އިންޑިއާގެ އުމްރާވެރިން ދަތުރުކުރި ބަސް އެކްސިޑެންޓުވެ އަލިފާން ރޯވުމުގެ ސަބަބުން އަނދާފައި. -- ފޮޓޯ: ޕަވަންޖޫނޯ/އެކްސް
17 ނޮވެމްބަރ 2025 - 11:14
އުމްރާއަށް ގޮސް އުޅުނު، އިންޑިއާގެ ހައިދަރްއާބާދަށް ނިސްބަތްވާ 42 އުމްރާވެރިޔަކު، އެ މީހުން ދަތުރުކުރި ބަހާއި ޑީސަލް ޓޭންކަރަކާ އެކްސިޑެންޓުވެ މަރުވެއްޖެ އެވެ.
ރޭ ދަންވަރު މި ހާދިސާ ހިނގީ މައްކާއިން މަދީނާއަށް ދަތުރުކުރަނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ރިޕޯޓްތައް ބުނާ ގޮތުގައި އެކްސިޑެންޓު ހިނގި ބަހުގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިއްބެވެ. އަދި އެންމެންނަކީ ވެސް ހައިދަރްއާބާދު މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.
މި އެކްސިޑެންޓު ހިނގީ މައްކާގައި އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު މަދީނާއަށް ދިޔަ މަގުމަތީގައި ކަމަށްވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެކްސިޑެންޓުވި ބަހުން ސަލާމަތްވީ އެންމެ މީހެކެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ މެންދަމުން އަލިވެ ރާއްޖޭ ގަޑިން 1:00 ހާއިރު، މަދީނާގެ ބޭރުގައި އޮންނަ މުފްރީހަތު ވިލެޖް ކައިރީގަ އެވެ. އެކްސިޑެންޓު ހިނގުމާ އެކު ބަހުގައި އަލިފާން ރޯވި އެވެ.
Emerging visuals captured the tragic fire from a deadly incident in which at least 42 Umrah pilgrims from Hyderabad were feared dead following a fatal accident in Madinah.
— The Siasat Daily (@TheSiasatDaily) November 17, 2025
According to reports, the bus carrying the pilgrims from Makkah to the holy city of Madinah collided with a… pic.twitter.com/5IljV9qZoS
މަދީނާގައި ރޭ ހިނގި އެކްސިޑެންޓަށް ފަހު އަލިފާން ރޯވެފައި: މި ހާދިސާގައި އިންޑިއާގެ 42 އުމްރާވެރިން މަރުވެފައިވާ ކަމަށް ވަނީ ބެލެވިފައި.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ މި ހާދިސާއާ ގުޅިގެން، އިންޑިއާގެ އޮފިޝަލުން ސައުދީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"ރިޔާޟްގައި ހުންނަ އަޅުގަނޑުމެންގެ އެމްބަސީ އާއި ޖިއްދާގައި ހުންނަ ކޮންސިއުލޭޓުން މި ހާދިސާގައި ގެއްލުން ލިބުނު އިންޑިއާގެ ރައްޔިތުންނަށާއި އާއިލާތަކަށް ފުރިހަމަ އެއްބާރުލުން ދެމުން އެބަ ގެންދަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހައްމަދު25
17 November 2025
"إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ" [ކޮންމެ ދިރުމެއްވެސް ނިމިދިޔުންވަނީ އެކަލާނގެ ހަޟުރަތަށް!] يااَللّٰهُ މަރުވެދިޔަ އެންމެހާ މުސްލިމް އަހުންނައް ދުނިޔެއައްވުރެ އާހިރަތް ބާޖަވެރިކޮއްދެންވާންދޭ.. އާމިން
ޖަލީލީ
17 November 2025
މިހިތާމަވެރި ހާދިސާގައި ނިޔާވި އެންމެހާ އަހުންނާއި އުހުތުންނަކީ ޝަހީދުންކަމުގައި ލައްވާށި. އާމީން.
ހެޔޮ ހިތަކުން
17 November 2025
އާމީން