އެމެރިކާ އާއި އީރާނާ ދެމެދު ގިނަ ދުވަސްތަކެއް ފަހުން، ނުސީދާ މަޝްވަރާތަކެއް ބޭއްވުމާ އެކު، ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިދާނެކަމުގެ އުންމީދު ބޮޑުވެއްޖެ އެވެ.

ނިއުޔޯކްގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި މި މަޝްވަރާތަކުގައި އީރާނުގެ ފޮރިން މިނިސްޓަރު އަައްބާސް އަރާގްޗީ އާއި އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިކްޓްކޯފް އަދި ޖެރެޑް ކުޝްނާ ވާހަކައްދައްކަވާފައިވަނީ މެދުވެރިން ބޭނުންކޮށްގެންނެވެ. މިއީ މިދިޔަ ޖުލައި މަހު ހަމަލާތައް މެދުކަނޑާލަން ދެ ގައުމުގެ ދެމެދުގައި ހެދި ވަގުތީ އެއްބަސްވުން ރޫޅުނު ފަހުން މިފަދަ މަޝްވަރާއެއް ބޭއްވުނު ފުރަތަމަ ފަހަރެވެ.

އީރާނުން ވަނީ ހަނގުރާމަ ހުއްޓާލުމަށާއި، ހޮރުމުޒު ކަނޑުއޮޅި ދަތުރުފަތުރަށް އަލުން ހުޅުވާލުމަށާއި، އަދި އެމެރިކާއިން ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމަށް އެދިފަ އެވެ. މި މަޝްވަރާތަކުން ކުރިއެރުމެއް ލިބިދާނެ ކަމުގެ އުންމީދު އާވި ނަމަވެސް، ދެ ގައުމުން ކުރީގެ ސިޔާސަތުތަކަށް ނުވަތަ ސްޓޭންޑަަށް ބޮޑު ބަދަލެއް ގެނެސްފައިވާކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

މިއީ މެދުއީރުމަތީގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދެ ގައުމުގެ ދެމެދުގައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ލިބުނު މުހިންމު ފުރުސަތެއްގެ ގޮތުގައި، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.