އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް.---ފޮޓޯ: އަހުމަދު ހަމްދޫން/މިހާރު
31 މާޗް 2020 - 14:47
އައްޑޫން ކޮވިޑް-19 އަށް ޓެސްޓުކުރި ތިން މީހުންގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ކޮރޯނާވައިރަސް ހުންނަ މީހުންގެ ކިބައިން ފެންނަ ބައެއް އަލާމާތްތައް ހުރި މީހަކަށް ފަރުވާ ދިން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ދެ ނަރުހެއް ވަނީ މިދިޔަ އާދިއްތަ ދުވަހު އަމިއްލަ އަށް އެކަހެރިވެފަ އެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން އައްޑޫ ކޮވިޑް-19 އަށް ޓެސްޓުކުރި ތިން މީހުންގެ ނަތީޖާ ވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.
Samples taken from 3 Maldivians who developed #COVID19 like symptoms from Addu City have tested NEGATIVE.
— Health Protection Agency (@HPA_MV) March 31, 2020
އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) "މިހާރު" އަށް ކުރިން ވިދާޅުވީ، ވަރަށް ބޮޑަށް ހުން އައިސް ރޯގާ ޖެހިފައި ހުރި މީހަކު މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ދިޔަ ކަމަށާއި އެއީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއްކަން ކުރިން އެނގިފައި ނުވާތީ ފަރުވާ ދިނީ އާންމު މީހަކަށް ފަރުވާ ދޭ އުސޫލުން ކަމަށެވެ.
އެއީ މި މަހުގެ 15 ވަނަ ދުވަހު ކޮޗިން އިން ރާއްޖެ އައި މީހެއްކަން އެނގުނީ ފަރުވާ ދީ ނިމުނު ފަހުން ކަމަށްވާތީ އެކަން އެނގުނު ހިސާބުން އެޗްޕީއޭ އަށް ރިޕޯޓުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މުޅި ދުނިޔެއިން 787،231 އަށް އަރާފައިވާއިރު، 37،843 މީހުން ވަނީ މަރުވެފަ އެވެ. ރާއްޖެއިން ވެސް އެ ބަލީގެ 18 މީހަކު ފެނިފައި ވެ އެވެ. އޭގެ ތެރޭގައި ތިން ދިވެއްސަކު ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
31 March 2020
ދިވެހިން ކަނޑުމަސްކާތީ ނުޖެހެނީބާ....ނޫނީ ﷲ ގެ ރަހްމަތް ރާއްޖެއަށް ރަނގަޅީބާ....ނޫނީ ޕޮސިޓިވް ވިއަސް ނުބުނަނީބާ?
ބޮޑުމީހާ
31 March 2020
މިދުވަސްކޮޅަކީ މާލޭގައި ވަޒަންވެރިވެގެން އުޅޭ އައްޑޫ މީހުން އައްޑުއަށް ގޮސް އައްޑޫ ތަރައްގީކުރަންވީ ވަގުތު. އައްޑޫގަ އިންޓަރނޭޝަނަލް އެއާޕޯޓް، ބަދަރު، ޓާޝަރީ ހޮސްޕިޓަލް، މަތީ ތައުލީމު، މަސް ފެކްޓްރީ އެބަހުރި. ބިން ބޮޑު ޓޫރިޒަމް ފުޅާ ވަމުންދަނީ. މިތާގަ ބޮޑުކުލި ދީގެން އުޅޭ ސަބަބެއް ނެތް. މަށަށް ގޯއްޗެއްދީ މަ ބަދުލުވާނަން
އެދުރު އަލީ
31 March 2020
ސަރުކާރުން ވަކި ބަޔަކަށް އަޅާ ނުލާ ދޫކޮށްލާނެ ކަމަށް ދައްކާ ވާހަކަތަކަކީ އަސާސެއް ނެތް ގެއްލުން ހުރިވާހަކަ. މިދަނޑިވަޅުގައި އެފަދަކަންކަމުން އެއްކިބާވެތިއްބެވުމަށް ހުރިހާ ފަރާތްތަކަށް ގޮވާލަން.
ނަދީމް.
31 March 2020
ތިހިރަ ކާރު ތަކަކީވެސް ކޮވިޑް ވައިރަސް އުފުލާނެ އުޅަނދު ތަކެއް.
އައްބާސް.
31 March 2020
މެނޭޖަރު ކާރު އޮންނާން ޖެހެނީ ހޮސްޕިޓަލުގެ ދޮރުމަތީގައި ދޮރު ހުޅުވީމަ ފިނިކަން ލިބޭ ހިސާބުގައި. އެމީހުން ބޭނުމެއްނޫން ހޮސްޕިޓަލާއި ތަންކޮޅެއް ދުރުގައި ކާރު ޕާކިންއެއް ހަދާކަށް.
ސައްތާރ
31 March 2020
ޓެސްޓް ކިޓު ތަކެއް އައްޑުއަށް ފޮނުވަނީ ކޮން އިރަކުންބާ.
މާއެނގޭ
31 March 2020
އެ އެއްޗެހި ބޭނުން ކުރަން އައްޑޫ ހޮސްޕިޓަލްގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނޭނގޭނެ..... އެއީ އެބުނާ ގްރޭޓަރ މާލެއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެއްޗެހިތައް..... ނިކަމެތިން ތެޅި ފޮޅެން ފެށީމާ ދެން ޓެސްޓް ކިޓް ވެސް އެހެނިހެން ސާމާނު ވެސް އަންނަނީ.....
އޮނަރަބްލް އަފީފު ދީދީ
31 March 2020
ދިވެހިންނަކީ ވަރަށް އެހެންކަހަލަބައެއް. މިމީހުނަށް ހީވާކަހަލަ ދުއްވާސައިކަލާއި ކާރު ބާއްވަންޖެހޭނީ އެހުންނަތަނެއްގައި އަތްފޯރާ ހިސާބުގައިކަމަށް. # ބަލާބަލަ ރީތި ހޮސްޕިޓަލްގެ ކުރިމަތިވެސް އެއޮތީ ބޮޑު ވެހިކަލް ޕާކިންގއަކަށް ހަދާފަ. ޑޮކްޓަރުންނާއި ހޮސްޕިޓަލްގެ ސީނިއަރ މުވައްޒަފުންނާއި ނަރުސް ކުދިން ގެންގުޅާ ކާރުވެސް ހޮސްޕިޓަލް ބޭރުގައި ޕާކު ކުރާނެ ޕާކިން ޒޯން ހަދާ ސެކިއުރިޓީ ބަލަހައްޓާ ހޮސްޕިޓަކް ކުރިމަތީ ޕާކް ކުރުމުގެ ނުބައި އާދަ ދޫކޮށްލާންޖެހޭ.
އަބުދުއްﷲ
31 March 2020
މޭޔަރު މެން މާބޮޑަށް ސިޔާސަ ވަނީ. އެބުނާ މީހާ އަކީ ދަތުރު ކުރި ފަހުން 14 ދުވަސް ވެފައި ހުރި މީހެއް.
މަވެސްއެމް
31 March 2020
މޭޔަރަކީ އަނެއްކާ އެމްޑީޕީ ގެ އަނެއް ފެކްޝަންގެ ބޭފުޅެއްތޯ؟ ކިޔާ އުޅެނީ އެފެކްޝަން ބޭނުންވަނީ ސަރުކާރުގެ މަގުބޫލުކަން ކުޑަވާށޯ. ޔޯލަ ވާހަކަ.