09 އެޕްރީލް

April 09, 2020 2
ޓްވިޓާގެ ވެރިޔާ އެއް ބިލިއަން ޑޮލަރު ހަދިޔާކޮށްފި

ޓްވިޓާގެ ވެރިޔާ ޖެކް ޑޯޒީގެ ބައިވެރިވުން އޮންނަ ޕޭމަންޓް ކުންފުނި ސްކެއާގައި އޮތް އޭނާގެ ހިއްސާގެ އެއް ބިލިއަން ޑޮލަރު ހައިރާތަށް ދޭން ނިންމައިފި އެވެ.

08 އެޕްރީލް

April 08, 2020 4
އެމެރިކާގައި އެއްދުވަހުން ރެކޯޑް އަދަދަކަށް މީހުން މަރު

ވޮޝިންޓަން (އެޕްރީލް 8) - އެމެރިކާގައި އެއް ދުވަސް ތެރޭ ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

April 08, 2020
މާސްކާއި ސެނިޓައިޒާ ވަގަށް ނެގި މުވައްޒަފަކު ޖަލަށް

ކޮރޯނާވައިރަސް ފެތުރެން ފެށުމުން އަސާސީ މެޑިކަލް ސާމާނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ އެމެރިކާގެ ހޮސްޕިޓަލަކުން ވައްކަންކުރަމުން ދިޔަ މުވައްޒަފަކު ހައްޔަރުކޮށް،...

07 އެޕްރީލް

April 07, 2020 5
މެލޭރިއާ ބޭސް ފޮނުވައިދޭން އިންޑިއާގައި އެދިއްޖެ

ވޮޝިންޓަން (އެޕްރީލް 7) - މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ހައިޑްރޮކްސީކްލޮރޯކްއީން އިންޑިއާ އިން އެކްސްޕޯޓް ކުރުން މަނާކޮށްފައިވީ ނަމަވެސް އެމެރިކާގެ ރައީސް...

April 07, 2020 2
އެޕަލް އިން އުފައްދާ މާސްކަކީ "އައިޝީލްޑް"

ކޮރޯނާވައިރަހުގެ ސަބަބުން ކުރިމަތިވެފައިވާ މާސްކްގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެމެރިކާގެ އެޕަލް ކުންފުނިން މާސްކް އުފައްދަން ފަށައިފި އެވެ.

06 އެޕްރީލް

April 06, 2020 2
"މިއީ އެމެރިކާގެ ސެޕްޓެމްބަރު 11ގެ ހާލަތަށް ވެދާނެ"

ވޮޝިންޓަން (އެޕްރީލް 6) - ކުރިއަށް އޮތް ހަފުތާގައި، ކޮރޯނާވައިރަހުގައި އެމެރިކާ އިން މަރުވާ މީހުންގެ އަދަދު އިތުރުވެ، ފަހަރެއްގައި އެއީ އެމެރިކާ މީހުންގެ ޕާލް ހާބަ ނުވަތަ ސެޕްޓެމްބަރު 11 ގެ ހާލަތަށް ވެދާނެ ކަމަށް ޔޫއެސް ސާޖަން ޖެނެރަލް ޖެރޯމް އެޑަމްސް އިންޒާރު ދެއްވައިފި އެވެ.

April 06, 2020
މަގާމުން ދުރުކުރި މަނަވަރުގެ ކެޕްޓަން ޕޮޒިޓިވްވެއްޖެ

ވޮޝިންޓަން (އެޕްރީލް 6) - އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ތިއޮޑޯ ރޫޒްވެލްޓުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އަވަސް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދި ޕެންޓަގަނަށް ސިޓީ...

April 06, 2020
ބަލިޖެހޭ މީހުން ނިއު ޔޯކުގައި ފުރަތަމަ ފަހަރަށް ދަށަށް

ނިއު ޔޯކް (އެޕްރީލް 6) - ކޮވިޑް-19 ގެ ހާލަތު އެމެރިކާގައި އެންމެ ގޯސް ސްޓޭޓް ކަމަށް ނިއު ޔޯކުގައި އަލަށް ބަލި ޖެހޭ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް ދަށަށް ހިނގައްޖެ ކަމަށް އޮފިޝަލުން...

04 އެޕްރީލް

April 04, 2020 8
މަގާމުން ދުރުކުރި ކެޕްޓަނަށް ފަޅުވެރިންގެ ތައުރީފް

ގުއާމް (އެޕްރީލް 4) - އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ތިއޮޑޯ ރޫޒްވެލްޓުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އަވަސް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދި ޕެންޓަގަނަށް ސިޓީ ފޮނުވުމުން ކެޕްޓަންގެ މަގާމުން ދުރުކުރި ބްރެޓް ކްރޯޒިއާ އެ މަނަވަރުން ފޭބި ވަގުތު ފަޅުވެރިންގެ ފަރާތުން ހޫނު ތަރުހީބެއް ދީފި އެވެ.

02 އެޕްރީލް

April 02, 2020 8
ޕޮޒިޓިވްވި މީހުން މިލިއަނަކަށް، ބައިލައްކަ މީހުން މަރު

ޕެރިސް (އެޕްރީލް 2) - މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުގައި ޕޮޒިޓިވްވި މީހުން މިރޭ އެއް މިލިއަނަށް އަރައި އެ ބަލީގައި މަރުވި މީހުންގެ އަދަދު ބައި ލައްކަ އަށް ވުރެ މައްޗަށް އަރައިފި އެވެ.

April 02, 2020 1
ކޮރޯނާވައިރަސް ފެތުރޭ މަނަވަރުގެ ފަޅުވެރިން ކަރަންޓީންކުރަނީ

ގުއާމް (އެޕްރީލް 2) - އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ތިއޮޑޯ ރޫޒްވެލްޓުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އެ މަނަވަރުގެ ފަޅުވެރިން ގުއާމްގައި ކަރަންޓީން ކުރުމުގެ...

April 02, 2020 2
އެމެރިކާއިން އެއް ދުވަހުން 26،000 މީހުން ޕޮޒިޓިވް

ވޮޝިންޓަން (އެޕްރީލް 2)- ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެމެރިކާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 26،770 އަށް އަރައިފި އެވެ.

30 މާޗް

March 30, 2020 1
މުވައްޒަފުން ވަކިކުރާ މައްސަލާގައި ގޯޑަން ރައްދު ދީފި

ކޮރޯނާވައިރަހާ ހެދި ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހުމުން ހުރިހާ މުވައްޒަފުންނަށް ވަޒީފާގެ ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނެ ނޯޓިސް ފޮނުވި، މަޝްހޫރު ޝެފް ގޯޑަން ރަމްޒީ އަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދީފި އެވެ.

27 މާޗް

March 27, 2020 6
މުވައްޒަފުން ވަކިކުރާތީ ގޯޑަން ރަމްޒީ އަށް ފާޑުކިޔުން

ކޮރޯނާވައިރަހާ ހެދި ރެސްޓޯރަންޓްތަކެއް ބަންދުކުރަން ޖެހުމުން، އެމެރިކާ އަށް އުފަން އިނގިރޭސި މަޝްހޫރު ޝެފް ގޯޑަން ރަމްޒީ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލިދާނެކަމުގެ އިންޒާރު ދިނުމުން އެތައް ބައެއްގެ ފާޑުކިޔުންތަކެއް އަމާވެއްޖެ އެވެ.

March 27, 2020 4
ޕޮޒިޓިވްވި މީހުން މިހާރު އެންމެ ގިނައީ އެމެރިކާގައި

ވޮޝިންޓަން (މާޗް 27) - ދުނިޔޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުން މިހާރު އެންމެ ގިނައީ އެމެރިކާގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

March 27, 2020 1
ކޮވިޑް-19: ޕޮޒިޓިވްވި މީހުން ބައި މިލިއަނަށް

ޕެރިސް (މާޗް 27) - މުޅި ދުނިޔޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ބައި މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

26 މާޗް

March 26, 2020 1
އާނޯލްޑް މިލިއަން ޑޮލަރު ހަދިޔާކޮށްފި

ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން، ހޮލީވުޑްގެ ތަރި އާނޯލްޑް ޝްވެޒްނެގާ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

March 26, 2020
ފޯޑުން މާސްކާއި ވެންޓިލޭޓަރު އުފައްދަނީ

ކޮރޯނާވައިރަހާ އެކު އެމެރިކާ އަށް ކުރިމަތިވެފައިވާ، މެޑިކަލް ސާމާނުގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެ ގައުމުގެ މަޝްހޫރު ކާރު ކުންފުނި ފޯޑް މޮޓޯ އިން މެޑިކަލް ސާމާނު...

25 މާޗް

March 25, 2020 97
"ރާއްޖޭގެ މަސަައްކަތް އެމެރިކާއަށް ވުރެ ރަނގަޅު"

"ކޮވިޑް-19 ގެ ބަލިމަޑު ކަމަށް ރާއްޖެ އިން ލިބުނު ރެސްޕޮންޑް އެމެރިކާ އަށް ވުރެ ވެސް ފުރިހަމަ ކަމަށް ވިދާޅުވެ، ޗައިނާ ސަފީރު ރާއްޖެ އަށް އަނެއްކާ ވެސް ތައުރީފުކުރައްވައިފި އެވެ.

24 މާޗް

March 24, 2020 1
ނިއު ޔޯކަށް ފޭސް މާސްކް ހަދަން ފެޝަން ޑިޒައިނަރެއް

މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބިރުވެރިކަމުގައި އެންމެ މުހިއްމީ ފަރުދީ ޒިންމާ އާއި އެހީތެރިކަން ފޯރުކޮށް ދިނުން ފަދަ ކަންކަމަށް އިސްކަން ދިނުމެވެ. އެގޮތުން...

March 24, 2020 3
އެޕަލް އިން އެމެރިކާ އާއި ޔޫރަޕަށް މާސްކް ދެނީ

ކޮރޯނާވައިރަސް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ހަލުވިކޮށް ފެތުރެމުންދާ އިރު، އެ ގައުމުތަކަށް މާސްކްގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމަށް އެހީވާން އެޕަލް ކުންފުނިން...

23 މާޗް

March 23, 2020 35
ވައިރަހަކީ އެމެރިކާ އިން ދޫކުރި އެއްޗެއް: އީރާން

ތެހެރާން (މާޗް 23) - ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮރޯނާވައިރަހަކީ އެމެރިކާ އިން އުފައްދާ ދޫކުރި އެއްޗެއް ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ތުހުމަތު ކުރައްވައިފި އެވެ.

22 މާޗް

March 22, 2020 1
ޓެސްލާ އިން ވެންޓިލޭޓަރު އުފައްދަނީ

އެމެރިކާގައި ކޮރޯނާވައިރަސް ވަރަށް ބާރަށް ފެތެރެމުންދާތީ ބަލިޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ވެންޓިލޭޓަރު ލިބުން ވަރަށް ބޮޑަށް ދަތިވެފައި ވާތީ މަހުޖަނު އީލޮން މަސްކްގެ އެހީ އަށް އެދެފި އެވެ.

21 މާޗް

March 21, 2020
މެކްޑޮނަލްޑްސް އިން ދޭ ކުޅޭ އެއްޗެހި ބަދަލުކުރަނީ

އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ކުންފުނި މެކްޑޮނަލްޑްސް އިން ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކުރާ ހެޕީ މީލްސްއާ އެކު ޕްލާސްޓިކް ކުޅޭ ސާމާނުދޭތީ އެކަން ހުއްޓައިލުމަށް ގޮވާލައި އިނގިރޭސިވިލާތުގެ ދަރިވަރުންތަކެއް ކުރި ކެމްޕޭނަކާ ގުޅިގެން އެ ކުންފުނިން އެކަން ހުއްޓައިލަން ނިންމައިފި އެވެ.

20 މާޗް

March 20, 2020
އެޕަލްގެ އާ އައިޕެޑް ޕްރޯގައި ހާއްސަ ޓެކްނޮލޮޖީއެއް

އެމެރިކާގެ އެޕަލް ކުންފުނިން އަލަށް ނެރޭ އައިޕެޑްގައި ކުރިން ނެތް ހާއްސަ ޓެކްނޮލޮޖީއެއް ހިމެނޭނެ ކަމަށް ބުނެފި އެވެ.

March 20, 2020
ފްރާންސުން އެޕަލް އަށް ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

އެޕަލްގެ އުފެއްފުންތައް ފްރާންސްގައި ވިއްކާ ދެ ކުންފުންޏެއްގެ މެދުގައި ވާދަވެރިކަން ނޯންނަ ގޮތަށް އެއްބަސްވުން ހަދައި، އުފެއްދުންތަކުގެ އަގުތައް މާކެޓް ރޭޓްތަކަށް ނުފެތޭ ގޮތަށް...