ކުޅުދުއްފުށީ ޕޯޓުގައި ހިދުމަތްތައް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ | އެމްޕީއެލް
27 އޯގަސްޓް 2025 - 19:13
އުތުރުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިނުމުގެ ބޭނުމުގައި އެ ސަރަހައްދުގެ މައި ބަނދަރު، ހދ. ކުޅުދުއްފުށީ ޕޯޓުގައި ޑިއުޓީ ފްރީ ޒޯނާ އެކު، ރާއްޖޭގައި ރީއެސްޕޯޓު ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެ ބަނދަރުގައި ޑިއުޓީ ފްރީ ޒޯނާ އެކު އިތުރު ހިދުމަތްތަކެއް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައީދު އިއްޔެ ވިދާޅުވީ، ރީއެސްޕޯޓު ކުރުމަށް ރާއްޖެ އަށް އެތެރެކުރާ އެކި ބާވަތްތަކުގެ މުދާ، ޑިއުޓީ ނުދައްކާ އެ ޒޯނުގައި ބެހެއްޓޭނެ ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ގާއިމުކުރި އެންމެ ފުރަތަމަ ފްރީޒޯނުގައި ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ މުދަލާއި ޑްރައި ގުޑްސް އަދި ބަލްކް ކާގޯ ބެހެއްޓޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މީގެ ސަބަބުން ބަނދަރަށް ގެންނަ ހިސާބުން ވިޔަފާރިތަކަށް ޑިއުޓީ ދައްކަން ނުޖެހި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށެވެ.
ރާއްޖެ އަށް މުދާ އެތެރެކޮށް، އަގު އެއްކޮށް ނުވަތަ ވެލިއު އެޑްކޮށްގެން، ރީއެސްޕޯޓު ކުރުމުގެ ފުރުސަތު ވެސް މި ޒޯނުގެ ތެރެއިން ފަހިވާނެ މިނިސްޓަރު ވިދާޅުވި އެވެ.
"މިސާލަކަށް މި ތަނަށް ވަކި ކަހަލަ މުދަލެއް ގެންނަނީ. ގެނެސް ޑިއުޓީ ފްރީ ޒޯނުގައި ބަހައްޓަންވީ. ބަހައްޓާފައި ވިޔަފާރިވެރިން ބޭނުންވަނީ ވެލިއު އެޑްކޮށްފައި ރީއެކްސްޕޯޓް ކުރަން. އެހެންވީމާ ރީއެކްސްޕޯޓް ކުރެވޭނެ އިންތިޒާމު މި ދިޔައީ ފަހިވެގެން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ރީއެކްސްޕޯޓު ވިޔަފާރިފުޅާކުރަން މި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ދެކުނާއި މެދުރާއްޖެތެރޭގައި ވެސް މިފަދަ ފްރީޒޯނުތައް ގާއިމުކުރުމުގެ ވިސްނުން ހުރި ކަމަށް ސައީދު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ޑިމާންޑް އުފެދޭ މިންވަރަށް ބަލައި ބޮންޑެޑް ސްޓޯރޭޖުގެ ހިދުމަތްތައް ފުޅާކުރުމަށް ކުޅުދުއްފުށީ ޕޯޓަށް މިހާރު ހަމަޖައްސާފައިވާ ބިމުގެ ސަރަހައްދު ފުޅާކޮށް، އިތުރަށް ތަރައްގީ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނފެންމާ
27 August 2025
އިކޮނޮމިސްޓް ސައީދު ގެ ވާހަކައިން ހީވަނީ އަލަށް ކަންކަން ގައުމަށް ގެންނަވާ ގައުމުގެ އިގްތިސާދު ކޮޅަށް ޖަހަމުން ގެންދަވާހެން. ބަލަ މަނިކުފާނަށް އެގިވަޑައިންނަވާތޯ ގައުމުގެ ވިޔަފާރިކުރަމުން ދާ ދިވެހިން މަގުމަތިވެ ގައުމުގައި ބިދޭސީވިޔަފާރީގެ ސަބަބުން ގައުމުގެ ކުދިވިޔާފާރި ހަނާވެގެންދާތަން ފެނިވަޑައިނުގައްނަވާތޯއޭ؟
.ލީނާ
27 August 2025
ރިއެސްޕޯޓް، ބަލްކްބްރޭކް އަދި ވެލިއުއެޑްކުރެވޭނެ ޖާގަ ބޭނުންވާފަރާތްތަކަށް އެފުރުސަތު ހަމަޖައްސައިދިނުމަށް އެމްޕީއެލްއިން ދާނީ މަސައްކަތް ކުރަމުން، މުޅި އުތުރަށް އުފާވެރިކަން
ރާނިޔާ ގާސިމް
27 August 2025
ބަނދަރު ހިންގާސަރަހައްދު އެއީ ޑިއުޓީފްރީކޮށް ގިނަދުވަހު ރައްކާތެެރިކަމާއިއެކު މުދާބެހެއްޓޭނެ ސަރަހައްދަކަށް ހަދާފައި. އޭގެތެރޭގައި، ކެއިންބުއިމަށްބޭނުންކުރާބާވަތްތަކާއި، އަސާސީމުދަލުގެ އިތުރުން، ކޮންސްޓްރަކްޝަން ދާއިރާއަށް އެތެރެކުރާ ބަލްކުކާގޯ ރައްކާތެރިކަމާއިއެކު ބެހެއްޓޭނެ
ވިސާނާ
27 August 2025
ކުޅުދުއްފުށީ ވިޔަފާރިބަނދަރަށް މުދާއިމްޕޯޓްކުރާއިރު، މީގެކުރީންހަމަޖެހިފައިނުވާ ޚިދުމަތްތަކެއް މިހާރުވާނީ އެބަނދަރުގައި ޤާއިމްކުރެވިފައި. އެއީ ޑިއުޓީނުނަގާގިނަދުވަހަށް މުދާރައްކާކޮށްބެލެހެއްޓޭނެ އިންތިޒާމް. މީ ވިޔަފާރި ވެރިން ތަރައްޤީ ވުމަށް ލިބުނު ރާނުގެ ފުރުސަތެއް
ރަތް ރޮނގު
27 August 2025
ރައްޔިތުންނަށް އިގްތިޞާދީ މިނިވަންކަން ޔަޤީންކުރުމަށް ދަމާލާ ރަތް ރޮނގެއް. ޝުކުރިއްޔާ
ޖަނާހު ގަފޫރު
27 August 2025
މި ބަނދަރަށް މުދާ ގެނެސް ޑިއުޓީ ފްރީ ޒޯނުގައި ބަހައްޓަންވީ. ބަހައްޓާފައި ވިޔަފާރިވެރިން ބޭނުންވަނީ ވެލިއު އެޑްކޮށްފައި ރީއެކްސްޕޯޓް ކުރަން، ކަލޯ ޒުވާނުންނަށް މީ ރަނުގެ ފުރުސަތެއް، ޗައިނާއިން ޑިއުޓީ ފުރީކޮށް މުދާ އެތެރެކޮށް ދެން ބޭނުން ވަރަކަށް އެކްސްޕޯޓް ކުރަން ވީ، މަމި ބުނާ އެއްޗެއް އެނގޭނީ ވިޔަފާރި ދަންނަ މީހުނަށް
ރިމާހު
27 August 2025
ހަގީގި ތަރައްޤީ އަކީ ރަށްރަށަށް އިގްތިސާދީ ކުރިއެރުން ލިބުމެވެ. ހދ. ކުޅުދުއްފުށީ ޕޯޓުގައި ޑިއުޓީ ފްރީ ޒޯނާ އެކު، ރާއްޖޭގައި ރީއެސްޕޯޓު ވިޔަފާރި އިތުރަށް ފުޅާވެ އުތުރު އިގްތިސާދީ ހަބަކަށް ވެގެންދާނެ
އަދާލަތު
27 August 2025
އަވަހަށް ކައުންސިލް ގޮނޑިތައްވެސްދީ. އެއިރުން އަތުގައިއޮތް ހުރިހައިއެއްޗެއްދެވުނީ. ދެން ތިބޭނީ އަނބިދަރިން. ޚަރަދުކުރަންޖެހޭނެތީވެ އެޔަކާ ޙަވާލެއްނުވާނެ.
ޕަޗަބޯވަ ހައްވަ
27 August 2025
ނޫނޭވާ ތެދެއް?