މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު އަލުން ދީފައިވާ ކަމަށް ސްޓެލްކޯ އިން މީގެ އިރުކޮޅެއް ކުރިން ބުނެފި. ހުރިހާ ސަރަހައްދަކަށް ތިން ގަޑިއެއްހާއިރު ފަހުން ކަރަންޓު އަލުން ދިނުމަށް ފަހު އެ ކުންފުނިން ބުނީ، ކަރަންޓުގެ ހިދުމަތް ނުލިބޭ ނަމަ އިމަޖެންސީ ހޮޓްލައިން ނަމްބަރު 104 ނުވަތަ ކޯލް ސެންޓަރު 1545 އަށް ގުޅަން އެދޭ ކަމަށް.
ތިން ގަޑިއެއްހާއިރު ފަހުން މާލެ އާއި ހުޅުމާލެ އަށް އަލުން ކަރަންޓު ދީފި
ސްޓެލްކޯގެ މުވައްޒަފަކު ހުޅުމާލެ 1ގެ 50 މެގަވޮޓްގެ އިންޖީނުގޭގައި-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކަރަންޓު އަލުން ދީފި
ހުޅުމާލެ އަށް ކަރަންޓު އަލުން ދީފި
ސްޓެލްކޯ އިން ދެންމެ ބުނިގޮތުގައި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައި. މާލޭގައި ނުދީ ހުރި ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް ބުނި.
ކަރަންޓު ކެނޑުނީ 50 މެގަވޮޓުގެ އިންޖީނުގޭގެ ސިސްޓަމްތައް އަޕްގްރޭޑުކުރުމުގެ ތެރެއިން
ސްޓެލްކޯ އިން ބުނީ، މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ހުޅުމާލެ 1 ގައި ހިންގާ 50 މެގަވޮޓްގެ އިންޖީނުގޭގެ ސިސްޓަމް އަޕްގްރޭޑް ކުރުމަށް އިންޖީނުތައް މިއަދު ހެނދުނު ނިއްވާލުމާ ގުޅިގެން ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށް. އާންމު ހާލަތަކަށް ގެންދިއުމަށް ޓީމުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނި.
ސްޓެލްކޯ އިން ދެންމެ ބުނީ މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މިހާރު ކަރަންޓު ދެމުން އަންނަ ކަމަށް.
މާލެ އާއި ހުޅުމާލެ އިން އެއްކޮށް ދެންމެ ކަރަންޓު ކެނޑިއްޖެ އެވެ.
މެންދުރު 12 ޖަހާކަންހާއިރު މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑިފައިވީ ނަމަވެސް ސީދާ ސަބަބެއް ސްޓެލްކޯ އިން އަދި ނުބުނެ އެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ބުންޏެވެ.
މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނުއިރު ހުޅުމާލެ 1 ގައި ހުންނަ 50 މެގަވޮޓްގެ އާ އިންޖީނުގޭގައި މުހިންމު މަސައްކަތެއް ކުރުމަށް އެ ތަނުގެ އިންޖީނުތައް މިއަދު ހެނދުނު ނިއްވައިލި އެވެ.
ނަމަވެސް އެ މަސައްކަތް ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލައި ރޭގެ މެންދަމު 3:00 އިން މިއަދުގެ ހެނދުނު 8:00 އާ ހަމައަށް ފުރިހަމަ ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"މި އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީހެއް ކަނޑައެޅުމަށް ފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އެންގިގެންދާނެ،" ހުޅުމާލެ 1 ގެ 50 މެގަވޮޓްގެ އާ އިންޖީނުގޭގެ އަޕްގްރޭޑިންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސްޓެލްކޯ އިން މިއަދު ހެނދުނު ބުނެފައި ވެ އެވެ.
މާލެ އާއި ހުޅުމާލެ އިން މިދިޔަ އަހަރުގެ ޖޫން އެއްވަނަ ދުވަހު ވެސް އެއްކޮށް ކަރަންޓު ކެނޑުނެވެ. އެ ފަހަރު އަލުން ކަރަންޓު ދެވޭ ވަރުވީ ފަސް ގަޑިއިރު ފަހުންނެވެ.
އުސްއަލިތައް
މި ލިޔުމާ ގުޅޭ
ރިއެކްޝަންސް
25 ކޮމެންޓް
ހޫރިޝް
ކަރަންޓް ތި ގޮތައް ކުއްލިއަކަށް ކަނޑާލާފަ ދިނީމަ އެތައް ބައެއްގެ ލިފް އެލިވޭޓަރ މަދަރ ބޯރޑް ހަލާކު ވެއްޖެ
އިނބިރާ
ޝުކުރިއްޔާ ސްޓެލްކޯ. ތިބޭފުޅުން ރައްޔަތުން އުދާސްތަކުގެ އަޑުއަހައިފި. އަދި މިއަދުގެ ގެ ކަރަންޓްގެ އަގު ވަރަށް ތިރިކޮއްލައިދީފި!
12026
މިކަމުގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭނީ ޓްރަންޕް....ބޮއިހަލަކި
ސަމީދު
އިމާރާތްތައް އިތުރުކުރާ ވަރަށް ސްޓެލްކޯނުވެ އަޕްގްރޭޑެއް. ވިސްނަބަލަ. މުޅި މާލެ އަދި ހުޅުމާލެ އެ މެނޭޖުކުރަން މާލެ އިންޖީނުގެ އިން. މިއީ މިއަދުވިސްނަންވެއްޖެ ކަމެއް.
ކިމް
މާލެ ހުޅުމާލެ ގުޅާލުމުގެ ކުރިން މިގޮތަކަށް ކަރަންޓެއް ނުދޭ މިހާރު މިދާ ވަރަކަށް
ށސ11
އަދިވެސް ނުލިބެ. މަތީ ފްލޯތަކަށް ފެންނުފޯރާ.
ފަހުދު.
ދެން ކަރަންޓު ދޭންވެސް މިޖެހުނީ ފިންލޭންޑުން މީހުން ގެންނަން
ގޫކޭލި
ތެޔޮ ހުސްވީތަ؟
ގަނޑިއަ
ލިބޭ ޗުއްޓީދުވަހު އެކިއެކި ބޭފުޅުން ނިދާފައި ތިއްބާ ސްޓެލްކޯއިން ތިވަރު ކޮއްލާނެކަމަށް ހީނުކުރަން. އަނެއްކާ ކޮމިޓީހެއް ހަދަންވީދޯ ތިކަން އިންވެސްޓިގޭޓް ކުރަން.
Casper2024
މޭ23 ކޮމިޓީ އުފައްދަން ނިންމާނެ. ހެހެހެހެ
ނަގިއްޔާ
މަ ބިރުން ގޮތެއްނެތް. މަހީކުރީ ނުބައި ކަލްކިއުލޭޝަނެއް ޖަހައިގެން ތިއްބާ މިއަދު އެންމެ ފަހު ތެޔޮ ޓައްޕު ހުސްވީކަމަށް!