ދަރިވަރުންގެ ކަންކަން ބެލެހެއްޓުމަށް ޓީޗަރުން ކޮންމެ ދުވަހަކު އުފުލާ ބުރަ، އެ ދަރިވަރުންނަށް ކިޔައިދިނުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާ (އެމްއެންޔޫއެސްޔޫ) އިން އިސްނަގައިގެން އައްޑު އާއި ފުވައްމުލަކުގެ ސްކޫލުތަކާއި މުއައްސަސާތަކަށް ހާއްސްކޮށްގެން ކުރިއަށް ގެންދިޔަ ވާހަކަދެއްކުމުގެ މުބާރާތާއި ބަހުސް މުބާރާތް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގަ އެވެ. 

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެމްއެންޔޫގެ ދެކުނު އަދަބީ މުބާރާތްތަކުގެ ނިންމުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާފައި ބައިވެރިވަނީ-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެމްއެންޔޫގެ ދެކުނު އަދަބީ މުބާރާތްތަކުގެ ނިންމުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާފައި ބައިވެރިވަނީ-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް 90,000 އެއްހާ ދަރިވަރުން ސްކޫލްތަކަށް ދާއިރު އެ ދަރިވަރުންގެ ކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓުމަށްޓަކައި މުދައްރިސުން ބުރަ އުފުލަމުންދާ ކަމަށެވެ. އެކަން ކިޔައިދިނުމަކީ ބެލެނިވެރިން ކުރަން ޖެހޭ ކަމެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ﷲ ސުބުހާނަހޫ ވަތައާލާ (ވަނީ) އަޅުގަނޑުމެން އިންސާނުން މާތް ކުރައްވާފައި. މާތްކުރުމުގެ އެންމެ އަސާސީ އެއް ކަމަކީ ބުއްދިހުރުމާއި، އެ ބުއްދީގެ މައްޗަށް އަޅުގަނޑުމެން މުއާމަލާތް ކުރުމުގެ ގާބިލުކަންހުރުން،" މިނިސްޓަރު ވިދާޅުވި އެވެ. 

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެމްއެންޔޫގެ ދެކުނު އަދަބީ މުބާރާތްތަކުގެ ނިންމުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާފައި ވަނަ ލިބުނު ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވަނީ--- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓަރު

މިނިސްޓަރު އިތުރަށް ވިދާޅުވީ ތަހުޒީބު މުޖުތަމައެއްގެ ތެރޭގައި ހެޔޮމަގަށް ވާސިލްވެވޭނީ ތަފާތު ހިޔާލާއި ފިކުރު ނެރެގެން ކަމަށާއި ހިޔާލު ތަފާތުވާ ކޮންމެ ވަގުތަކީ ބޭއަދަބީކޮށް މުއާމަލާތްކުރަން ޖެހޭ ވަގުތެއް ނޫން ކަމަށެވެ.

ސްކޫލުތަކުގައި ކަމެއް ދިމާވާ ހާލަތުގައި ވެސް ޒިންމާއަކަށް ވާން ވާނީ ކެތްތެރިކަމާއެކު މުއައްސަސާތަކާއި ވެރިންނާއި ސްކޫލްތަކުގެ މުދައްރިސުން ގުޅިގެން ދެވަނަ ފަހަރަކަށް އެފަދަ ކަމެއް ތަކުރާނު ނުވާނެ ފަދަގޮތަކަށް ވިސްނުން ބައްޓަންކުރަން ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ. އަދި އެއީ އަޒުމަކަށް ހެދުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.