ބިންހެލުން އައި ސިޓީން އަލިފާން ފަރުބަދައެއް ގޮވައިފި

ޕާލޫ (އޮކްޓޯބަރު 3) - ބިންހެލުމަކަށް ފަހު ސުނާމީއެއް މިދިޔަ ހުކުރު ދުވަހު އެރި އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑުގައި ހުރި އަލިފާން ފަރުބަދައެއް މިއަދު ގޮވައިފި އެވެ.


ފަރުބަދަ ގޮވުމާ އެކު އަޅިތައް ވަނީ ޖައްވުމުގެ ތެރެއަށް 4،000 މީޓަރަށް މައްޗަށް އަރައިފަ އެވެ. ފަރުބަދަ ގޮވައިފާނެތީ ފަރުބަދައާ ހަތަރު ކިލޯ މީޓަރު (ދެ މޭލު ބައި) ދުރުގައި މީހުން ތިބުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ގޮވި ސޮޕުޓަން ފަރުބަދަ ހުންނަނީ ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ޕާލޫއާ 1،000 ކިލޯ މީޓަރު ދުރުގަ އެވެ. ރިކްޓާ މިންގަނޑުން 7.5 ގެ ބާރު މިނުގައި އައި ބިންހެލުމުގައި ވަނީ 1،400 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފަ އެވެ.

އިންޑޮނީޝިއާ އިން އަދިވެސް ދަނީ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުން މިހާރު ދަނީ ހާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޮށްދެމުންނެވެ.