16 ޑިސެމްބަރ 2020 - 20:26
މީގެ ތިން އަހަރު ކުރިން ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހާސިލުކުރި އިންޑިއާގެ މަނޫޝީ ޗިލާރް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އަންނަ އަހަރު ބޮލީވުޑަށް ތައާރަފުވާނެ 23 އަހަރުގެ ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. މަނޫޝީ ބޮލީވުޑަށް ތައާރަފު ވާނީ އަކްޝޭ ކުމާރާ އެކު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ތާރީހީ ފިލްމު "ޕްރިތުވީރާޖް" އިންނެވެ.
އެ ފިލްމުގެ ޝޫޓިން ލޮކްޑައުންއާ ހެދި ހުއްޓިފައި އޮތުމަށް ފަހު، އަލުން ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށައިފަ އެވެ.
މަނޫޝީގެ އަތުގައި "ޕްރިތުވީރާޖް" ގެ އިތުރުން ވެސް ވައިއާރްއެފްގެ އެހެން ފިލްމެއް އެބައޮތެވެ. އޭގެ ޝޫޓިން ވެސް ފަށާފައިވާ އިރު، އެއީ ކޮމެޑީއެކެވެ. "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ޑައިރެކްޓްކުރާ ފިލްމުގެ ބަތަލަކީ ޒުވާން އެކްޓަރު ވިކީ ކޯޝަލެވެ.
އަންނަ އަހަރު ބޮޑު ސްކްރީނަށް އަންނަ މަނޫޝީ އަށް މިސް ވޯލްޑްގެ ޓައިޓްލް ލިބުނު ފަހުން މަޝްހޫރު ބައެއް ބްރޭންޑްތައް އިޝްތިހާރުކޮށްދޭން ވެސް އަންނަނީ ލިބެމުންނެވެ. އެގޮތުން ރަންވީރު ސިންގް އާއި ކަރީނާ ކަޕޫރާ އެކު އިޝްތިހާރުތަކެއް ކުޅެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްޒުއްދީން
17 December 2020
އަންނަ އަހަރު ބޮލީވުޑަށް ތައާރަފުވާނެ 23 އަހަރުގެ ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް..... ތައާރަފް ނުވަނީސް "ބަތަލާ" ޔޯ!!!!
2021
17 December 2020
މިގޮތަށްދޯ ރީތީ.
ބަސް
17 December 2020
އެއްވެސް މީހަކު ހުރިހާ ގޮތަކުން ރީތި ވާނެކަމަށް ނުބެލެވޭ. މިފަދަ މަޝްހޫރުކަމެއް ހޯދާފައިވާ މީހުން ރާއްޖެ އައުމަކީ ޓުއަރިޒަމަށް ލިބޭ ކުރިއެރުމެއް. އެއީ ދިވެހިންނަށް މުހިންމުކަމަކީ. ހަޑި ހުތުރު ރީތި ޗާލު މުހިއްމެއްނޫން.
މޯޑީ1
17 December 2020
ހިލޭ ދަތުރު ދެންޏާ އެންމެން އަންނާނެ. އިންޑިޔާ ތަރިންގެ ފަރާތުން ރާއްޖެއަށް ލޯލާރިއެއްވެސް ނުލިބޭ. އަދި ރާއްޖެއިން އެތައްހާސް ޑޮލަރެއް އިންޑިޔާއަށް ބޭރުވޭ.
Mohamed ibrahim
16 December 2020
ކޮންގޮތަކަށް ރީތީ....
ނަޖުމުއްދީން
16 December 2020
ހުރިހާގޮތަކަށްވެސް.