ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާނުގައި ގެދޮރު ގެއްލުން ބައެއް ސެލެބްރިޓީން.
12 ޖެނުއަރީ 2025 - 06:48
އެމެރިކާގެ ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާނުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު މީހުންގެ ތެރޭގައި ހޮލީވުޑްގެ ސެލެބްރިޓީން ހިމެނެ އެވެ. ގިނަ ސެލެބްރިޓީން ދިރިއުޅެނީ އެ ސިޓީގެ ބެވަރީ ހިލްސް، ހޮލީވުޑް ހިލްސް، ބެލް އެއާ، ކެލަބަސަސް، ބްރެންޓްވުޑް އަދި މަލިބޫއޭ ކިޔުނު ސަރަހައްދުތަކުގައި ހުންނަ، މުއްސަނދިންގެ ނެއިބަހުޑްތަކުގަ އެވެ. މީގެ ތެރެއިން ގިނަ ނެއިބަހުޑްތަކަށް އަލިފާގަނޑު ފެތުރި މިހާރު އޮތީ ބޮޑު ބައި ސުންނާފަތި ވެފަ އެވެ.
މި ކާރިސާ ފެށުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ޕެސިފިކް ޕެލިސޭޑްސްގައި ރޯވި އަލިފާނުންނެވެ. އޭގެ ފަހުން ކައިރި ހިސާބުތަކަށް ފެތުރުނީ އެވެ. އެއީ ވެސް ވަރަށް ގިނަ ސެލެބްރިޓީން ދިރިއުޅުނު ސަރަހައްދެކެވެ.
އަލިފާނުގެ ނުރައްކާ ބޮޑުވުމުން ވަރަށް ގިނަ ސެލެބްރިޓީން ވަނީ އެ މީހުންގެ އަގު ބޮޑު ގޭގެ ދޫކޮށްލާފައި ގޮސްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ގެދޮރު މިހާރު ވަނީ އަނދައި ހުލިވެފަ އެވެ.
އެމެރިކާގެ ޓީވީ ޕާސަނަލިޓީ އަދި މޮޑެލް ޕެރިސް ހިލްޓަންގެ އާއިލާ.
އެމެރިކާގެ ޓީވީ ޕާސަނަލިޓީ އަދި މޮޑެލް ޕެރިސް ހިލްޓަންގެ މަލިބޫގައި ހުންނަ އަގުބޮޑު ގެ ވަނީ އަނދައި އަޅިއަށް ވެފަ އެވެ. އޭނާ މި ވާހަކަ އިންސްޓަގްރާމްގައި ވެސް ހިއްސާކުރި އެވެ. އެއީ 8.4 މިލިއަން ޑޮލަރުގެ ގެއެކެވެ.
އެމެރިކާގެ އެކްޓަރު އެންތޮނީ ހޮޕްކިންސް.
އޮސްކާ އެވޯޑު ކާމިޔާބު ކޮށްފައިވާ އެމެރިކާގެ އެކްޓަރު އެންތޮނީ ހޮޕްކިންސްގެ 7.3 މިލިއަން ޑޮލަރުގެ ގެ ހުންނަނީ މަލިބޫގަ އެވެ. އެއީ ހަތަރު ކޮޓަރީގެ ލަގްޒަރީ ރެސިޑެންސެކެވެ. މި އަލިފާނުގައި ބޮޑުވަރުވި އެ ހިސާބުގެ ހުރިހާ ގެއެއްހެން މިހާރު ވަނީ އަނދައިގެން ގޮސްފަ އެވެ.
ހޮލީވުޑްގެ އެކްޓަރު އެޑަމް ބްރޯޑީ އާއި އޭނާގެ އަންހެނުން، އެކްޓްރެސް ލޭޓަން މީސްޓާ.
ހޮލީވުޑްގެ އެކްޓަރު އެޑަމް ބްރޯޑީ އާއި އޭނާގެ އަންހެނުން، އެކްޓްރެސް ލޭޓަން މީސްޓާގެ އަގުބޮޑު ގެ ހުރީ މި އަލިފާންގަނޑު ރޯވާން ފެށި ޕެސިފިކް ޕެލިސޭޑްސްގަ އެވެ. އެ ދެމަރިންނާއި ދެ ކުދިން ދިރިއުޅުނު އެ ގެއަކީ 6،000 އަކަފޫޓުގެ ބޮޑު، 8.5 މިލިއަން ޑޮލަރުގެ ގެއެކެވެ. އެ ގެ އަނދައި އަޅިއަށް ވެގެން ދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެމެރިކާގެ އެކްޓްރެސްގެ އޭނާ ފޭރިސް އާއި އަނދައި އަޅިޔަށް ވެފައި އޮތް އޭނާގެ ގެ.
ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކޮށްފައި ހުރި، އެމެރިކާގެ އެކްޓްރެސްގެ އޭނާ ފޭރިސްގެ ގެ ވެސް ހުރީ ޕެސިފިކް ޕެލިސޭޑްސްގަ އެވެ. އެއްކޮށް އަނދައިގެން ދިޔަ އެ ގެއަކީ 4،000 އަކަފޫޓުގެ ގެއެކެވެ. އަދި 6.1 މިލިއަން ޑޮލަރުގެ އަގުބޮޑު ގެއެކެވެ.
އެމެރިކާގެ ޓީވީ ހޮސްޓް މެލިސާ ރިވާސް.
ޕެސިފިކް ޕެލިސޭޑްސްގައި ހުރި، އެމެރިކާގެ ޓީވީ ހޮސްޓް މެލިސާ ރިވާސްގެ ގެ ވެސް ވަނީ އަނދައި ހުލިވެފަ އެވެ. އޭނާ 2021 ވަނަ އަހަރު ގަތް އެ ގޭގެ އަގު 9.3 މިލިއަން ޑޮލަރަށް އަރަ އެވެ.
ހޮލީވުޑްގެ އެކްޓަރު ބެން އެފްލެކްގެ 24 މިލިއަން ޑޮލަރުގެ އަގު ބޮޑު ގެ ވެސް އަނދައިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު އޮތީ ހީވެފަ އެވެ. ހަމަ ޕެސިފިކް ޕެލިސޭޑްސްގައި ހުންނަ އެ ގެއާ ކައިރީގައި ހުރި ގިނަ ތަންތަން ވަނީ އަނދައިގެން ގޮސްފަ އެވެ. އެ ގެ ކައިރީގައި ހުރި ތަންތަން އަނދައިގެން ދާއިރު، އެ މަންޒަރު ބަލަން ބެން ކާރުގައި މަޑުކޮށްގެން އިންނަ ތަން ފެންނަ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
ހޮލީވުޑްގެ އެކްޓަރު ބެން އެފްލެކް އޭނާގެ ގެ ހުންނަ ސަރަހައްދުގައި ރޯވަމުންދާއިރު އެ މަންޒަރު ބަލަން މަޑުކޮށްލައިގެން.
އެއީ އެމެރިކާގެ ލަވަކިޔުންތެރިޔާ ޖެނިފާ ލޯޕޭޒް އާއި ބެން މިފަހުން ކައިވެނިކޮށް، އެމީހުން ދިރިއުޅެން ގަތް ވަރަށް އަގު ބޮޑު ގެއެކެވެ. ކައިވެނި ކޮށްގެން ދެ އަހަރެއްހާ ދުވަހު އުޅުމަށް ފަހު، މިދިޔަ އަހަރު އެޕްރީލް މަހުގައި އެ ދެމީހުން ވަނީ ވަރިވެފަ އެވެ.
ޖޫލިއާ ލުއީ-ޑްރައިފަސް، ޔުޖީން ލެވީ، މައިލްސް ޓެލާ، ކެލީ ޓެލާ، ޖެފް ބްރިޖެސް، ބިލީ ކްރިސްޓަލް، ޖެނިފާ ގްރޭ، ކެރޮލިން މާފީ، މާރިއޯ ލޮޕޭޒް، ޖޭމްސް ވުޑްސް، ކްރިސީ ޓީގަން، ޖުލިއޭން ހިއޫ، ސެންޑްރާ ލީ، މާކް ހެމިލް، ޖެމީ ލީ ކާޓިސް، ޖެނިފާ ލަވް ހެވިޓް، ބްރެޑް ޕެއިސްލީ، ކިމްބަލީ ވިލިއަމްސް ޕެއިސްލީ، ސްޓީވް ގަޓަންބާގް އަދި އެލިޒެބަތު ޗެމްބާސް ފަދަ މަޝްހޫރު އެހެން ބައެއްގެ އަގުބޮޑު ގޭގެ ވެސް ވަނީ މި އަލިފާނުގައި އަނދައި އަޅިޔަށް ވެފަ އެވެ.
އަލިފާންގަނޑު ފެތުރޭތީ އެކަމުގެ ބިރަށް އެހެން ވަރަށް ގިނަ ސެލެބްރިޓީން ވަނީ ގޭގެ ފަޅަށް ދޫކޮށްލައިފައި ވެސް ގޮސްފަ އެވެ.
އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވެ ދަނީ ފެތުރެމުންނެވެ.
މިހާރު ވެސް ލޮސް އެންޖެލިސްގެ އެކި ހިސާބުގައި އަނދަމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް 11 މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް 10،000 އަށް ވުރެ ގިނަ އިމާރާތް އަލިފާނުގައި އަޅިއަށް ވެފައި ވާއިރު، 100،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރޭ ފޯ އެލް.އޭ
12 January 2025
ސެލެބްރިޓީން ކަމަށް ވިޔަސް އެއީ ވެސް އިންސާނުން. ތިމާ އުޅޭ ގެތަކަކީ އެތައް ހަނދާންތަކެއް އެކުލެވޭ ތަންތަން. އެ އަލިފާނަކީ ކްލައިމެޓް ޗޭންޖުގެ ސަބަބުން ވާކަމެއް. މުސްލިމުންނަށް އޮވޭބާ މުސްލިމް ނޫން މީހުންނަށް ދެެރަ ލިބުމުން އުފާ ކުރަން. މި މީހުންނާ ހެދި މުސްލިމުންގެ ނަން ހަޑި ވަނީ
ގަބޫލުނުކުރިޔަސް
12 January 2025
މިއަލިފާނަކީ ހަމައެކަނި މޫސުމަށް އަންނަ ބަދަލުގެ ސަބަބުންވާ ކަމެއް ނޫން..މޫސުމަށް އަންނަ ބަދަލުގެ ސަބަބުން މިހާ ބޮޑުވަރެއް ނުވާނެ. މިއީ ހަމަ އިންސާނުންގެ ނުބައި އަމަލުތަކުގެ ސަބަބުން ކުރިމަތި ކުރައްވާ ބަލާއާއި މުސީބާތެއް. އެހެނީ އަލިފާނާއި ފެނާއި ވައި މިއީ އިންސާނާއަށް ފައިދާ ކުރާ ގޮތަށް ލައްވަވާފަވާ ތަކެތި. މިތަކެތި މިނޫން ސިފައެއްގަ ފެންނާނީ ހަމަ ކުރެވޭ ގޯސް އަމަލުތަކުގެ ސަބަބުން ފޮނުއްވާ ކޯފާއެއްގެ ގޮތުގަ.
ތިޔަހެން
12 January 2025
އެންމެންނެއް ތިކަމާ އުފަލެއް ނުކުރޭ. ފަލަސްތީނާމެދު އެމެރިކާއިން ކަންތައް ކުރި އިހާނެތި ގޮތުން މުސްލިމުންވެސް މުސްލިމު ނޫން ބައެއްމީހުންވެސް ގަބޫލުކުރަނީ މިއީ އެމެރިކާއިން އެމީހުން ކުރި އަމަލުތަކުގެ ސަބަބުން ވީ ކަމެއްކަމަށް..އަހަރެމެންނަށް އެނގޭ އެތަނުގަ އިންސާފަށް ލޯބިކުރާ މީހުންނާއި މުސްލިމުންވެސް އަދި ޖަނަވާރާއި ދޫނި ސޫފާސޫފިވެސް އުޅޭކަން..މިފަދަ ހާލަތެއް މެދުވެރިވީމަ އުޅޭނެ ނިކަމެތި ހާލު ހިތަށް އަރާ ދެރަވޭ.
ބުރަތޭރީ
12 January 2025
މިމީހުންނަށްވުރެ މާބޮޑަށް އިންސާނީ ތަރައްގީ އަށް މަސައްކުރެއްވި ފަލަސްތީނުގެ އެތަށް ޢިލްމުވެރިންނަކާ، ޑޮކްޓަރުންގެ ގެތަށް ، މި މީހުންގެ ސަޕޯޓާއެކު، ނުލަފާ ޓެރަރިސްޓް އިޒުރޭލުންވަނީ އަންދާ އަޅިޔަށް ހަދާފަ..
ގތޗގ
12 January 2025
އެތަަށް އެއް ނޫން، އެތައް
ިއިެި
12 January 2025
އެތަށް އާއި އެތައް ނޭނގުނަސް ލިޔާތި
އިންސާފީޔާ
12 January 2025
ބަލާ ވިސްނާ ބަޔަކަށް މިކަން ވާނެ އިބްރަތަކަށް
ވިޝް
12 January 2025
ކޮންމެ މީހެއްގެ ހުންނާނެ ދިހަ ބާރަ ގެ، ތިހެން ގެޔެއް އަނދާލައިގެން އެމީހުން ހާހެއްނުވާނެ، ތިވެސް ނިކަމެތިން އެމީހުން އަހަރުދުވަހުގެ މަސައްކަތުން ހޯދާ ތަންކޮޅުނަމަ އަހަރުމެން ހިތްހަލާކުވާހާ ދެރަވީސް…
އަންމަދު
12 January 2025
އަދި އެމީހުންގެ ގެތައް ހުންނާނީ އިންޝުއަރ ވެސް ކޮށްފަ. އެހެންވީމަ އިންޝުރަންސް އިންވެސް ގެއްލުމުގެ ބޮޑުބައެއް ލިބޭނެ.
ވިސްނާ ބަޔަކަށް އިބްރަަތެއް
12 January 2025
ތިޔަ މީސްމީހުން ކޮޕީކޮށްގެން ނުވަތަ ތިޔަ މީސްމީހުން މުއްސަނދިކަން ހޯދަން ކުރަމުން އައި ކަންކަމުގެ ސަބަބުން އެހެންް އިންސާނުންގެ ވިސްނުމާއި ފިކުރާއި އާދަކާދަޔަށް ކުރީ ހެޔޮ އަސަރެއްތޯ ނޫނީ އެހެން އިންސާނުންގެ ވިސްނުމާއި އަމަލުތައް ވީ ފާސިދުތޯ މީ މިކަހަަލަ ދަނޑިވަޅެެއްގައި ހަމަ ކޮށްލަން ރަނގަޅު ސުވާލެއް. ހުރިހާކަމެއް އެންމެ މޮޅަށް ޕްލޭން ކުރައްވަވާ ފަރާތުގެ ކުޅަދުންވަންތަކަން ހަނދުމަކުރުން ހުއްޓެވެ.
ހޯމް އިންޝުއަރަންސް
12 January 2025
ތި ފައިސާ ލިބޭނެ!
ނުލބޭނ
12 January 2025
ނުލިބޭނެ..... ގިނައިން ހުރީ އިންޝުއަރެންސް ނުކޮށް ހުރި ގެތައް........
އެލައިޑު
12 January 2025
ފޯސް މެޖޫރު، ގިނަ އިންޝުއަރެންސު ކުންފުނި ތަކުން ކަވަރު ނުކުރާނެއެވެ.
ކުމާރު.
12 January 2025
އެމެރިކާގެ އެހީއާއިއެކު ޣައްޒާގެ ގަތުލުއާމުގައި އެތައްބައެއްގެ ގެދޮރާއި އިމާރާތްތަކެއްް ހަލާކުކޮށްލާފައިވާ އިރު 3 ދުވަހުގެ އަލިފާނުގައި އެމެރިކާގައި މިލިޔަން މިލިޔަން ޑޮލަރުގެ އަގު ބޮޑެތި ގެތަކެއް ލޯ ކުރިމަތީގައި އަނދާ އަޅިއަށް ވެގެން އެ ދަނީ! ޢިބުރަތް.
ކިރުސައި
12 January 2025
ކޮންމެ ކަމަކަށްވެސް ދީނީ ކާޑު ކުޅެނުލާ ނުތިބެވޭނެ. މުނާފިގުންނަކީ ތިއީ.
ކަޅު ސައި
12 January 2025
ކިރުސަޔަށް ބުނެލަން އޮތީ އިސްލާމްދީނަކީ އިންސާނީ ދިރިއުޅުމުގެ ހަމަ ކޮންމެ ކަމަކާ ލާމެހިފައިވާ، ވަށައިޖެހޭ ފުރިހަމަ ދީނެކޭ. އިންސާނުން އަމިއްލައަށް ދީނޭ ކިޔައިގެން އުފައްދައިގެން އުޅޭ ބާތިލް އަގީދާތައް ފަދަ ކޮރު އެއްޗެއް ނޫނޭ. އިންސާނީ ހަޔާތުގެ އެއްބައި ކަންކަމަށް ދީން ވަދެފައި، އަނެއްބައި ކަންކަމަށް ދީން ނުވަންޏާ، އެެއްވެސް ބިރެއްނެތި އެމީހަކު ބޭނުން ގޮތަކަށް އުޅެ، ބޭނުން ގޮތަކަށް ކަންކަން ކުރަން މަގު އެ ފަހިކުރެވެނީ.
ބުނެލަން
12 January 2025
ކިރު ސައި. ކީރިތި ޤުރްއާނުގަ ނަންގަނެވިފަވާ ހަލާކުކުރެއްވި ކުރީގެ އުއްމަތްތަކުގެ ބައެއް ވާހަކަތައް ނިކަން ކިޔާލަބަލަ..ނޫޙް، ޢާދު ސަދޫމު ސަމޫދު. މިތަންތަން ހަލާކު ކުރެއްވީ ވަޔާއި ފެނާއި އަލިފާނާއި ބާުރު އަޑު ފަދަ މޫސުމާ ގުޅުން ހުރި އެއްޗެހި މެދުވެރިކުރައްވާ..އެވާހަކަތައް ކީރިތި ޤުރްއާނުގަ ނަންގަނެވިފަވަނީ އެންމެ ފަހުގެ އުއްމަތް އެކަންކަމުން އިބްރަތް ހާސިލް ކުރުމަށްޓަކާ. ހަޤީޤަތަކީ ދުނިޔޭގަ ހިނގާ އެއްވެސް ކަމެއް ދީނާ ނުގުޅިއެއް ނުދޭ.
ސެލެބްސް
12 January 2025
ކިރުސައި އެބުނީ ހައްގު ތެދު