30 ނޮވެމްބަރ 2020 - 07:48
ދިވެހިރާއްޖެ އަށް ޒިޔާރަތްކޮށްފައި އެނބުރި ގައުމަށްދާ ކޮންމެ ފަހަރަކު ދަނީ ހިތުން ތަންކޮޅެއް ރާއްޖެ އަށް ދީފައި ކަމަށް ބަތަލާ ސޮނާކްޝީ ސިންހާ ބުނެފި އެވެ.
ރާއްޖެ އަށް އެންމެ ގިނައިން އަންނަ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ހިމެނޭ ސޮނާކްޝީ ރާއްޖެ އަށް އޮތް ޝައުގުވެރިވާކަން ހާމަކޮށްފައި ވަނީ މިދިޔަ ހަފުތާގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިރު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށެވެ. ސޮނާކްޝީ މި ފަހަރު ޗުއްޓީ ހޭދަކުރީ ގްރޭންޑް ޕާކް ކޮއްދިޕަރު ރިސޯޓްގަ އެވެ.
އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް ކުރިން ވެސް އާންމުކޮށް އޭނާ އަކީ "އައިލެންޑް ގާލް" އެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. ސޮނާކްޝީ ބުނެފައިވާ ގޮތުގައި ރާއްްޖެ އައިސް އެންމެ ގަޔާވާ އެއް ކަމަކީ ރާއްޖޭގެ ސާފު ރީތި މޫދުތެރޭގައި ވަގުތުތައް ހޭދަކުރުމެވެ.
މި ފަހަރުގެ ދަތުރުގެ ތެރެއިން ސޮނާކްޝީ ވަނީ އޯޕަން ވޯޓާ ޑައިވިން ކޯހެއް ވެސް ހަދައި އެއިން 100 މާކްސް ވެސް ހޯދައިފަ އެވެ. އޭގެ ފޮޓޯއަކާ އެކު އެ ވާހަކަ ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
ސޮނާކްޝީ އަކީ ފިލްމު "ދަބަންގް" އިން 2010 ގައި ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ދަބަންގް 3" އެވެ. ސޮނާކްޝީ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިިމިއާކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ބޫޖް؛ ދަ ޕްރައިޑް އޮން އިންޑިއާ" އިންނެވެ.
ސޮނާކްޝީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ފޯލެން" ކިޔާ ވެބް ސީރީޒެއް ހިމެނެ އެވެ. އޭގެ މަސައްކަތް އޭނާ މިހާރު އަންނަނީ ކުރަމުންނެވެ.
ސޮނާކްޝީ، 33، ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ލުޓޭރާ" އާއިި "ރައުޑީ ރާތޯޑް" އަދި "އަކީރާ' ފަދަ ފިލްމުތައް ހިމެނެ އެވެ. ސޮނާކްޝީ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރަގަން ސިންހާގެ ތިން ދަރިންގެ ތެރެއިން ހަމައެކަނި އަންހެން ދަރިފުޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަން
31 December 2020
ދެން ރާއްޖޭން މީހަކާ އިންނަން ވީނުން،
ދިވެހިން ގެ
30 November 2020
ތިޔަ ފެންނަނީ އިންޑިޔާ އިން ރާއްޖެ އައް އަތްގަދަ ކުރުމުގެ މަލަމަތި
ހުސައިން އަސްކަރީ
30 November 2020
ސޮނާކްޝީއެވެ.މި ނަލަނަަލަ ރާއްޖެއަށް ހިތުން ތަންކޮޅެއް ދެންޏާ މުޅި ހިތް މި ރީތި މިނިވަން ރާއްޖެއަށް ދެވޭނެ ނޫންހެއްޔެވެ.މަ މިހިރީ ތިޔަ ހިތް ހޯދަން ކެއްމަދުވެފައެވެ.އަހަރެންނަށް ތިޔަ ހިތް ދޭށެވެ.މަށަކީ ފުރިހަމަ ދިވެއްސެކެވެ.ދިވެހިންގެ މި ޤައުމުގައި ފިސާރިއަށް ތިބާ އުފަލުގައި ގެންގުޅެން މަ މިހިރީ ކެއްމަދުވެފައެވެ.
މޯޑޯ ނަރަންޑްރޯ
30 November 2020
އިންޑިއާ މީހުން ރާއްޖެ ދެކެވާ "ލޯތްބެއް" ގެ ބޮޑުކަން ދެކެފައި މަ ވަރަށް ބިރު ގަނެއެވެ. ރާއްޖެ އަކީ ދުނިޔެ މަތީ ސުވަރުގެ އޭ އެމީހުން ކިޔާ ތީއެވެ. ފަހަރަކު "ހިތުން ތަންކޮޅެއް" ދެމުން ދެމުން ގޮސް ހިތާ ނަފްސާ ޖާނާ މާލު ރާއްޖޭގެ އެއްޗެއް ކަމަށް ހަދާފާނެ ތީއެވެ.
ބަސް
30 November 2020
ބިރު ނުގަނޭ. ފިލްމުސްޓާރުން މިވީތަނަށް ގައުމެއް ހިފިކަން އެނގިފަކާ ނެތް. ކުންފުނިތަކާ ވިޔަފާރިވެރިންނާ ........
ކުޅަދުމަދު
30 November 2020
ގަމާރީ މިކޮމެންޓު ލިޔުނުމީހާ..