އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައިވާތީ ފިލްމުތައް ސިނަމާތަކުގައި އެޅުވެން ނެތުމުން، ބަތަލާ ވިދިޔާ ބަލަންގެ ފިލްމު "ޝަނުންތަލާ ދޭވީ" ވެސް އެމެޒޯން ޕްރައިމް ވީޑިއޯ އިން ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމައިފި އެވެ.

އެކަން މިހާރު ކަށަވަރުވި ނަމަވެސް ފިލްމު ޕްރިމިއާކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. ވިދިޔާ ވަނީ ފިލްމުގެ ޕޯސްޓަރަކާ އެކު ޓްވިޓާގައި ފިލްމު އެމެޒޯނުން ގެނެސްދޭނެކަން ހާމަކޮށް، ފިލްމަށް އިންތިޒާރުކުރަން އެދިފަ އެވެ.

"ޝަކުންތަލާ ދޭވީ" އެމެޒޯންގައި ރިލީޒްކުރަން ނިންމާފައި މި ވަނީ އަމީތާބް ބައްޗަން އާއި އަޔޫޝްމަން ކްރާނާގެ ގުލާބޯ ސިތާބޯ" އަންނަ މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރަން ހަމަޖެހިފައި ވަނިކޮށެވެ.

"ޝަކުންތަލާ ދޭވީ" އަކީ އިންޑިއާގައި "ހިއުމަން ކޮމްޕިއުޓަރު" ގެ ނަމުން މަޝްހޫރުވި ކުރީގެ ހިސާބު އިލްމުވެރިތާ ޝަލުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

އަނޫ މެނަން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ކުރިން ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ މި މަހުގެ 8 ގަ އެވެ.

"ޝަކުންތަލާ ދޭވީ" ގެ ކާސްޓުންގެ ތެރޭގައި ސާނިއާ މަލްއުތުރާ އާއި އަމިތު ސާދު ހިމެނެ އެވެ. ފިލްމުގެ ޓައިޓްލް ރޯލް ވިދިޔާ ކުޅެފައިވާ އިރު، ޝަކުންތަލާގެ އަންހެން ދަރިފުޅު އަނޫޕަމާ ބެނަޖީގެ ރޯލް ކުޅުނީ ސާނިއާ އެވެ. އަދި އަނޫޕަމާގެ ފިރިމީހާ އަޖޭގެ ރޯލް ކުޅުނީ އަމިތު ސާދެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭހައި ޖިއްޝޫ ސެންގުޕްތާ އާއި ސުޕަންދަން ޗަތުރަވެދީ ހިމެނެ އެވެ.

ވިދިޔާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "މިޝަން މަންގަލް" އިންނެވެ.