06 މެއި 2021 - 08:24
އިންޑިއާގައި 5ޖީ ނެޓްވޯކް ބިނާކުރަން ކުރިއަށް ގެންދާ މަސައްކަތްތަކުގައި ޗައިނާގެ ވާވޭ އާއި ޒީޓީއީ އަށް ފުރުސަތު ނުދޭން ނިންމައިފި އެވެ.
މި ނިންމުމަކީ އިންޑި އާއި ޗައިނާއާ ދެމެދު އޮތް ކޯޅުންތަކުގެ ސަބަބުން ޗައިނާ އަށް ފިޔަވަޅުއަޅަން ކުރާ މަސައްކަތުގެ ބައެކެވެ. އިންޑިއާގެ 5ޖީ ޓްރަޔަލް އަށް ވާވޭ އާއި ޒީޓީއީ އަށް ފުރުސަތު ނުދިން ނަމަވެސް އެ ކުންފުނިތަކުން 5ޖީ އަށް ބޭނުންވާ ސާމާނު ސަޕްލައިކުރުން މަނާކޮށްފައެއް ނުވެ އެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން އެ ފުރުސަތު ވެސް އިންޑިއާގެ ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުން އަދި ބަންދުކުރާނެ އެވެ.
އިންޑިއާގެ ސިޓީތަކާއި ރަށްފުށުގެ ސަރަހައްދުތަކުގައި 5ޖީ ނެޓްވޯކްގެ ހަ މަސް ދުވަހުގެ ޓްރަޔަލް ކުރިއަށް ގެންދަން ސަރުކާރުން ފުރުސަތު ދިނީ ދެކުނު ކޮރެއާގެ ސެމްސަންގް އާއި ފިންލޭންޑްގެ ނޮކިއާ އާއި ސްވިޑްންގެ އެރިކްސަނަށެވެ.
India’s ban on #Huawei and #ZTE from its #5G trials will have a negative impact on China- #India economic cooperation and sour India’s business environment. https://t.co/NIL7fsCH5d pic.twitter.com/kMhFeT42GW
— Global Times (@globaltimesnews) September 19, 2018
އަދި މި މަޝްރޫއުގައި އިންޑިއާގެ ކުންފުނިތައް ކަމަށްވާ ޖިއޯ އިންފޯކޮމް އާއި ބާރުތީ އެއާޓެލް އާއި ވޮޑަފޯން އައިޑިއާ އަދި ސަރުކާރު ހިއްސާވާ ކުންފުނި މަހާނަގަރްް ޓެލެފޯން ނިގަމް ލިމިޓެޑް (އެމްޓީއެންއެލް) ވެސް ބައިވެރިވާނެ އެވެ.
އިންޑިއާގެ 5ޖީ ނެޓްވޯކުން ޗައިނާގެ ވާވޭ އާއި ޒީޓީއީ އަށް ފުރުސަތު ނުދޭން ނިންމި އިރު، އިނގިރޭސިވިލާތަކީ ވެސް އެ ގައުމުގެ 5ޖީ ނެޓްވޯކުން ވާވޭ ބޭރުކޮށްލި ގައުމެކެވެ. އަދި އެ ކުންފުންޏަށް ދަތިކުރުމުގެ ފިޔަވަޅުތައް އެންމެ ބޮޑަށް އަޅާފައިވާ އެއް ގައުމަކީ އެމެރިކާ އެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދު މި ފަހުން ކޯޅުންތައް ބޮޑުވެ، އެގައުމުގެ އެތައް އެޕެއް ވެސް އިންޑިއާ އިން މިދިޔަ އަހަރު މަނާކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
06 May 2021
މީގެ މައްސަލައަކީ ޗައިނާގެ މާކެޓު ބޭރު ޓެލެކޮމް ކުންފުނިތަކައް ނުހުޅުވަތީ
ފެންސު
06 May 2021
މިތަނަށް ތީގެ އަސަރުނުކުރާނެބާ؟