އެމްޑީޕީއާ އެކު މޯދީ ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ
26 ޖުލައި 2025 - 18:53
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި މޯދީއާ އެކު އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި އެ ވަފުދުގައި ހިމެނޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން އެމްޑީޕީން ބުނީ، އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް 60 އަހަރުވި އިރު އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ގުޅުން އެގޮތުގައި އޮންނާނެ ކަމުގެ އުންމީދުކުރާ ކަމަށް އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
Prime Minister @narendramodi met with a delegation from the Maldivian Democratic Party, led by Chairperson @faya_i & Party President @abdulla_shahid, on the Prime Minister’s state visit.
— MDP Secretariat (@MDPSecretariat) July 26, 2025
As the two nations also mark the 60th anniversary of the establishment of diplomatic… pic.twitter.com/J6XQsMcjQa
އެ ބައްދަލުވުމާ ގުޅޭ ގޮތުން މޯދީ ވިދާޅުވީ، މިއަދު ބޭއްވި ބައްދަލުވުންތަކުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާ ބައްދަލުކޮށް، ސިޔާސީ މަސްރަހުގެ ކަންކަން ކައިރިން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ވަރުގަދަ އަދި ތާރީހީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މޯދީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި މިއަދު ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލުކުރައްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުްޅަބޭ
26 July 2025
އިބްރާހިމް ކޮބާތަ؟ ޔާއްޓޭގެ ވާހަ ދައްކާނެ ކަމެއްނެތް، ޔާއްޓޭ އޮތީ ބަންދުގަ! އެހެންނޫނަސް އިންޑިޔާއަކާ އެހާ ގުޅޭ މީހެއްވެސް ނޫން! ޢެކަމަކު އިބްރާހިމް ދޯ؟؟
ބސވސ
26 July 2025
އެންމެ ނުރައްކާތެރިބަޔަކީ ދެފުށުއެޅޭމީހުން.
ބޮޑުގުޅަ
27 July 2025
ކޮއްކޮއަށް ދުނިޔޭގެ ޑިޕްލޮމަސީ އެއީ ކޯއްޗެއްކަން އަދި ނޭގެނީ!
ފަރަންޖީ
27 July 2025
ސިޔާސީ މީހަކަށް ވުމުގެ އެންމެ މުހިންމު ރުކުނަކީ ދެފުށަށް އުޅުން.
އަޅި އަލި
26 July 2025
ތިޔަ އަޑިގަޑުން އަރައިގަންނަށް އެއްޗެއް ދެއްވާތޯ ބެލިންތޯ! އެއްޗެއް ދެއްވިނަމަ ވަރަށް ވާހަކަ ހުންނާނެ!