12 ނޮވެމްބަރ

November 12, 2018 4
މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު ރާއްޖެ ގެނެސްފި

އާ ޑޮމެސްޓިކް އެއާލައިން، މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.

10 ނޮވެމްބަރ

November 10, 2018 115
ނަޝީދުގެ އާދޭސް: އެއާޕޯޓު އެޅުމުގެ ވާހަކަ ނުދައްކާ!

އަތޮޅުތެރޭގައި ގިނަ އެއާޕޯޓްތަކެއް އަޅަން ރައްޔިތުން އެދޭތީ އެ ވިސްނުން ބަދަލުކުރަން އާދޭހާ އެކު ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

04 ނޮވެމްބަރ

November 04, 2018 16
ރަންވޭ މަރާމާތުކުރާތީ ދަތުރުތަކަށް ބުރޫއަރައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރަންވޭ މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާތީ ބައެއް މަތިންދާބޯޓުތަކުގެ ދަތުރުތަކަށް މިއަދު ބުރޫއަރާފައިވާ ކަމަށް އައިލެންޑު އޭވިއޭޝަނުން ބުނެފި އެވެ.

29 އޮކްޓޯބަރ

October 29, 2018 1
އޮމާން އެއާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި

އޮމާން އެއާއިން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފަށައިފި އެވެ.

23 އޮކްޓޯބަރ

October 23, 2018 26
ވީއައިއޭގެ އެކްސިޑެންޓް: ޒިންމާވާނެ ބަޔަކު ނެތް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޕާކްކޮށްފައި އޮތް ގަތަރު އެއާވޭސްގެ ބޯޓެއްގައި، އެއާ އޭޝިޔާގެ މަތިންދާބޯޓެއް ޖެހުނު މައްސަލާގައި ޕައިލެޓާއި ގްރައުންޑް ސްޓާފުން، އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށްފި އެވެ.

15 އޮކްޓޯބަރ

October 15, 2018 8
ސްރީ ލަންކާ އެއާލައިންސް ބޭރު ކުންފުންޏަކާ ގުޅެނީ

ސްރީ ލަންކާގެ ގައުމީ އެއާލައިންގެ ހިއްސާ، ދުނިޔޭގެ މަޝްހޫރު އެއާލައިނަކަށް ވިއްކާލައި ޖޮއިންޓް ވެންޗާއެއް ހެދުމަށް ފަހު އަލުން ޔޫރަޕަށް ދަތުރުތައް ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ގައުމުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް މިނިސްޓަރު ޖޯން އަމަރަތުންގާ ވިދާޅުވެއްޖެ އެވެ.

26 ސެޕްޓެމްބަރ

September 26, 2018 32
ފްލައިމީ އަނެއްކާ ވެސް އައްޑު އާއި ފުވައްމުލަކަށް

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާގެ އެއާލައިން، ފްލައިމީގެ ދަތުރުތައް އަނެއްކާ ވެސް އައްޑު އާއި ފުވައްމުލަކަށް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

25 ސެޕްޓެމްބަރ

September 25, 2018 119
ކުޅުދުއްފުށީ އެއާޕޯޓްގެ ޗެކިން ޖޯކަކަށް!

ފްލައިޓަށް އަރަން ކިޔޫ ހަދަން އެންގި އެވެ. ޓެންޓެއްގެ ހިޔަލުގައި މޭޒެއް ބަހައްޓައިގެން އޭވިއޭޝަން އޮފިސަރުން ތިއްބެވެ. ކޮންމެ ފަސިންޖަރެއްގެ ދަބަސް ހުޅުވައި ބަލަ އެވެ. ނަމަވެސް އެއްޗެއް ހޯދާ ގޮތަކަށް ނޫނެވެ. މަތިމަތިން ބަލާލަނީ އެވެ. ދަބަހުގައި ހުރީ ކޮން އެއްޗެއްތޯ، ބައެއް މީހުން ކައިރީ ސުވާލު ކުރުމަށް ފަހު އެވަރުން ފުއްދާލަނީ...

21 ސެޕްޓެމްބަރ

September 21, 2018 11
ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލް މިއަހަރު ނިމޭނެ:ރައީސް

ހަމައެކަނި ރަންވޭއާއެކު މިއަދު ހުޅުވި ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

September 21, 2018 55
އެއާޕޯޓް ހުޅުއްވައިދެއްވަން ރައީސް ކުޅުދުއްފުއްޓަށް

ހދ. ކުޅުދުއްފުށީގައި ހަދަމުން އަންނަ ޑޮމެސްޓިކް އެއާޕޯޓް ހުޅުއްވައިދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު މިރަށަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

20 ސެޕްޓެމްބަރ

September 20, 2018 23
މިހާ ބޮޑު ޝަރަފަކަށް އުއްމީދެއް ނުކުރަން: އަހުސަން

ދުނިޔޭގެ އެންމެ ބޮޑު ބޯޓު، އެއާބަސް އޭ380، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއާ ކައިރިވުމާ އެކު، ބޯޓު ޖެއްސުމުގެ ހުރިހާ އިޚުތިޔާރެއް އިނގިރޭސި ޕައިލެޓް ދެއްވީ އޭނާގެ ކަނާތް ފަރާތުގައި އިންނެވި ކޯ ޕައިލެޓް އުމުރުން 35 އަހަރުގެ އަލީ އަހުސަންގެ އަތަށެވެ. އެކަމަކު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚީ ސަފުހާއަކުން އޭނާ އެ...

19 ސެޕްޓެމްބަރ

September 19, 2018 61
ދޫނި ޖައްސަމުން އައި ތަނަށް މިހާރު ފްލައިޓް!

ހދ. ކުޅުދުއްފުށީގައި ހެދި ރަންވޭ އަށް ޓެސްޓް ފްލައިޓް މިއަދު ޖެއްސުމުން އުފާވިތޯ ސުވާލުކުރުން މި ރަށު ހަދީޖާ އިސްމާއިލް ދިން ޖަވާބަކީ މި އެވެ؛ "ހާދަ އުފަލުންނޭ މިހިރީ. މަ ހިޔެއް ނުކުރަން ދުވަހަކު ވެސް މި ރަށަށް ފްލައިޓެއް ޖައްސާނެ ކަމަކަށް. ތިޔަ ކުޅިއަކީ ކުރިން ފާވަސް ދުވާ ތަނެއް. މިއަދު އެ އޮތީ ފްލައިޓް ޖައްސާފައި."

18 ސެޕްޓެމްބަރ

September 18, 2018 33
އާމްދަނީ 82 ބިލިއަން ރުފިޔާ އަށް ހަދާނަން: ރައީސް

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ލިބޭ ފައިދާއާއެކު، އަހަރަކު ދައުލަތަށް ލިބޭ އާމްދަނީ 82 ބިލިއަން ރުފިޔާ އަށް ހައްދަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

September 18, 2018 47
އާ ރަންވޭއަށް ފުރަތަމަ ބޯޓު ޖައްސައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް ފުރަތަމަ ފަހަރަށް އެއާބަސް އޭ 380 މަރުކާގެ ބޯޓެއް ދެންމެ ޖައްސައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 16
އެއާ އިންޑިއާގެ ބޯޓު ފުރުމުގެ ހުއްދަ އަދިވެސް ނުދޭ

ހުޅުލޭގެ އާ ރަންވޭ އަށް މިދިޔަ ހުކުރު ދުވަހު އޮޅިގެން ޖެއްސި ކަމަށް ބުނާ އެއާ އިންޑިއާގެ މަތިންދާބޯޓަށް އަދިވެސް ފުރުމުގެ ހުއްދަ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނުދޭކަން އެނގިއްޖެ އެވެ.

08 ސެޕްޓެމްބަރ

September 08, 2018 19
އާ ރަންވޭއަށް ޖެއްސި ބޯޓުގެ ޕައިލެޓުން ސަސްޕެންޑްކޮށްފި

އިންޑިއާގެ ޓްރިވެންޑްރަމުން 136 ޕަސިންޖަރުންނާ އެކު އައިސް، ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި "އޮޅިގެން" އިއްޔެ މެންދުރު ޖެއްސި އެއާ އިންޑިއާ ބޯޓު ޕައިލެޓުން ސަސްޕެންޑްކޮށްފި އެވެ.

06 ސެޕްޓެމްބަރ

September 06, 2018
އެއާޕޯޓްތަކުގައި އެންމެ ނުތާހިރީ ސެކިއުރިޓީ ޓްރޭ

އެއާޕޯޓްތަކުގައި އެންމެ ނުތާހިރުކަން ބޮޑުވެފައި، ބަލި ފެތުރުމުގެ ފުރުސަތު ބޮޑީ ސެކިއުރިޓީ ސްކޭން ކުރުމަށް އެއްޗެހި އަޅާ ޕްލާސްޓިކް ޓްރޭ އިން ކަމަށް އާ ހޯދުމަކުން ދައްކައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2018 50
ވެލާނާ އެއާޕޯޓުގެ އާ ރަންވޭ ދިއްލާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭގައި ހަރުކުރި ލައިޓްތައް ޓެސްޓްކުރަން ދިއްލާލައިފި އެވެ.

28 އޯގަސްޓް

August 28, 2018 11
މާފަރު އެއާޕޯޓު ރައީސް ހުޅުއްވައިދެއްވައިފި

ނ. މާފަރުގައި އަޅާފައިވާ އިންޓަނޭޝަނަލް އެއާޕޯޓު، ރައީސް އަބްދުﷲ ޔާމީން މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

16 އޯގަސްޓް

August 16, 2018 23
އެއާޕޯޓަށް ބާރުބޮޑު، ޗެކިން ލަސް ނުކުރޭ: އެމްއޭސީއެލް

ރާއްޖެ އާއި ރާއްޖޭން ބޭރަށް އެއާޕޯޓުން ފުރާ މީހުން ވެސް ފަހު ވަގުތަށް މަޑު ނުކޮށް، ކުރިން ޗެކިން ނިންމުމަށް މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީ (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

12 އޯގަސްޓް

August 12, 2018 40
"ވައިގެމަގުން މަކުނުދުއަށް ދަތުރުތައް ފެށޭތޯ ބަލާނަން"

ޖިއޮގްރަފީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި، ވަރަށް އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫގައި، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި، ވައިގެ މަގުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

07 ޖުލައި

July 07, 2018 18
އެއާޕޯޓުގައި ދެ ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޕާކު ކޮށްފައި އޮތް ގަތަރު އެއާވޭސްގެ މަތިންދާބޯޓެއްގައި މިއަދު އެއާ އޭޝިއާގެ ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.