މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"އާރްއާރްއާރް' ގެ ޕޯސްޓަރެއްގައި އަޖޭ.

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.

އިންސްޓަގްރާމްގައި އެ ވާހަކަ ހިއްސާކޮށް އޭނާ ބުނީ މިހާރު ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ. އާލިއާ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ޝޫޓިން ނިމުމަކާ ގާތަށް އައިސްފައިވާ އޭނާގެ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބައްޔަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދުމަށް ފަހު، ބަލިން ރަނގަޅުވެ، ފިލްމުގެ ޝޫޓިން އަލުން ފެށިތަނާ އެވެ.

މިދިޔަ މަހުގެ ތެރޭގައި އާލިއާގެ ލޯބިވެރިޔާ ރަންބީރް ކަޕޫރް ވެސް ކޮވިޑަށް ޕޮޒިޓިވް އެވެ. މި ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ ފިލްމީ ތަރިންގެ އަދަދު ވަރަށް ގިނަ އެވެ.

އާލިއާ ބައްޔަށް ޕޮޒިޓިވްވި އިރު އޭނާ މަސައްކަތްކުރަން ޖެހިފައި ހުރި ފިލްމުތަކުގެ ތެރޭގައި "ގަންގޫބާއީ" ގެ އިތުރުން އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" އާއި އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ހިމެނެ އެވެ.

މި އަހަރު ރިލީޒްވާނެ އާލިއާގެ ފުރަތަމަ ފިލްމަކީ ޖުލައި 30 އަށް ތާވަލުކޮށްފައި އޮތް "ގަންގޫބާއީ" އެވެ.

"އާރްއާރްއާރް"ގެ އަޖޭގެ ޕޯސްޓަރު

ހުކުރު ދުވަހު ފާހަގަކުރި އަޖޭ ދޭވްގަންގެ 52 ވަނަ އުފަން ދުވަހާ ދިމާކޮށް ފިލްމު "އާރްއާރްއާރް" އިން އޭނާ ފެންނާނެ ގޮތުގެ ސްޓިލް/މޯޝަލް ޕޯސްޓަރު ދައްކާލައިފި އެވެ.

އޭގައި ފެންނަނީ ހަނގުރާމައިގެ މައިދާއެއްގައި އަޖޭ ދުޝްމަނުންގެ ބަޔަކާ ވަރަށް ކެރިގެން ކުރިމަތިލާ ތަނެވެ. އެސްއެސް ރާޖަމޯލީ ޑައިރެކްޓްކޮށްފައިވާ "އާރްއާރްއާރް" އިން އަޖޭ ފެންނާނެ ގޮތް ދައްކައިލި އިރު އެ ފިލްމުގެ ލީޑް ދެ ބަތަލުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާގެ އިތުރުން ބަތަލާ އާލިއާ ބަޓް ފެންނާނެ ގޮތް ވެސް ކުރިން ވަނީ ދައްކާލައިފަ އެވެ.

މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރާ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އޮކްޓޯބަރު 13 ގަ އެވެ.

"ގުޑްބާއީ" ގެ ޝޫޓިން ފަށައިފި

ޑައިރެކްޓަރު ވިކާސް ބާލްގެ އާ ފިލްމު "ގުޑްބާއި"ގެ ޝޫޓިން ފަށައިފި އެވެ.

އެކްތާ ކަޕޫރާއި ރިލަޔަންސް އެންޓަޓައިންމަންޓް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމުގެ ލީޑް ކާސްޓުންނަކީ އަމީތާބް ބައްޗަނާއި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ރަޝްމިކާ މަންދަނާ އެވެ. "ގުޑްބާއީ" އަކީ ވަރަށް ތަފާތު ވާހަކައަކަށް ހަދާ ތުރިލާއެކެވެ.

މި ފިލްމުގެ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގައި ރިތިކް ރޯޝަނާ އެކީ ގެނެސްދިން "ސުޕަ 30" އެވެ. ވިކާސް އަކީ ކަންގަނާ ރަނާވަތަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ފުރަތަމަ ލިބުނު ފިލްމު 2014 ގެ "ކްއީން" ގެ ވެސް ޑައިރެކްޓަރެވެ.

"ތަލައިވީ" ގެ ފުރަތަމަ ލަވަ ދައްކާލައިފި

މި މަހުގެ 23 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ"ގެ ފުރަތަމަ ލަވަ "ޗަލީ ޗަލީ" ދައްކާލައިފި އެވެ.

މިއީ ކަންގަނާގެ ނެށުންތަކެއް ފެނިގެންދާ ވަރަށް ހިތްގައިމު މަޑުމައިތިރި ސްޓައިލްގެ ލަވައެކެވެ. "ތަލައިވީ" އަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ރޯލުން ކަންގަނާ ފެންނާނެ ބައޮގްރަފިކަލް ޑްރާމާއެކެވެ.

އޭއެލް ވިޖޭ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި އަރުވިންދު ސްވާމީ އާއި ބަގިޔާޝްރީ އާއި މަދޫ އާއި ޕްރަކާޝް ރާޖް ފަދަ ތަރިން ހިމެނެ އެވެ. "ތަލައިވީ" ގެ ޓްރެއިލާ ވެސް މިދިޔަ މަހު އާންމުކޮށްފައިވާ އިރު ކަންގަނާގެ އެކްޓިން އަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ. ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި މި ފިލްމަކީ އޭނާ ފަސް ވަނަ ނެޝަނަލް އެވޯޑް ވެސް ހޯދާނެ ފިލްމެކެވެ.

ކަންގަނާ އަށް ހަތަރު ވަނަ ނެޝަނަލް އެވޯޑް މި އަހަރު ކަށަވަރުވީ މިދިޔަ އަހަރުގެ "ޕަންގާ" އާއި 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454