ވަންޕްލަސް ބަޑްސް.
16 ސެޕްޓެމްބަރ 2020 - 07:20
މިދިޔަ މަހުގެ ފަހުކޮޅު ޗައިނާ އިން އެމެރިކާ އަށް އެތެރެކުރި ގިނަ އަދަދެއްގެ ވަންޕްލަސް ހެޑްފޯންތަކެއް، އެމެރިކާގެ އެޕަލް ކުންފުނީގެ އެއާޕޮޑްގެ ފޭކް އުފެއްދުންތަކެއް ކަމަށް ހީކޮށް އެމެރިކާގެ ކަސްޓަމްސް އިން ހިފެހެއްޓުމާ ގުޅިގެން އެ ގައުމުގެ ކަސްޓަމްސް އަށް ބައެއް މީހުންގެ މަލާމާތް ރައްދުވެއްޖެ އެވެ.
ކަސްޓަމަޓްސް ވަނީ އެއާޕޮޑްތަކެއް ކަމަށް ހީކޮށް ވަންޕްލަސް ބްރޭންޑްގެ 2،000 ހެޑްފޯން ހިފަހައްޓައިފަ އެވެ. މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހެޑްފޯންތައް ހިފަހެއްޓީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. ބަޔާނުގައ ބުނެފައި ވަނީ އެ ހެޑްފޯންތަކަކީ އެއާޕޮޑް ނަމަ އެ އެއްޗެހީގެ އަގު 398،000 ޑޮލަރަށް އަރާނެ ކަމަށެވެ.
THAT'S NOT AN 🍎 —
— CBP (@CBP) September 14, 2020
CBP officers at JFK Airport recently seized 2,000 counterfeit Apple AirPods from Hong Kong, valued at $398K had they been genuine.
Details via @CBPNewYorkCity: https://t.co/XMgjkfT56i pic.twitter.com/Ofn9REJ9ZB
ނަމަވެސް އެތަކެތި ހިފަހެއްޓީ ފޭކް އެއާޕޮޑްތަކެއް ކަމަށް ހީކޮށް ކަމަށްވާތީ ފަހުން ކަންވީ އެހެން ނޫން ކަމަށް ބުނެ ސީބީޕީން އޭގެ ފޮޓޯތަކަކާ އެކު ޓްވީޓް ވެސް ކޮށްފައިވެ އެވެ. އެ ޓްވީޓާ އެކު ވަން ޕްލަސް އެމެރިކާގެ ޓްވިޓާ ހޭންޑްލް އިން ވަނީ ހިފަހެއްޓީ ހެޑްފޯންތައް އަނބުރާ ރައްދުކޮށް ދިނުމަށް އެދިފަ އެވެ.
މިއާ އެކު ވަރަށް ގިނަ ބަޔަކު ވަނީ މިކަމަކީ އެމެރިކާގެ ބޯޑް ކޮންޓްރޯލްގެ އެންމެ އިސް އެޖެންސީ ކަމަށްވާ ކަސްޓަމްސްގެ ދޯހަޅި އަދި ތަނެއްދޮރެއް ނޭނގޭ ކަމުގެ ހެއްކެއް ކަމަށް ބުނެފަ އެވެ.
ކަސްޓަމްސް އަށް ޖޯކްޖެހި ބައެއް މީހުން ބުނިގޮތުގައި އެ ހެޑްފޯންތަކުގެ ޕެކްގައި ވެސް "ވަންޕްލަސް ބަޑްސް" ލިޔެފައިވާ އިރު އެއީ އެއާޕޮޑް ކަމަށް ނިންމައި ހިފަހެއްޓުމަކީ އެމެރިކާ އިން ޗައިނާއާ ދޭތެރޭ ގެންގުޅޭ ނުބައި ތަސައްވުރަށް ބާރުދޭ ކަމެކެވެ. އަދި ބައެއް މީހުން ވަނީ ތިމަންނަމެންގެ ފޯނު ދެން ނުހިފެއްޓިއްޔާ ނަސީބެކޭ ވެސް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
17 September 2020
ސުއްޓާގެ ޓީ އަށް ވެސް ވީ ތިޔަހެން. އިހުގަ ދުންފަތް މަނާވި ޒަމާނުގަ، މާލޭ ކަސްޓަމަށް އައި ފޮށިގަނޑެއްގަ ލިބެންވީ މީހާގެނަމުގެ އިތުރުން އޮތީ ޓީ އަކުރެއް. ފޮށިގަޑުގެ ވެރިޔާ ފޮށިގަޑު ބަލާ އައުމުން ކަސްޓަމުގެ (ފޮށިފަޅާ) ސަރުޖަނު ބުނުއްވީ ފޮށިގަނޑު ދުލެއް ނުކުރެވޭނެޔޭ. އޭގަ ހުރީ ސުއްޓާއޭ. ކިހިނެއްތޯ އެގިލެއްވީ އެހީމަ، ސަރުޖަނު ބުނުއްވީ ޓީ އަކުރަކީ ސުއްޓާގެ ޓީ އޭ.