ދުނިޔެ / ބޭސް

ކެއްސާތީ ދޭ ބޭހެއް ބުއި ކުދިންތަކެއް މަރުވުމުން އިންޑިއާގައި އެ ބޭސް މަނާކޮށް ތަހުގީގު ފަށައިފި

ކެއްސާތީ ބޯންދޭ ބޭހަކުން ކުދިންތަކެއް މަރުވި ކަމަށް ބެލެވޭތީ އިންޑިއާގައި ވަނީ ތަހުގީގެއް ފަށާފައި.

03 އޮކްޓޯބަރ 2025 - 09:09

1 comments

ކެއްސާތީ ދޭ ބޭހެއް ކަމަށްވާ "ކޮލްޑްރިފް" ސިރަޕް ބުއި ފަހުން އިންޑިއާގެ މަދިޔަ ޕްރެދޭޝް އާއި ރާޖަސްތާނުގައި ކުދިންތަކެއް މަރުވެ އެ ބޭހުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދުމުން ތަހުގީގު ފަށައިފި އެވެ.

މި ބޭސް ބުއި ހަ ކުއްޖަކު މަދިޔަ ޕްރަދޭޝްގައި މަރުވެފައިވެ އެވެ. މިދިޔަ 15 ދުވަސް ތެރޭ އެ ކުދިން މަރުވީ ކިޑްނީ ފެއިލްވެގެން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. ހަމަ މި ބޭސް ދިން އިތުރު ދެ ކުއްޖަކު ރާޖަސްތާނުގައި ވެސް ވަނީ މަރުވެފަ އެވެ. އެ ސްޓޭޓްގައި މި ބޭހުން ކުދިން މަރުވެ އަދި ބަލިވި މައްސަލައިގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން އެއީ ރައްކާތެރި ބޭހެއްކަން ކަށަވަރުކޮށްދޭން އެ މީހުންގެ ކުރިމަތީ ބޭސް ބުއި ސީނިއާ ޑޮކްޓަރަކު އޭގެ އިރުކޮޅެއް ފަހު އޭނާގެ ކާރު ތެރޭ ޚަބަރު ހުސްވެފައި އޮއްވައި ވެސް ފެނިފައިވެ އެވެ.

މި ކުދިން މަރުވީ ކެއްސާތީ ދިން ބޭހަށް ފަހުގައި ކަމަށް ޝައްކުވީ ކުދިން މަރުވި ގޮތާ މެދު ސުވާލު އުފެދުމުން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބެލި ބެލުމުގައި އެ ހުރިހާ ކުދިން ވެސް މި ބޭސް ބޭނުންކޮށްފައިވާކަން އެނގުމާ އެކުގަ އެވެ.

އިންޑިއާގެ ޓެމިލް ނާޑޫ ހިމެނޭހެން އެހެން ބައެއް ސްޓޭޓްތަކުގައި ވެސް މިހާރު ވަނީ ބޭހުގެ ޓެސްޓުތަކުގެ ނަތީޖާ ލިބި، މަރުތަކުގެ ހަގީގަތް އެނގެންދެން މި ބޭސް މަނާކޮށްފަ އެވެ. އެހެންވެ، އެ ބޭސް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އަންގައިފަ އެވެ.

އިންޑިއާގައި ވަނީ މީގެ ބޭސް ދިން ކުދިންތަކެއް މަރުވި މައްސަލަ ބޮޑުވެ ތަހުގީގު ފަށާފައި

ޓެމިލް ނާޑޫގެ ޑްރަގްސް ކޮންޓްރޯލްގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ކޮންޓްރޯލިން އެންޑް ލައިސަންސިން އޮތޯރިޓީގެ ވެރިޔާ އެސް ގުރުބާތީ ވިދާޅުވި ގޮތުގައި އެ ސްޓޭޓުގެ ޑްރަގް އިންސްޕެކްޓަރުންނަށް މިހާރު ވަނީ ފާމަސީތަކުގައި ކޯލްޑްރިފް ވިއްކުން ހުއްޓުވަން އަންގައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ބޭސް ނިސްބަތްވާ ބެޗުގެ ސާމްޕަލަކާއި އެ ބޭސް އުފެއްދި ކުންފުނިން ހަމަ އެ ކޮމްބިނޭޝަނުގައި ހަދާފައިވާ އެހެން ހަތަރު ބޭހެއްގެ ސާމްޕަލް މިހާރު ވަނީ ޓެސްޓްކުރަން ފޮނުވައިފަ އެވެ. މި ބޭސްތައް ތައްޔާރު ކުރަނީ ސަންގުވަރްޗަތުރަމްގައި ހުންނަ ސްރެސަން ފާމަސޫޓިކަލްސް އިންނެވެ.

މަދްޔަ ޕްރަދޭޝްގެ ޑްރަގް ކޮންޓްރޯލަރު ދިނޭޝް ކުމާރު މައުރިޔާ، ޓެމިލް ނާޑޫގެ ޑްރަގް ކޮންޓްރޯލަރަށް އަންގާފައިވާ ގޮތުގައި ސާމްޕަލް ނަގާފައި ކޮލްޑްރިފް ސިރަޕްގެ ބެޗް ނަމްބަރު އެސްއާރް-13 (މެއި 2025) އިންނެވެ، ފެނީލެފްރިން ހެލް، ކްލޯރްފެނިރަމިން މެލްކޭޓް ސިރަޕް (ކޯލްޑްރިފް) މި ބެޗުގެ މުއްދަތު ހަމަވާ ތާރީހަކީ އޭޕްރީލް 2027 އެވެ. މި ބޭސް އުފައްދާފައި ވަނީ ކަންޗީޕޫރަމް ޑިސްޓްރިކްޓްގެ ސަންގުވަރްޗަތުރަމްގައި ހުންނަ މެސާސް ސްރެސްން ފާމާ އިންނެވެ.

ޔޫނިއަން ހެލްތު މިނިސްޓްރީން ވަނީ އެ ސިރަޕްތަކުގައި، ކިޑްނީއަށް ގެއްލުންދޭ ވިހަ ކެމިކަލެއް ކަމަށްވާ ޑައިތިލީން ގްލައިކޯލް ހުރި ކަމަށް ބުނާ ރިޕޯޓުތަކުގެ އެ މައްސަލަ ބަލަން ފަށައިފަ އެވެ. މިނިސްޓްރީން ބުނީ ބޭސް ދިނުމުން މަރުވެ އަދި ބަލިވި ކުދިންގެ ސާމްޕަލްތައް ވެސް ޓެސްޓުކުރަމުން އަންނަ ކަމަށެވެ.

އިންޑިއާގައި މީގެ ކުރިން ވެސް ވަނީ ކެއްސާތީ ދޭ ބޭހުގައި މިފަދަ މައްސަލަތައް ދިމާވެ ކުދިން މަރުވެފަ އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 20%
icon angry icon angry 20%
icon wow icon wow 60%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗަޕް

03 October 2025

އިންޑިޔާގެ އެންމެ ބޮޑު މައްސަލަޔަކީ ތިހެން ބޭހެއް މަނާކުރިޔަސް ހުރިހާ ހިސާބަށް އެވާހަކަ އެނގެން ލައްކަ ގިނަ ދުވަސް ނަގާކަން. ބައެއް ހިސާބުތަކަކީ އަދިވެސް ވަރަށް ރިމޯޓް ތަންތަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454