"ސައްޔާރާ"ގެ ލީޑު އެކްޓަރުން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ.
26 އޯގަސްޓް 2025 - 11:23
ބޮލީވުޑްގެ އެންމެ ކާމިޔާބު ލޯބީގެ ފިލްމު "ސައްޔާރާ"ގެ ލީޑް އެކްޓްރެސް އަނީތު ޕައްޑާ އެ ފިލްމުގެ ލަވަ ކިޔާ ވީޑިއޯއަކަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.
އަނީތު އޭނާގެ އިންސްޓަގްރާމްގައި މިދިޔަ އާދިއްތަ ދުވަހު ހިއްސާކުރި އެ ވީޑިއޯގައި ފެންނަނީ އޭނާ ގިޓާ ގުޅެމުން ސައްޔާރާގެ ޓައިޓަލް ލަވަ ކިޔާ ތަނެވެ. އަދި އޭނާ ލަވަކިޔަމުން ދިޔައިރު، ކައިރީގައި އޭނާގެ ބައްޕަ އަޑުއަހަން ހުއްޓެވެ.
އެ ވީޑިއޯއަށް 1.7 މިލިއަން ލައިކްސް ލިބިފައިވާއިރު، 17.5 މިލިއަނަށް ވުރެ ގިނަ ވިއުސް މިހާތަނަށް ލިބިފައިވެ އެވެ.
"ސައްޔާރާ"އަކީ އަނީތު ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. ކުރިން ބައެއް ވެބް ސީރީޒްތަކުގައި މަސައްކަތްކޮށްފައިވާ އަނީތު އެ ފިލްމުގައި ދެއްކި އެކްޓިންނަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.
އަނީތުއާ އެކު އެ ފިލްމުގައި ލީޑު ރޯލު ކުޅުނީ ބޮލީވުޑަށް އަލަށް ތައާރަފުވި އަހާން ޕާންޑޭ އެވެ.
މިދިޔަ މަހު 18 ގައި ޕްރިމިއާކުރި "ސައްޔާރާ"އަށް ވަނީ ރެކޯޑް އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމަށް 560 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިވަރުގެ ބޮޑު އާމްދަނީއެއް ލިބުނު ބޮލީވުޑްގެ ލޯބީގެ ފުރަތަމަ ފިލްމެވެ.
"ސައްޔާރާ"ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ ކުރީގެ ފިލްމަކަށް ވެސް މިވަރުގެ ކާމިޔާބީއެއް ލިބިފައި ނުވެ އެވެ.
އަސަރުގަދަ ލޯބީގެ ވާހަކައަކަށް ވައިއާރުއެފުން ގެނެސްދިން "ސައްޔާރާ"އަކީ 60 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
އަންނަ މަހު ދޭކުން ފެށިގެން މި ފިލްމު ނެޓްފްލިކްސް އިން ސްޓްރީމްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާލިޔާ22
29 August 2025
ދުވަސްވީ ވައްތަރެއް ތި އަނީތު މޫނުގަ ޖަހަނީ! 33 އަހަރު ވެދާނެ ހެން ހީވަނީ މަދުވެގެން އެކަމަކު 22 އަހަރު ކަމަސް ހެދިގެނ ްއައަިސް ! އާލިޔާ ބަޓް މެން ވަން އިރު އިގޭ އަސްލު 20 އަހަރު ކަން
އަބުދުގެ އައްލޫ
26 August 2025
ރީތި ރާގެއް. ރާއްޖެ މީހަކު އަމިއްލަ ރާގެއް ހަދައިފިއްޔާ އެއެއްޗެއް އެއްވެސް ތަނެއްގައި ލައްވައެއްނުލާނެ، އެއްވެސް ރާގެއް ނުހުންނާނެ، ހީނުވާނެ ރާގެއްހެންވެސް... ހީވާނީ ލަވަކިޔައި ކިޔައި ރާގު ހުސްވެގެން އުޅޭހެން. އެކަމަކު ބޭރުގައުމުތަކުން ޚާއްސަކޮށް އަވައްޓެރި އިންޑިއާއިން އާރާގުތައް ކޮންވެއާރ ބެލްޓަކަށް ލާފައި އެހެރަ ނެރެނީ ހައި ސްޕީޑްގައި. އެހާ ފުރިހަަމަ އެހާ ހިތްގައިމު. ދިވެހި އާރާގެއް އަޑު އަހަފިއްޔާ ޕެނެޑޯލް ގުޅައަކުންވެސް ސަލާމަތްނުވާނެ