޓާ ޖެނެރަލް ގްރޮސީ ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނިއުކްލިއާ މަސައްކަތް އެއްކޮށް ހުއްޓުމަކަށް ނާންނަ ކަމަށެވެ.
"އެ މީހުންނަށް އެކަން ވާނެ ... އެކަމަށް ހޭދަވާނީ މަސްތަކެއް. އަޅުގަނޑު ދަންނަވާނީ އަދިވެސް ބައެއް ސެންޓްރިފިއުޖްތަކުން ދަނީ ފައްކާކޮށްފައިވާ ޔުރޭނިއަމް އުފައްދަމުންނޭ ...،" ގްރޮސީ ދެއްވި އިންޓަވިއެއްގެ ޓްރާންސްކްރިޕްޓުގައިވެ އެވެ.
އަނެއް މުހިންމު ސުވާލަކަށް ވެފައިވަނީ ވަރަށް ބޮޑަށް މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ 408.6 ކިލޯގްރާމްގެ ތެރެއިން ބައެއް ނުވަތަ ހުރިހާ އެއްޗެއް ހަމަލާތަކުގެ ކުރިން އީރާނުން އެހެން ތަންތަނަށް ބަދަލުކުރެވުނުތޯ އެވެ.
މި ޔޫރޭނިއަމް އަކީ 60 ޕަސެންޓަށް ފައްކާކޮށްފައިވާ އެއްޗަކަށް ވާއިރު މިއީ މަދަނީ ކަންކަމަށް ބޭނުންކުރާ ވަރަށް ވުރެ މަތީ މިންގަނޑެކެވެ. އެކަމަކު އެއީ އަދިވެސް ނިއުކްލިއާ ހަތިޔާރަށް ބޭނުންވާ ގްރޭޑެއް ނޫނެވެ. އެ މެޓީރިއަލް އިތުރަށް ޕްރޮސެސްކޮށްފި ނަމަ ނުވަ ނިއުކްލިއާ ބޮން އެއިން އުފެއްދޭނެ ކަމަށް ބެލެވެ އެވެ.
"އެ މެޓީރިއަލް ވީ ކޮން ތާކު ކަމެއް ނޭނގެ،" ގްރޮސީ ވިދާޅުވި އެވެ.
"ހަމަލާތަކުގައި އޭގެ ބައެއް ހަލާކުވެފައި ވެދާނެ. އެކަމަކު އޭގެ ބައެއް ނަމަވެސް ރައްކާކުރެވިފައި ވެދާނެ. އެހެންވެ ކޮންމެވެސް ހިސާބަކުން މިކަން ކަށަވަރުވާން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އިޒްރޭލާއި އެމެރިކާއިން ހަމަލާދިން އިރު އެންމެ ކުޑަމިނުން އެކަން ކުށްވެރިކޮށްލަން އައިއޭއީއޭއަށް ނުކުރެނު ކަމަށް ބުނެ އީރާންގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ވަނީ އައިއޭއީއޭ އަށް އެއްބާރުލުން ދިނުން ހުއްޓާލަން ފާސްކޮށްފަ އެވެ. އެހެންވެ ނިއުކްލިއާ މަރުކަޒުތަކަށް ލިބުނު ގެއްލުން ބެލުމަށް އެ ތަންތަނަށް ޒިޔާރަތްކުރުމުގެ ހުއްދަ ވެސް ނުދޭނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެން ތިބެން ޖެހޭނީ އެ ޔުރޭނިއަމް ކޮބައިތޯ، ވީ ކިހިނެއްތޯ އެނގޭ ހާލަތެއްގައި،" ގްރޮސީ ވިދާޅުވި އެވެ.
އައިއޭއީއޭގެ ވެރިޔާ މިހެން ވިދާޅުވެފައި ވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ އީރާނުން ފައްކާކޮށްފައި ހުރި ޔުރޭނިއަމް ހަމަލާގެ ކުރިން އެހެން ތަނަކަށް ގެންދެވުނު ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.
"އެއީ ވަރަށް އުނދަގޫކަމެއް އަދި ހަމަލާގެ ކުރިން އީރާނަށް އެކަން މާކުރިއަކުން ނުވެސް އަންގަން،" ޓްރަމްޕު ވިދާޅުވި އެވެ. "އެ މީހުން އެއްވެސް އެއްޗެއް [އެތަނަކުން] ނުގެންދޭ."
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އީރާނުގައި އައިއޭއީއޭ އިން ކުރާ މަސައްކަތަށް އެމެރިކާގެ ތާއީދު އޮތްކަން ފާހަގަކުރައްވައި ގްރޮސީ އާއި އޭނާގެ އެޖެންސީގެ ޕްރޮފެޝަނަލިޒަމަށް ތައުރީފް ކުރައްވައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހު
29 June 2025
ޓެރަރިސްޓުންނަކީ ކޮބައިކަން އަހަރެމެން ވަރަށް ރަނގަޅަށް ދެނެގަންނަން އެބަޖެހެވެ. މުޅިދުނިޔެ ފަސާދަ ކޮށް "ބަސްނާހާ" ޤައުުމުތަށް ތަޅާ ސުންނާފަތި ކުރާމީހުން ދެނެގަންނަން އެބަޖެހެއެވެ. ރޯމާ ދުވާލު ވައްކަން ކޮށް ޤައުމުތަށް ލޫޓުވަމުން ދުވަނީ ކޮން ބައެއްކަން ވެސް ދެނެގަންނަން އެބަޖެހެއެވެ. މުޅި ދުނިޔެ ކޮންޓްރޯލް ކޮށް ވަކިބަޔަކު ބޭނުންވާހާ ކަމެއް ޙާސިލު ކުރަން އދ އޭ ކިޔާތަނެއް ހަދައި ގެން އުޅެނީ ކޮން ބައެއްތޯ ބަލަން ވެސް އެބަޖެހެއެވެ. ޖަވާބު ދެއްވާށެވެ!
ޖދހފހފހފ
29 June 2025
މިމީހުންނަކީ ހާދަ ގޮތެއްނެތް ލަދުކުޑަބައެކޭ. އިޒުރޭލުން ބައިނަލް އަގުވާމީ އެތައް މުއާހަދާއަކާއި ގާނޫނުތަކެއް ބޮލާލާޖަހައި އެހިންގާ ނަސްތުނައްތާލުމުގެ ޖަރީމާހުއްޓުވަންނޫޅެ މި މުޖުރިމުން އެބަލަނީ އީރާން ފަހާދުވަން. އިޒުރޭލުކަހަލަ ނުރައްކާތެރި ލާއިންސާނީކަމުގަ ހައްދު ފަހަނަ އަޅާފަތިބި ބައެއްގެ އަތުގަ ނިއުކުލިޔަ ހަތިޔާރުހުރެގެން މިމީހުންކަންބޮޑެއްނުވޭ. އިޒްރޭލަކީ ނިއުކުލިޔަ ހަކަތައާބެހޭ މުއާހަދާވެސް ބޮލާލާ ޖަހައިގެންތިބި ލަދުކުޑަބައެއް
ދަނޑުން
29 June 2025
އެމެރިކާގެ ދޮންދަރި އިސްރާއީލް ހިމާޔާތްކުރުމުގެ ނަމުގައި އިރާނަށް އެމެރިކާއަށް ހަމަލާއެއް ނުދެވޭނެ، ހަމަލާދީފައިވާތީ އެއީ އެމެރިކާގެ އަނިޔާވެރިކަން، ހުދުމުޚްތާރު ވެރިކަމެއް...
ފަސްމާލި
29 June 2025
އައިއޭއީއޭ އިރާން ފަހާ ނުދުވެ އިހަށް އިޒްރާއީލް ކަންތައް ހަމައަކަށް އަޅުވަންވީ އެއްނު!! ޒަމާނެއްގަ ނިއުކްލިއަރ ހަތިޔާރު އުފައްދަފާނެ ބަޔަކު ފަހާ ދުވުމަށްވުރެ މިހާރު ވެސް ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ މީހުންގެ ކަންކަން ހަމައަކަށް އެޅުވިއްޔާ މާރަނގަޅެއްނު!! ޒިންމާ އަދާކުރެވޭތޯ ބަލާބަލަ! ސުޕަރވައިޒަރީ ބޮޑީއެއްގެ ހައިސިއްޔަތުން ލިބިފަ ހުރި އިރާންގެ ކޮނފިޑެންޝަލް މަޢުލޫމާތު އިޒްރޭލަށް ލީކްކޮއްލާފަ ލަދެއް ނުގަނޭތަ އަނގަ ފުޅާކުރަން!!
raajje
29 June 2025
ވީއެންމެ އަވަހަކަށް ނިއުކުލިޔާރބޮން އުފައްދުމަކީ އިރާނަށްމަޖުބޫރުކަމެއް، އަޅުގަނޑުގެ ހިޔާލަކީ ވީހާވެސްއަވަހަކަށް ވީހާވެސް ގިނައަދަދެއްގެ ނިއުކުލިޔަރބޮން އިރާނުން އުފަށްދާތައްޔާރުވާށޭ! އިތުރުހަމަލާތަކާ ހަނގުރާމަނުފެށިއެއްނުދާނެ، މިފަހަރުހަނގުރާމަތިހުއްޓުނީ އިޒުރޭލާ އެމެރިކާއަށް އެއްވެސްކުރިއެރުމެއްނުލިބޭނެކަން ކަށަވަރުވީމާ އެއްޗެކޭކިޔާފަ ހަނގުރާމަހުއްޓާލަން އެމެރިކާއާ އިޒުރެލަށްމަޖުބޫބުވީ
އައިއޭއީއޭ މަހަށްދޭބަލަ
29 June 2025
މިހާރު އިރާނުން ފައްކާކުރަންވީ ޔުރޭނިއަމްއެއްނޫން ހަދަންވީ ބޮން
raajje
29 June 2025
އައިއޭއީއޭ މަހަށްދޭބަލަ: އިޒުރޭލާ އެމެރިކާއިން ސޮނިވެއްޓޭވަރުގެ މިސައިލްއުފައްދާ އަދި އެހާކާމިޔާބުކަމާއެކު އިޒުރޭލަށް އިރާނުން ރައްދުހަމަލޭވެސްދީފައިވާއިރު، އިރާނުން ނިއުކުލިޔަރބޮންވެސް އުފައްދާނެ ނުވަތަ މިހާރުވެސްވާނީ އުފައްދާފަ، ތިމަންނަމެން މިއުޅެނީ ނިއުކުލިޔަރބޮންހަދާށެކޭ ބުނާކަށްނުޖެހޭނެތާ! އިޒުރޭލުން އިސްވެ އިރާނަށްހަމަލާދިނީ އިރާނުގެގާބިލުކަންނޭންގޭތީ، މާނައަކީ އެމެރިކާއާ އިޒުރޭލުގެ އިންޓަލިޖެންސަށްވެސް އިރާނުގެ ހަގީގަތްނޭންގެޔޭދޯ
ހަމަނުހަމަ
29 June 2025
ދުނިޔޭގެ ވަކި ގައުމުތަކެއްގައި ނިއުކުލިއަރ ބާރާއި ހަތިޔާރު ހުރެފައި، ދެން އެހެން ބަޔަކަށް އެކަން ލިބިގެން ނުވާނެ ހަމައަކީ ކޮބައިބާ؟ ބައިނަލް އަގުވާމީ ހަމަތަކާ އެންމެ ބޮޑަށް ހިލާފުވެެ، ބޭނުން ކޮންމެ އިރެއްގައި އެހެން ގައުމުތަކަށް ހަމަލާދީ، އިންސާނުން މަރަމުން ދިއުމުގެ އެންމެ މަތީ ރެކޯޑު އޮތީ މިހާރުވެސް ތިޔަ ހަތިޔާރެއް ހުރި ގައުމުތަކުގަ. އޭގެރެއިންވެސް އެމެރިކާއާއި އިޒްރޭލު އެންމެ ކުރީގަ. ވީއިރު މިމީހުން ނޫންބާ ދުނިޔެއަށް އޮތް އަސްލު ނުރައްކަލަކީ؟
raajje
29 June 2025
ހަމަނުހަމަ: ދުނިޔޭގައި އިންސާފެއް ހަމަހަމަކަމެއް އެއްވެސްއިރެއްގައިނޯވޭ، ބާރުގަދަމީހާ ގަދަވާނެ، މީއިންސާނުންގެ މެދުގައިވެސް ޖަނަވާރުންގެމެދުގައިވެސް އަބަދުވެސްކަންހިނގާގޮތް، އަޅުގަނޑުމެންގެ ރާއްޖޭން އިންޑިޔާސިފައިންބޭލުވީކިހިނެއް؟ ޔުނީފޯމުއެކަނިބޭލުވީ، އިންޑިޔާގެބާރުގާކުރިކަމެއްމީ ހުރިހާދިވެހިންނަށްވެސް އެނގޭކަމެއް، ސަލާމަތްބޭނުމިއްޔާ އިރާނުންކުރަންވީކަމަކީ ވީހާވެސްއަވަހަށް ނިއުކުލިޔަރބޮންއުފައްދާ ޑެލިވަރކުރެވޭނެ ގާބިލުކަންހޯދުން
ފޫހި
29 June 2025
މިއީ މި ހޮޅަގުން އެކިނަންނަމުގައި ޖަމުޢިއްޔާ ހެދުމުގެ މަޤްޞަދަކީ. އެމީހުން ބޭނުންނުވާ ގައުމުތަކަށް ދަތިކޮށް އެ ގައުމުތައް ފުޑާލުން. މިއީ ވަރަށް ނުބައި ޔަހޫދީއެއް.
މާންބެ
29 June 2025
ސީދާ ގްރޮސީ މައުލޫމާތުދީގެން ދިނަ ހަމަލާއެއްކަނަ މި ފެންނަނީ.