އިންތިހާބުގެ ނަތީޖާ އެހެން ގޮތަކަށް އެނބުރުނު ނަމަ ރައީސް ކައިރީގައި މިހާރު ސައިލެންޓުކޮށް ތިބި ގިނަ މެންބަރުން ވެސް އެނބުރުމުގެ ފުރުސަތު ބޮޑު. މުޅި މަންޒަރު ބަދަލުވީސް.
26 ސެޕްޓެމްބަރ 2021 - 11:08
އެމްޑީޕީން އިއްޔެ ނިންމާލި އެ ޕާޓީގެ ގައުމީ މަޖިލިސް އިންތިހާބު އެކި މީހުން ސިފަ ކުރީ އެކި ގޮތަށެވެ؛ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތެރެއިން އެމްޑީޕީގެ އާންމު މެންބަރުންގެ ތާއީދު އޮތީ ކޮން ބޭފުޅަކަށްތޯ ކަނޑައަޅާ އިންތިހާބެވެ. ރާއްޖޭގައި އޮންނަ ބޭނުންވާ ނިޒާމަކާ ގުޅޭ ގޮތުން އެމްޑީޕީ މެންބަރުންގެ ހިޔާލު ހޯދާ އިންތިހާބެކެވެ. ގައުމުގެ ސިޔާސީ ކުރިމަގު ބައްޓަން ވެގެންދާނެ ގޮތުގެ ނަތީޖާއެއް ފެންނާނެ އިންތިހާބެކެވެ.
އެ ހުރިހާ ސަބަބަކާ ހެދި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ގައުމީ މަޖިލިސް އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ކާމިޔާބު ކުރެއްވި 65 ގޮނޑި އާއި ގައުމީ މަޖިލީހަށް އަމިއްލައަށް އިލެކްޓުވާ މެންބަރުން ހިމަނައިގެން 100 އަށް ވުރެ ގިނަ މެންބަރުންނަކީ ރައީސަށް ތާއީދު ކުރާ މެންބަރުންނެވެ.
"ވަރަށް ސާފު، އެމްޑީޕީގެ ތެރެއިން މެންބަރުންތަކެއް ނިކުމެ ސަރުކާރާ ޗެލެންޖު ކުރީ. އެކަމަކު އެ މީހުން ބަލިވީ. އޮޓޮމެޓިކުން އަންނި އާއި އެހެން މީހުންގެ ބާރުތައް ވެސް އެ ދިޔައީ،" އެމްޑީޕީގެ ކުރީގެ ރައީސް ކަން ކުރައްވާފައިވާ އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި އެވެ.
މި ސަރުކާރު ދަމަހައްޓަން ރައީސަށް ކުރިމަތިވެވަޑައިގަތް ގޮންޖެހުމަކީ އިދިކޮޅު ފަރާތްތަކެއް ނޫނެވެ. އެމަނިކުފާނަށް ހުރަސްތަކާ ކުރިމަތިލާން ޖެހިވަޑައިގަތީ އަމިއްލަފުޅު ޕާޓީންނެވެ. ނަމަވެސް މިއަދު އެ ޕާޓީގެ އާންމު މެންބަރުންގެ ފުރިހަމަ ތާއީދާ އެކު އެންމެ ބާރުގަދަ ގުނަވަނުގެ މެޖޯރިޓީ ނެގުމުން ދެން ނިކުންނާނެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އެންމެ ބޮޑު ތާއީދެއް އެ ބޭފުޅަކަށް އޮންނަ ނަޝީދު އަމިއްލަ ޕާޓީން ބަލި ވުމުން ސިޔާސީ މަސްރަހަށް އަތުވެދާނެ ބަދަލުތަކަކީ ކޮބާތޯ ބަލައިލަން ޖެހެ އެވެ.
ރައީސް އާއެކު ސިޔާސީ ގޮތުން މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަން ނަޝީދު އިއުލާން ކުރެއްވި ހިސާބުން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ބާރު އެމަނިކުފާނު އަތްޕުޅުގައި އޮތް ކަން އިއުލާން ކުރައްވައިފަ އެވެ.
ގައުމީ މަޖިލީހުން ކުރިން ބޭއްވި ޖަލްސާތައް ގިނަ މެންބަރުން ބޮއިކޮޓް ކުރެއްވުމާއި އިސްތިއުނާފް ކޮމިޓީގެ އިންތިހާބު ރައީސް ކާމިޔާބު ކުރުމަކީ، އެމަނިކުފާނު އަތްޕުޅުގައި ގައުމީ މަޖިލީހުގެ މެޖޯރިޓީ ކުރިން ވެސް އޮތްކަން ދައްކުވައިދޭ ކަންކަމެވެ.
ނަމަވެސް މިހާރު އެމަނިކުފާނު އެ ހުންނެވީ އާންމު މެންބަރުންގެ ފުރިހަމަ ތާއީދު ވެސް އޮތް ކަން ސާބިތު ކުރައްވައި، އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް ވެސް ނަންގަވައިގެނެވެ.
"މިއީ ސިޔާސީ ގޮތުން ބޮޑު ކާމިޔާބީއެއް. ކެބިނެޓާއި، މަޖިލީހާއި، ގައުމީ މަޖިލީހާއި ޕާޓީގެ މެންބަރުންގެ ތާއީދު ވެސް ހޯދުން. އިންތިހާބުގެ ނަތީޖާ އެހެން ގޮތަކަށް އެނބުރުނު ނަމަ ރައީސް ކައިރީގައި މިހާރު ސައިލެންޓުކޮށް ތިބި ގިނަ މެންބަރުން ވެސް އެނބުރުމުގެ ފުރުސަތު ބޮޑު. މުޅި މަންޒަރު ބަދަލުވީސް،" އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.
ގައުމީ މަޖިލީހަކީ އެމްޑީޕީގެ އެންމެ ބާރުގަދަ އެއް ގުނަވަނެވެ. އެމްޑީޕީގެ ސެކެޓްރިއޭޓާއި އެހެނިހެން ކޮމިޓީތަކަށް މީހުން އައްޔަން ކުރުމުގެ ބާރު އޮތީ ގައުމީ މަޖިލީހަށެވެ. އަދި ޕާޓީގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި މުހިންމު ނިންމުންތައް ނިންމާނީ ގައުމީ މަޖިލީހުގެ ޖަލްސާތަކުންނެވެ.
އޭގެ އިތުރުން އެމްޑީޕީގެ ރައީސް، ނައިބު ރައީސް، ޗެއާޕާސަން އަދި ޗެއާޕާސަންގެ ނައިބަކާ މެދު މެންބަރުން ހިތްހަމަނު ޖެހިގެން މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމަކާ މެދު ބަހުސްކޮށް ޕާޓީގެ ލީޑަޝިޕާ މެދު އިތުބާރު އޮތްތޯ ބަލާނީ ވެސް ގައުމީ މަޖިލީހުންނެވެ.
"މި ވަގުތު މެޖޯރިޓީ އޮތީ ރައީސް ބޭނުންފުޅުވާ ގޮތަށް ކަންކަން ކުރާނެ މެންބަރުން. އެހެންވެ ރައީސް ސޯލިހަކީ މި ވަގުތު އެމްޑީޕީގެ އެންމެ ނުފޫޒު ގަދަ ބޭފުޅާ. އެފަދަ ހާލަތަކަށް ހިނގައްޖެ ނަމަ ނަޝީދު ވެސް އެމްޑީޕީން ވަކިކުރެވޭނެ ބާރު އެބައޮތް،"
"މި ވަގުތު މެޖޯރިޓީ އޮތީ ރައީސް ބޭނުންފުޅުވާ ގޮތަށް ކަންކަން ކުރާނެ މެންބަރުން. އެހެންވެ ރައީސް ސޯލިހަކީ މި ވަގުތު އެމްޑީޕީގެ އެންމެ ނުފޫޒު ގަދަ ބޭފުޅާ. އެފަދަ ހާލަތަކަށް ހިނގައްޖެ ނަމަ ނަޝީދު ވެސް އެމްޑީޕީން ވަކިކުރެވޭނެ ބާރު އެބައޮތް،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކެވި މެންބަރަކު ވިދާޅުވި އެވެ.
"އެންމެ ބޮޑު ބާރަކީ އެމްޑީޕީން ދެން ރާއްޖޭގެ ރައީސް ކަމަށް ނެރޭނީ ކާކުތޯ ކަނޑައެޅުން މިހާރު ރައީސްގެ އަތްޕުޅުމަތީގައި އޮތުން. މާނައަކީ، ރައީސް ސޯލިހު ވެރިކަން ބޭނުންފުޅު ނަމަ ރައީސް ނަޝީދަށް ދެން ފުރުސަތު ވަރަށް ކުޑައޭ. ސަބަބަކީ ގައުމީ މަޖިލީހަކީ އާންމު މެމްބަރުންގެ ވެސް ވިސްނުން ވަރަށް ގިނަ ފަހަރު."
ގައުމީ މަޖިލީހުގެ އިންތިހާބު ތެރެއިން ވެސް ނަޝީދު ހުންނެވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ބަރުލަމާނީ ހުވަފެން ހަގީގަތަކަށް ހެދުމަށް ފޫގަޅާލައިގެންނެވެ. އިންތިހާބުގައި ނަޝީދު އެންޑޯޒް ކުރެއްވީ ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މެންބަރުން އެކަންޏެވެ.
ބައެއް މެންބަރުންގެ ނަޒަރުގައި ގައުމީ މަޖިލީހުގެ އިންތިހާބަކީ ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އެމްޑީޕީ އާންމު މެންބަރުންގެ ތެރޭގައި ހިޔާލު ހޯދުމަށް ބޭއްވި އިންތިހާބެކެވެ.
"އޮތީ ދެ ގޮތް. ބަރުލަމާނީ ނިޒާމަށް ތާއީދު ކޮށްގެން ރައީސް ނަޝީދުގެ ތާއީދު ހޯދުން ނޫނީ އެ ނިޒާމަށް ތާއީދު ނުކޮށް ރައީސް ސޯލިހުގެ ފަރާތުން ބައިވެރިވުން،" އިންތިހާބު ކާމިޔާބު ކުރެއްވި މެންބަރަކު ވިދާޅުވި އެވެ.
އިބްރާ ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމްގެ ނަމުގައި ނިކުތް އެމްޑީޕީގެ ގިނަ ކެންޑިޑޭޓުން މި އިންތިހާބުން ނާކާމިޔާބުވުމަކީ އެ ނިޒާމަށް ޕާޓީގެ އާންމު މެންބަރުންގެ ތާއީދު ނެތް ކަން ހާމަވާ ހެއްކެކެވެ. މީގެ އިތުރުުން ސަރުކާރު ހިންގުމަށް ލޮޅުން އަރުވަން ބޭނުން ނުވާ ކަން ސާބިތުވާ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބަރުލަމާނީގެ ވާހަކަ އެ ދިޔައީ. އެކަން އެ ނިމުނީ. ސަރުކާރާ ޗެލެންޖު ކުރީ ޕާޓީ ތެރޭގެ ބައެއް މީހުން. ކޮށްފަ އެ މީހުން އެ ބަލިވީ. އަންނި [ނަޝީދު] ވެސް ހަސަން ލަތީފް ވެސް މަގާމް ދޫކޮށްލަންވީ. އެ މަގާމްތަކަށް އަލުން މީހުން ހޮވުމުގެ ފުރުސަތު ދޭންވީ،" -- އިބްރާ
"ބަރުލަމާނީގެ ވާހަކަ އެ ދިޔައީ. އެކަން އެ ނިމުނީ. ސަރުކާރާ ޗެލެންޖު ކުރީ ޕާޓީ ތެރޭގެ ބައެއް މީހުން. ކޮށްފަ އެ މީހުން އެ ބަލިވީ. އަންނި [ނަޝީދު] ވެސް ހަސަން ލަތީފް ވެސް މަގާމް ދޫކޮށްލަންވީ. އެ މަގާމްތަކަށް އަލުން މީހުން ހޮވުމުގެ ފުރުސަތު ދޭންވީ،" އިބްރާ ވިދާޅުވި އެވެ.
ދެން އޮތީ ބަރުލަމާނީ ޕެޓިޝަންގެ ވާހަކަ އެވެ. ރައީސް ފެކްޝަންގެ މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޕެޓިޝަނެއް ހުށަހެޅިޔަސް އެ ޕެޓިޝަނާ މެދު ގޮތެއް ނިންމަން އޮތީ ކެބިނެޓާއި މަޖިލިސް އަދި އެމްޑީޕީގެ ގައުމީ މަޖިލީހެވެ. މި ތިން ބާރު ވެސް އޮތީ ރައީސް އަތްޕުޅުގަ އެވެ.
"އެމްޑީޕީ އާންމު މެންބަރުންގެ ވިސްނުން ސާފު ވެއްޖެ. ދެން ޕެޓިޝަންގެ ޗެޕްޓަރު ވެސް ނިމުނީ ކަމަށް ލަފާ ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަލް ލަތީފް ގަބޫލު ކުރައްވާ ގޮތުގައި މިހާރު އެމްޑީޕީ ތެރޭގައި އޮތް ދެބައިވުންތަކަކީ މީގެ ކުރިން ވެސް އިންތިހާބުތަކާ ދިމާކޮށް އޮންނަ ވާދަވެރިކަމެކެވެ. އަދި އެއީ އޮންނަން ޖެހޭ މުހިންމު ވާދަވެރި ކަމެކެވެ.
ނަމަވެސް އަބަދުވެސް ކޮންމެ އިންތިހާބަކަށް ފަހު އެ ޕާޓީގެ އަލުން ގުޅި ގައުމު ހިންގުމައިގެން ކުރިޔަށް ދާނެ ކަމަށް ހަސަން ލަތީފް ގަބޫލު ކުރައްވަ އެވެ.
އިންތިހާބުގައި ނާކާމިޔާބުވި އެއް ކެންޑިޑޭޓަކު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހަކީ ވަކި ބޭފުޅަކު ބުނާ ގޮތަށް އަމަލު ކުރަން ޖެހޭ ތަނެއް ނޫނެވެ. ކޮންމެ މެންބަރަކަށް ވެސް މިނިވަންކަމާ އެކު ވޯޓުލުމުގެ ހައްގު އޮންނާނެ އެވެ. އެއްވެސް ނުފޫޒެއް އޮތުމަކީ ބޮޑު މައްސަލައެކެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ޖުމުލަކޮށް އެމްޑީޕީ އަށް ލިބުނު ކާމިޔާބީއެކެވެ. އެ ޕާޓީގެ ޑިމޮކްރަޓިކް މިންވަރު މުޅި ގައުމަށް ދައްކުވައިދިން ދުވަހެކެވެ. އިންތިހާބު ނިމުމާ އެކު އަލުން ޕާޓީ ދާނީ ގައުމު ހިންގުމައިގެން ކުރިޔަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އަބަދުވެސް ކޮމްޕެޓެޓިވް ބައެއް. ތަފާތު ހިޔާލުތައް ހުންނާނެ. އެއީ އަޅުގަނޑުމެން ވަރުގަދަވާ ސަބަބު،" -- ހަސަން ލަތީފު
"އަޅުގަނޑުމެންނަކީ އަބަދުވެސް ކޮމްޕެޓެޓިވް ބައެއް. ތަފާތު ހިޔާލުތައް ހުންނާނެ. އެއީ އަޅުގަނޑުމެން ވަރުގަދަވާ ސަބަބު،" ވަރަށް ކުރުކޮށް ވިދާޅުވި އެވެ.
ނަމަވެސް އިބްރާ ވިދާޅުވި ގޮތުގައި އޭނާ ދެނެވަޑައިގަންނަވާ ނަޝީދަކީ ވެރިކަމަށް ވަޑައިގަނެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ބޭފުޅެކެވެ. އެއީ ޕީޕީއެމް އާ ގުޅިގެން ސަރުކާރަށް ޖެއްސުން ކުރުން މެކުހަށް ވެސް ޖެހުމަކީ އޮތް ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ތާރީހު ބައްލަވާ. ސިޔާސީ މައިދާނުގެ ތެރޭގައި އަންނި [ނަޝީދު] ހަރަކާތްތެރިވާން ފެށިގެން މިއަދާ ހަމައަށް. ފެނިގެން ދިޔަ ތަނަކީ ވެރިކަން އޭނާ އަށް ލިބިދާނެހެން ހީވާ ކޮންމެ ގޮތަަށް އަމަލު ކުރާނެ. ކޮށްފައި ހުރީ ވެސް. ޕީޕީއެމް އާ ގުޅިގެން ބަޣާވާތް ހިންގުން އެއީ ދެން އޮތް ގޮތް ވިއްޔާ އެކަން ވެސް ކުރާނެ،" އިބްރާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞުރާ
28 September 2021
ޢިބުރާަ ފެމިލީ އެނމެން މޮނިސްޓަރުނނާއި ކުންފުނިތހަކުގެ އެމްޑީން ނަށް ތހިބީމަ ރާގުހުރިގޮތް ...
ގަބޭ
26 September 2021
އިބްރާތީ އެމްޑީޕީ އޭ ކިޔައިގެން ވާހަކަދައްކަން މާ ތާހިރު މީހެއްނޫން. އިތުރައް ލިޔާކަށް ބޭނުމެއްނޫން.
ޗައިނާ
26 September 2021
މުޅި ޤައުމު ވިއްކާލާފަ އެމްޑީޕީޔަ ތާއީދު ކުރާމީހުން މިހާރަކު ނެއް
ކުޑޭ
26 September 2021
ޝުކުރިއްޔާ އެމްޑީޕީގެ މެންބަރުން، ކަލްޓް ފެކްޝަން ބަލިކޮއްލަދީ ސައިޒު ދައްކާލަ ދިނީތީ ވަރަށް ބޮޑަށް މަރުހަބާ، އަންނިދެން ޕީޕީއެމް އަށްދޭ،
ނުފޫޒުން ދެރަވި ފެކްޝަން
26 September 2021
މަލްޓި ޑައިމެންޝަނަލް އެނަލިސިސް! މިހާރުގެ ބްރޯކަމަށް ބުނާ ބޭފުޅާ ކޮވިޑް ސްޓިމިޔުލަސް ޕެކެޖް، ބެހީ ކޮން ބަޔަކަށް ވެސް ނޭގޭ ބަޔަކަށް މިލިޔަނުން ބެހުމުގެ އިތުރުން ފެމިލީއަށް، ޅިޔަނު ޤާނޫނީ ނިންމުން ނިންމައިގެން 14،000،000.00ރ! އެލެކްސް ތާއީދު ހޯދަން ކެންޕޭން ކުރަން ޖެހުނު ދުވަހު، ޔޫކޭގައި ބަންދުވެފައި! އިސް ލީޑަރު ހުރިހާ ވަސީލަތަކާލައިގެން، ހުރިހާ އަތޮޅުތަކުގައި އިންޖީނު ހިންގާ އެމްޑީވެސް ގޮވައިގެން ކެންޕޭންކުރީ! އޭނަ ވެސް ގޮނޑި ނަގައިފި! އެކަހެރިކޮށް އޮތް ރަށެއްގައި އެއަރޕޯޓް އަޅާށޭ ކިޔާފައި ޅިޔަނު ހޮވަން އަމިއްލައަށް ވަޑައިގެން މި ދަތި ދުވަސްވަރު 451،000،000.00ރ! ކުންފުނިތަކުގެ ސީއެސްއާރު ބަޖެޓް "އަން ލިމިޓެޑް!" ރަށްރަށުގައި, އޮތް ވަޒީފާގަނޑަށް ވަކި ފެކްޝަންއަކަށް ކެންޕޭންނުކޮށްފި ނަމަ ސުވާލު އުފެދިފައި! ވީމާ، ނިކުތީ ސައްހަ ނަތީޖާއޭ ބުނެވިދާނެ ބާ؟
ޖާހިލްކަމުގެ ނާރެސް
26 September 2021
އިބުރާ ބުނާހެން ވެރިކަމަށްޓަކާ ދެން ފެންނާނީ އަންނި ޑޮކްޓަރު އިޔާޒާއެއްކޮށް ކޯލިޝަން ހަދާތަން
ޓިންކޫ
26 September 2021
އިބުރޭއަކީ ވަކި ސަހަލުމީހެއްތަ؟
ބިގޭ އެއަރޕޯރޓް
26 September 2021
ރައީސަށް ބާރު ނެތިގެނެއް ނޫން ކަންކަން ނުވަނީ ހިންގަން ނޭނގިގެން
މުސޮލީނީ
26 September 2021
ހަގީގަތުގައި ސިޔާސީ ބާރު ގަދަވަނީ ރައްޔިތުން ތާއީދު ކުރަންޏާ އެކި ރަށްރަށުގައި ތިބި އެމްޑީޕީގެ އިސްމީހުންގެ ތާއީދު ބޭނުންވޭ، ރަށުލެވެލްގެ މީހުންނައްވެސް އާންމުންގެ ތާއީދު ބޭނުންވޭ މިއީ ނަޝީދު ގެންނެވި ޑިމޮކުރަސީގެ ރީތިކަން ރައީސް އިބޫ ސޯލިހް ހަނދާން ބަހައްޓަން ވީ ނަޝީދަށް ތާއީދު ކުޑަވި ހުރިހާ ކަމެއް ތިމަން މީހާއަށް އެބަ ކުރެވޭކަން ނާޒީ ޖަރުމަނުގެ ހިޓުލަރު ކަހަލަ މުޖުރިމެއްގެ އަތްދަށަށް ރާއްޖޭގެ މިނިވަންކަން ދޫކޮއްލަން ދިވެހިން އެއްބަސް ނުވާނެކަން
ކަދީދައްތަގެ މުނީރާ
26 September 2021
އިބޫއަށް ލިބުނު ބާރުތަށް ނަހަމަގޮތުގާ ބޭނުންނުކުރައްވާނެކަމަށް އުންމީދުކުރަން. ޖިންޖިނާ ބުނިބަސް މިއަދާހަމައަށް ތެދު. އޭނާ ބުނަނީ އިންސާނުންނަށް ކިތަންމެކުޑަ ބާރެއް ލިބުނަސް ހާދަފޮންޏެކޭ ވަނީ. އިބޫ ފޮނިނުވާނެކަމަށް އަހަރެމެން ވަރަށް އުންމީދުކުރަން.
ހާދީ
26 September 2021
އިބޫ ވެސް ތިގޮތަށް ހުރިހާ ތަނަކަށް ނުފޫޒު ނުފޮރުވައިގެން ވެރިކަމަށް އަންނަން އުޅުނު މީހާއަށް ވީގޮތް ބަލާލުން ރަގަޅުވާނެ.