ބޮލީވުޑްގެ ތަރި އާލިއާ ބަޓް.
29 ޑިސެމްބަރ 2025 - 06:43
ބޮލީވުޑްގެ ތަރި އާލިއާ ބަޓްގެ އާ ފިލްމު "އަލްފާ" ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އަންނަ އަހަރު އެޕްރީލް މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖައްސާފައިވާ އެ ފިލްމު މިފަހަރު ފަސްކުރީ ސަލްމާން ޚާންގެ "ބެޓުލް އޮފް ގަލްވާން"އާ އެއް ދުވަހެއްގައި ރިލީޒް ނުކުރުމަށެވެ.
މިފަހަރު ފިލްމު ފަސްކުރީ ވަކި ތާރީޚެއް ވެސް ނެތް ގޮތަށެވެ. އެކަމަކު، އަންނަ އަހަރުގެ ފަހުކޮޅު އެ ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.
"ބެޓުލް އޮފް ގަލްވާން" އެ ތާރީޚުގައި ގެނެސްދޭން ނިންމައި މިދިޔަ ހޮނިހިރު ދުވަހު ވަނީ އެކަން އިއުލާންކޮށްފަ އެވެ.
#BreakingNews... 'ALPHA' AVOIDS CLASH WITH 'BATTLE OF GALWAN' – YRF TO DECIDE ON NEW DATE... #AdityaChopra steps aside for #SalmanKhan, moving #Alpha from its earlier announced release date of 17 April 2026 to avoid a direct clash with #BattleOfGalwan.#YRF had locked 17 April… pic.twitter.com/BF3QElleC2
— taran adarsh (@taran_adarsh) December 27, 2025
ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް)ގެ ސްޕައި ޔުނިވާސްގައި ހިމެނޭ "އަލްފާ" ރިލީޒްކުރާ ގޮތަށް އެންމެ ފުރަތަމަ ހަމަޖެއްސީ މި މަހު 25 ގަ އެވެ. ނަމަވެސް، އެ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތަށާއި ވީއެފްއެކްސްގެ މަސައްކަތަށް އިތުރު ވަގުތު ބޭނުންވާތީ އަންނަ އަހަރަށް ފިލްމު ފަސްކުރީ އެވެ.
"އަލްފާ"އަކީ ވައިއާރުއެފްގެ ސްޕައި ޔުނިވާސްގެ ހަވަނަ ފިލްމެވެ. އަދި އަންހެން ލީޑް އެކްޓަރެއް އުޅޭ އެ ޔުނިވާސްގެ ފުރަތަމަ ފިލްމެވެ. އާލިއާ އެކު އެ ފިލްމުގައި ލީޑް ރޯލު ކުޅެނީ ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ޒުވާން އެކްޓަރު ޝަރްވަރީ އެވެ.
އާލިއާ އަންނަނީ ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ"ގައި ވެސް މަސައްކަތްކުރަމުންނެވެ. އެ ފިލްމުގައި އާލިއާއާ އެކު ލީޑް ރޯލުތައް ކުޅެނީ އޭނާގެ ފިރިމީހާ ރަންބީރް ކަޕޫރުގެ އިތުރުން ވިކީ ކައުޝަލް އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy