އާސަންދަ ހިދުމަތްދޭ ފާމަސީއެއް. މިދިޔަ އަހަރު އާސަންދައަށް 2.1 ބިލިއަން ހޭދަކުރި .-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
21 ޖެނުއަރީ 2025 - 15:15
ސަރުކާރުގެ ހަރަދުގައި ބޭސްފަރުވާ ކުރުމުގެ ނިޒާމު ކަމަށްވާ އާސަންދަ މެދުވެރިކޮށް މިދިޔަ އަހަރު 2.14 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި ހިސާބުތަކުން އެނގޭ ގޮތުން މިއީ އާސަންދައަށް ބަޖެޓް ކުރި އަދަދަށް ވުރެ ހަތް ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި އާސަންދައަށް ހޭދަކުރަން ކަނޑައަޅާފައިވަނީ 1.9 ބިލިއަން ރުފިޔާ އެވެ.
އާސަންދައަށް ކުރި ހޭދަ އިތުރުވިއިރު، އެއީ 2023 ވަނަ އަހަރު ކުރި ހޭދައަށް ވުރެ ދެ ޕަސެންޓް އިތުރު އަދަދެކެވެ. އާސަންދަ އިން 2023 ވަނަ އަހަރު ވަނީ 2.11 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
އާސަންދައަށް 2013 ވަނަ އަހަރު ހޭދަ ކުރީ ބިލިއަނެއްހާ ރުފިޔާ އެވެ. އެކަމަކު މިހާރު އެ އަދަދު ވަނީ ދެ ބިލިއަނުން މައްޗަށް އަރައިފަ އެވެ. ކޮވިޑް-19 ގެ މުއްދަތު ނުލާ އެވްރެޖުކޮށް އެއް އަހަރުން އަނެއް އަހަރަށް އާސަންދަ ނިޒާމު ދަނީ ބޮޑުވެ، ކުރަން ޖެހޭ ހަރަދު އެތައް ގުނައަކަށް އިތުރުވަމުންނެވެ. މިއީ ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް ކުޑަ ނުކުރެވުނު ހަރަދެކެވެ.
ވޯލްޑް ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން އާސަންދަ އަށް ކުރާ ހޭދަ 2014 އިން 2019 ވަނަ އަހަރަށް 18 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ނަމަވެސް އާސަންދަ ބޭނުންކުރާ މީހުންގެ އަދަދު އެ މުއްދަތުގައި އިތުރުވީ އެންމެ ތިން ޕަސެންޓަށެވެ.
މި އަހަރު ވެސް އާސަންދައަށް 1.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ރިކަރަންޓް ހަރަދުގެ ފަސް ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިކަލްލް
26 January 2025
އާސަންދައިން އެހީވެދެނީ ހިތަށްއެރި, ކަނެކްޝަން ހުރި މީހުންނަށް އެކަނި
ނަންމ
23 January 2025
2.1 ބިލިޔަން ރުފިޔާއަކީ އާސަންދައަށް ގިނަ އަދަދެއް ނޫން. ތިޔަށް ވުރެއް ގިނަ ކޮށް މީހުންގެ ޖީބުތަކަށް ވަދޭ ނަހަމަ ގޮތުގައި... ރާއްޖޭގައި އަގުތައް ކޮންޓްރޯލް ކުރަން ފެނޭ.. އޭރުން ސަރުކާރުގެ ހަރަދުތައް ބޮޑުތަނުން ކުޑަވާނެ.
ސަކެނެ
22 January 2025
ތީ މިހާރު ލިބޭ އެއްޗެއް ނޫން. ތިތާ އިދާރީ މަސައްކަތް ވެސް ކުރަން ޖެހެނީ އެކަމަށް އެދޭ މީހާ.
ލޮއްލަ
22 January 2025
ހާސް ކަނޑާލާ. މިއަހަރު ތިބައި ފޫބައްދަން ބަޖެޓަށް މަދުވެގެން 1 ބިލިއަން ވަންނާނެ ދުންފަތުގެ އާ ގާނޫނުން. ބާކީބައި ކުރިންވެސް ހަމަޖައްސާގޮތަށް ހަމަޖައްސާލާނެ
ފުރޭތަ1
21 January 2025
ރަށްޔިތުންނަށް ފައިސާ ނުލިބި މެޑިކަލް ވިޔަފާރީގެ ޖީބަށް ވަންނާތީ މައްސަލައަކީ. ޚަރަދު 18 ޕަސަންޓުން ބޮޑުވި އިރު ބޭނުން ކުރާ މީހުން އިތުރުވީ 3 ޕަސަންޓޭ އެޔޮތީ. މާލޭގަ މިހުޅުވާ ރީތި ކުލިނިކްތަކާ ފާމަސީ ތައް ފެނުނީމަ އެނގޭ ވިޔަފާރި ފުޅާވެގެން ދާވަރު. ދެންފެންނަނީ ރިސޯޓު ވިޔަފާރި ކުރާތަން
ޖަބްލީ
21 January 2025
މިފައިސާއަށް ހެދިގޮތެއް ބަލަންޖެހޭ..އާސަންދަ އުފެއްދީންސުރެ މުއިއްޒު ސަރުކާރުގަ އެއްމެ އުނދަގޫ ބޮޑުކޮށް ކަންކަން ކުރީ..ބޭހަށް ބޭރަށް ފޮނުވުންވެސް އެއްމެ މަދީ..ބޭސް ލިބުންވެސް އެއްމެ ދަތިވީ..މައުލޫމާތު ހޯދަން އެދުނަސް ނުދޭނެ.ދައުރު ނިމެންދެން ހިފަހައްޓާލާނެ..
ފަހިމީ
21 January 2025
އާސަންދަ ނެތްނަމަ ތީ ހުސް ބަނޑުއަޅަލެވޭނެ ލާރި. އާސަންދަ ހުއްޓާލުމަށް މިސަރުކާނު ބޭނުންވޭ... އެކަމަކު ނުކެރޭނެ!
ބަބޫ
21 January 2025
ބަޖެޓަކީ ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ ފައިސާއިން ރައްޔިތުމީހާގެ ސިއްޚީ ކަންކަމަށް ކިތައްމެ ބޮޑު ޚަރަދެއް ކުރަން ޖެހުނަސް އެއީކީ މައްސަލައެއްނޫން. ކޮށްމެ ސަރުކާރަކުންވެސް އާސަންދައިގެ ޚަރަދުބޮޑުކަމުގެ ވާހަކަ ދެއްކީމަ ދޭހަވަނީ ވެރިކަމުގަ ތިބޭބަޔަކުގެ ލާރިން ކޮށްދޭ ޚަރަދެއްހެން. ރައްޔިތުންގެ އަތުން ބޮޑެތި ޓެކްސް ނަގާއިރު 2 ބިލިޔަން ކީއްކުރަން 5 ބިލިޔަން ޚަރަދު ކުރަން ޖެހުނަސް އެއީކީ މައްސަލައެއް ނޫން
މާންބެ
21 January 2025
އާސަންދައަށް ބަޖެޓުކުރާ ކޮންމެ ލާރިއަކީ ޖީބަށްލާން މަދުވާ އެތިކޮޅެއް.. ޑުރޯން ގަންނަން ދިފާއީ ހަރަދުގޮތުގަ ބަޖެޓު ކުރީމަ ނުޖެހޭނެ ރައްޔިތުންނަށް ހަރަދު ތަފްސީލު ދޭކަށް. ބޮޑުއެއްޗެއް ޖީބަށް ލެވޭނެ. އާސަންދައަށް ކުރާހަރަދަކީ ސީދާ ދިވެހި ރައްޔިތުންގެ ބޭސްފަރުވާޔަށް ކުރާ ހަރަދު. ދެން އޭގަ ސިޔާސީ ގުޅުން އޮންނަ މީހުންނަށް ނިޒާމުން ބޭރުން ލާރި ނުދޭ ވާހަކައެއްނޫން އިނގޭ. މިކަން ރަނގަޅަށް އިނގޭނެ ހީނާއަށް.
ހީހީ ސުލީހް
21 January 2025
ތިހުންނަނީ މައްސަލައެއް ނޫން. ރަތްޔިތުނަށް ކަމެއްކޮށްދޭންވީމަ ހާދަވަރެކޭ ތިވަނީ. ބަލަ ދައުލަތް ދޮވެލައިގެން ކިތައް ބިލިއަން އަހަރަކު ގެއްލޭތޯ؟