02 ނޮވެމްބަރ

November 02, 2019 30
ބައްދަލުވުން ބޭއްވީ ބައެއް ފަނޑޔާރުންނަށް ނާންގާ!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ރޭ ބޭއްވީ އެ ކައުންސިލްގައި ހިމެނިވަޑައިގަނަންވާ ބައެއް ފަނޑިޔާރުންނަށް ދައުވަތު ނުދީ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

01 ނޮވެމްބަރ

November 01, 2019 11
ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭގެ ބަސް ހޯދަނީ

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އިސްކޮށް ހުންނަވައި ގާނޫނުތަކަށް އަމަލު ނުކުރެއްވުމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް...

November 01, 2019 30
ޖޭއެސްސީގެ އިންޒާރު ޖުޑީޝަލް ކައުންސިލަށް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ނުކުރަން ނުވަތަ އޭގެ ބާރު ކެނޑޭ ފަދަ އެއްވެސް ނިންމުމެއް ޖުޑީޝަލް ކައުންސިލުން ނިންމައިފި ނަމަ، އެކަމުގައި...

30 އޮކްޓޯބަރ

October 30, 2019 12
މަހާޒަށް ރުހުންދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ދެންމެ ތްރީލައިން ވިޕެއް ނެރެފި އެވެ.

October 30, 2019 21
ފަނޑިޔާރު އާދަމްގެ ވަކީލަކަށް ޖަމީލް ބަލައެއް ނުގަތް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގުގައި ދިފާއީ...

October 30, 2019 52
މަހާޒާއި ދިޔާނާއާ މެދު ގޮތެއް ނިންމުން ކޮން އިރަކުން؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އަލީ ޒާހިރު ނުވަތަ ފާތުމަތު ދިޔާނާ ސައީދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގައި ގޮތެއް ނުނިމި އޮންނަތާ ހަފްތާއެއް ވީ އެވެ....

24 އޮކްޓޯބަރ

October 24, 2019 28
އެމްޑީއެން އުވާލަން ކޯޓަށް މައްސަލައެއް

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

October 24, 2019 9
ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ހުޅުވާލަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެ ކޮމިޝަނުން ނިންމައިފި...

October 24, 2019 13
އިސް މެޖިސްޓްރޭޓް ރާޣިބް އިސްތިއުފާ ދެއްވައިފި

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި ރައްޔިތުން މަޖިލީހަށް ހުށަހަޅަން ނިންމުމާ...

23 އޮކްޓޯބަރ

October 23, 2019 32
ހިބަޅިދޫ މައްސަލާގައި ފަނޑިޔާރުން ރިޝްވަތަށް އެދުނު!

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދޫކުރި ބ. ހިބަޅިދޫގެ މައްސަލަ ކޯޓުން، ބިޒްނާސް މޯލްޑިވްސްއާ އެއްކޮޅަށް ނިންމަން ފަނޑިޔާރުން ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުތަކަކާ އެކު، އެކަން ބަލައިދޭން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

October 23, 2019
ހައި ކޯޓު ފަނޑިޔާރުކަމަށް 12 ބޭފުޅަކު ކުރިމަތިލައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

October 23, 2019 6
ޖޭއެސްސީގެ އާންމު މެމްބަރުކަމަށް ހަ މީހެއްގެ ނަން

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އާންމުންގެ ތެރެއިން އިންނަ މެމްބަރު ކަމަށް ހޮވާނެ މީހަކު ކަނޑައަޅަން ހަ މީހެއްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ...

22 އޮކްޓޯބަރ

October 22, 2019 15
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގުކޮށް އެ ބޭފުޅުންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަން ފަނޑިޔާރުންގެ ޖަމިއްޔާ އިން މިރޭ ގޮވާލައިފި އެވެ.

20 އޮކްޓޯބަރ

October 20, 2019 12
ފަނޑިޔާރު އާދަމްގެ މައްސަލަ ހުޅުވާލަން އެދިވަޑައިގެންފި

ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންގޮސް ދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.

16 އޮކްޓޯބަރ

October 16, 2019 46
"ކޯޓުތަކަށް ނުފޫޒު ފޯރުވާތަން ބަލާކަށް ނުތިބޭނަން"

ޝަރުއީ ދާއިރާއަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވާ މަންޒަރު ބަލަން ނުތިބޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.

October 16, 2019 63
"ހުކުމްތަކުގެ މައްސަލަތައް ޖޭއެސްސީއަކަށް ނުބެލޭނެ"

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ބަލަމުން ދަނީ އެ ކޮމިޝަނަށް ބެލުމުގެ ބާރު ލިބިފައިވާ މައްސަލަތަކެއް ނޫން ކަމަށް...

October 16, 2019 11
ފަނޑިޔާރު ޝުޖާއު އުސްމާން ޖޭއެސްސީ އަށް ހާޒިރުކުރަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ބަލާ މައްސަލައެއްގައި ސުވާލު ކުރުމަށް އޭނާ މިއަދު އެ ކޮމިޝަނަށް ހާޒިރުވާން އަންގައިފި...

15 އޮކްޓޯބަރ

October 15, 2019 4
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

13 އޮކްޓޯބަރ

October 13, 2019 22
ފަނޑިޔާރުން ގަޑިޖެހުން ސުލޫކީ މައްސަލައަކަށް ހަދަނީ

ފަނޑިޔާރުން ވަކި މިންވަރަށް ގަޑި ޖެހިއްޖެ ނަމަ ނުވަތަ ހާޒިރު ނުވެއްޖެ ނަމަ ސުލޫކީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ޖެހޭ ގޮތަށް ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީގެ އުސޫލު އެކުލަވާލައި، މިއަދު އާންމުކޮށްފި އެވެ.

10 އޮކްޓޯބަރ

October 10, 2019 42
ރަނގަޅީ ސުޕްރީމްކޯޓުގެ ފަނޑިޔާރުން ވަކިކުރުން: ރިޕޯޓް

ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމުގައި ފެއިލްވުމުގެ ސަބަބުން ކޯޓުތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ކަންކަން ރަނގަޅުކުރަން ބޭނުން ނަމަ އެ ކޯޓުގެ ފަނޑިޔާރުން ވަކިކުރަންޖެހޭ ކަމަށް ރާއްޖޭގެ ޖުޑީޝަރީ ދިރާސާކޮށް ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލާ ނެރުއްވި ރިޕޯޓުގައި ބުނެފި އެވެ.

09 އޮކްޓޯބަރ

October 09, 2019 10
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލަނީ

ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން އެ ކޯޓުން ކޮށްފައިވާ ކަންކަމާ ގުޅިގެން އެކަމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަނޑިޔާރުންގެ މައްސަލަތައް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

07 އޮކްޓޯބަރ

October 07, 2019
އަށް މައްސަލައެއް ބަލަން މިދިޔަ މަހު ނިންމި: ޖޭއެސްސީ

ފަނޑިޔާރުންނާ ގުޅޭގޮތުން މިދިޔަ މަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަށް މައްސަލައެއް ބެލުމަށް މިހާތަނަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން މިއަދު ބުނެފި އެވެ.

October 07, 2019 12
ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންވެއްޖެ

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން، އޭރުގެ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި...

October 07, 2019 5
ކޯޓަށް ހާޒިރު ނުކުރެވިގެން ދޫވުން، ކުޑަ ކަމެއް ނޫން!

ގައުމީ ކްރިކެޓް ޓީމުގެ ކޯޗުކަން ކުރަމުން އަންނަ އާސިފް ޚާނަށް ކުރަނީ އާދައިގެ ތުހުމަތެއް ނޫނެވެ. އޭނާ ހައްޔަރުކުރީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ...

03 އޮކްޓޯބަރ

October 03, 2019 5
އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުން ފަނޑިޔާރު ނިޔާޒް

ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޅާ ފިޔަވަޅުތައް އިސްތިއުނާފް ކުރާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރުގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒް އިންތިޚާބު ކޮށްފިި އެވެ.

02 އޮކްޓޯބަރ

October 02, 2019 2
އިސްތިއުނާފް މަޖިލީހުގެ ގަވާއިދަށް އަމަލުކުރަން ފަށައިފި

ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޅާ ފިޔަވަޅުތައް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި އިސްތިއުނާފް ކުރުމާ ގަވާއިދު ހަދައި، މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.

01 އޮކްޓޯބަރ

October 01, 2019 6
އާއިލީ އަދުލުގެ ނިޒާމުގައި ގިނަ ދަތިތަކެއް

ރާއްޖޭގެ އާއިލީ ނިޒާމުގައި ހުރި ގިނަ ދަތިތަކެއް، ފެމިލީ ކޯޓާއި މެޖިސްޓްރޭޓްކޯޓްތައް އަދި އެ ނިޒާމާ ގުޅުން ހުރި އެހެން މުއައްސަސާތަކުން ފާހަގަކޮށްފި އެވެ.

30 ސެޕްޓެމްބަރ

September 30, 2019 29
ދަރިންނަށް ދޭ ޚަރަދު ބޮޑުކޮށް، ކައިވެނި އޮފީސް ހަދަނީ

އަނބިމީހާ އާއި ދަރިންނާއި އިއްދައިގައި އިންނަ އަންހެނާ އަށް ޝަރުއީ ހަމަތަކުގެ މަތިން ދޭ ޚަރަދުގެ މިންވަރު ބޮޑުކުރުމަށާއި ކައިވެނިކުރަން ވަކި އޮފީހެއް ހަދާ ގޮތަށް އާއިލީ އަދުލުގެ...

September 30, 2019 7
އެސިސްޓެންޓް ޕީޖީއަކަށް ބޭފުޅަކު ހަމަޖައްސައިފި

އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް މިއަދު ބޭފުޅަކު ހަމަޖައްސައިފި އެވެ.

29 ސެޕްޓެމްބަރ

September 29, 2019 6
ސިޓީބިޓީއެއް ނޫން، ސޯޝަލް މީޑިއާ!

ސޯޝަލް މީޑިއާގެ ބާރު ރާއްޖޭގައި ވެސް ގަދަކަން އެނގޭ އެތައް ކަމެއް ދިމާވެ އެވެ. ދައުލަތުގެ މުއައްސަސާތަކަށް ސިޓީބިޓީ ފޮނުވައިގެން، އޭގެ ޖަވާބު ހޯދަން ހިނގާތާ އެތައް ދުވަހެއް ވާއިރު ޖަވާބު ނުލިބުނަސް، ސޯޝަލް މީޑިއާގައި އެވާހަކަ ފަތުރާލާ ހިސާބުން ކަމާ ބެހޭ މުއައްސަސާތަކުން ޖަވާބުދާރީވާން ފަށަ އެވެ. ސޯޝަލް މީޑިއާގައި ހަމަ އެއްޗެއް...

28 ސެޕްޓެމްބަރ

September 28, 2019 13
އާއިލީ އަދުލުގެ ނިޒާމް ޒަމާނަށް ނުފެތޭ: ނަޒީރު

އެކެއްގެ ދެފިރިން ތިބުމާއި ގެވެށި އަނިޔާ އާއި ދަރިން މައިންބަފައިން ނުބެލުން ފަދަ މައްސަލަތަކުން ދޭހަވަނީ ރާއްޖޭގައި މިހާރު އޮތް އާއިލީ އަދުލުގެ ނިޒާމް ބަދަލުވާން ޖެހޭކަން ކަމަށް...

September 28, 2019 13
"އަދުލު އިންސާފަށް ވާސިލުވުން ފަސޭހަކުރަން ޖެހޭ"

އަދުލު އިންސާފަށް ވާސިލުވުން ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ޓަކައި ގެންނަން ޖެހޭ ތަރައްގީތަކެއް އެބަހުރި ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިރޭ ވިދާޅުވެއްޖެ...

24 ސެޕްޓެމްބަރ

September 24, 2019 2
އަނެއްކާވެސް މެޖިސްޓްރޭޓެއްގެ މައްސަލައެއް ބަލަނީ

ފ. މަގޫދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލައިމާނުގެ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.