"ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޯވަޑޯޒް ކޭސްއެއް ފުލުހުންނަށް ރިޕޯޓްކުރޭ. ޒުވާނުންގެ ބޮޑު އާބާދީއެއް ދެވި ހިފާފައި ތިބިއިރު ކުޑަކުދިން މި ޓްރެންޑުގައި ޖައްސަން ރާވައިގެން ސޯޝަލްމީޑިއާ މެދުވެރިކޮށް ޕްރޮމޯޓްކުރޭ."
ޕިލްސްތައް ބަންދުކޮށް ޕޯސްޓް މެދުވެރިކޮށް އެތެރކޮށްފައި ހުންނަ ގޮތް: ކޮންޓްރޯލްކުރެވޭ ވަރަށް ވުރެން ފުޅާ އުކުޅުތައް މިކަމުގައި ބޭނުންކުރޭ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
22 ފެބުރުއަރީ 2022 - 07:25
ޕާޓީ ޑްރަގްސްގެ ހާލަތު ރާއްޖޭގައި މިހާރު އޮތީ ފުލުހުންގެ އޮފިސަރަކު ވިދާޅުވި ގޮތުން ނަމަ މަސްތުވާތަކެތީގެ ވިޔަފާރީގެ މާ މަތީ ހަރުފަތެއްގަ އެވެ. ޒުވާނުންގެ ބޮޑު އާބާދީއެއް އެކަމަށް ގެނބި، ހުސްވެއްޖެ އެވެ. މި ވިޔަފާރީގައި މިލިއަނުން އެބަ ފައިދާ ނަގަ އެވެ. ކޮންމެ ދުވަހަކު އެތެރެކުރާ އަދަދުތަކެއް އަންދާޒާކުރާކަށް ނޭނގެ އެވެ. އަތުލައިގަންނާކަށް ވެސް ފަސޭހައެއް ނޫނެވެ.
މަސްތުވާތަކެތީގެ ހާލަތު ސިފަކޮށްދޭން ފުލުހުން އިއްޔެ އާއްމުކުރި ތަފާސްހިސާބުން ފެންނަން އޮތް މަންޒަރަކީ ޒުވާނުންގެ މެދުގައި ޓްރެންޑްވެފައިވާ ޕާޓީ ޑްރަގުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމެވެ. ގައުމުތަކުން ތަފާތު އެކި ނަން ނަމުގައި ރާއްޖެ އެތެރެކުރާ ޕާޓީ ޑްރަގްސްއަށް މޮޔަވެ އޯވަޑޯޒްވާ މިންވަރު ދަނީ އިތުރުވަމުންނެވެ.
ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކުރާ ވައްތަރުތަކެއް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގައި އެންމެ އާއްމު އެއްބާވަތަކީ މެތަމްފެޓަމައިން (މެތު) ކަމަށްވާ އިރު އެތައް ގައުމުތަކުން ތަފާތު ނަން ނަމާއި ކޮލިޓތަކުގައި އެބަ އެތެރެކުރެ އެވެ.
މެތަކީ، އެއަށް ދެވި ހިފައިފި ނަމަ އެއިން ސަލާމަތްވުމަށް ދެވޭނެ ފަރުވާއެއް ވެސް ނޯންނަ ބާވަތެކެވެ. އަދި ޑްރަގްސްގެ އެހެން ބައެއް ބާވްތްތަކާ ހިލާފަށް މެތު ބޭނުން ކުރުމުން މީހުން ބުއްދި ފިލައިގޮސް މޮޔަކޮށްލާ ކަމަށް ވެ އެވެ.
ޕާޓީ ޑްރަގްސް ރާއްޖެ އެތެރެކުރުމުގައި ހޯދާފައި ވަނީ ފުލުހުންގެ އަތު ނުޖެހި ފިލައިގެން ތިބެ އެކަން ކުރެވޭނެ ގިނަ އުކުޅުތަކެކެވެ. މިކަމުގައި އުޅޭ މީހުންނަށް އެންމެ ފަސޭހަ އަދި ޔަގީންކަން ބޮޑު އެއްގޮތަކީ ޕޯސްޓް މެދުވެރިކޮށް އެތެރެކުރުން ކަމަށް ފުލުހުން ބުނެ އެވެ.
ޕާޓީ ޑްރަގްސް އެތެރެކުރާ ގޮތާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތައް ފުލުހުން ކިޔައިދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓްރެކް ނުކުރެވޭނެ ހުރިހާ ގޮތެއް ބަލައި ރާއްޖޭގައި ތިބެ އެކި ސައިޓުތަކުން އޯޑަރުކޮށްގެން ޕިކްޕޯސްޓަށް ގެންނަނީ ފެންނަ ފެނުމަށް ހުސް ފޮށިތަކެކެވެ. އެގޮތަށް ފޮނުވާ ފޮށިތަކުގެ ތެރެއިން ފޮއްޓެއް ނޫސްވެރިންގެ ކުރިމަތީގައި ފުލުހުން ކެނޑިއިރު އެތެރޭގައި އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އެކަމަކު ފޮށީގެ އަރިމަތިން ކަފާލިއިރު ފޮށި ވަށައިގެން ހުރީ ބޭސްގުޅަ ތަކެކެވެ.
"މިއީ އެއް އުކުޅު. ޓްރެކް ކުރަން އުނދަގޫ ސައިޓްތަކުން އޯޑަރު ޖަހައިގެން މިގެންނަނީ. މި ފޮށިތަކުގެ އިތުރަށް ކުޑަކުދިން ކުޅޭ އެއްޗެއްސާއި ސީޑީތަކުގައި އެތެރެކުރޭ," އޮފިސަރު ކިޔައި ދެއްވި އެވެ.
"މިހާ ބައިވަރު ގޮތްގޮތަށް އެތެރެކުރާތީ ގޮންޖެހުންތަކަކާ ކުރިމަތިވޭ. ހާއްސަކޮށް ޕޯސްޓަލް ޕެކޭޖްތައް އަތުލުމުގައި އެބަހުރި އުނދަގޫތަކެއް."
ކޮވިޑުގެ ކުރިން ދުވާލަކަށް 13,000 ޕޯސްޓަލް ޕެކޭޖް ރާއްޖެ އެތެރެކުރެ އެވެ. މި ފަހުން އެ އަދަދު 4,000 އަށް ވަނީ ތިރިވެފަ އެވެ. މީގެ ތެރެއިން ބައެއް ޕެކޭޖުތަކަކީ ޕާޓީ ޑްރަގު އެތެރެކުރާނެ ކަން ޔަގީންކަމާ އެކު އެނގުނަސް ސްކޭންކޮށް އެކަން ހުއްޓުވާނެ އެކަށީގެންވާ ނިޒާމެއް ނެތެވެ. ފުލުހުން މިހާރު ބަލަނީ ހައި ރިސްކް ގައުމުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ގައުމުތަކުން އަންނަ ޝައްކުކުރެވޭ ޕެކޭޖުތަކެވެ.
ޕޯސްޓް މެދުވެރިކޮށް އެތެރެކުރާ ޕެކޭޖުގައި ހުންނަ މައުލޫމާތަކީ ގިނަ ފަހަރަށް އޯޑަރުކުރާ މީހާއަށް އތުލައިގަނެވޭނެ މައުލޫމާތެއް ވެސް ނޫނެވެ. އައިޑީކާޑު ނަމްބަރަކާއި އެޑްރެސްއެއް ޖަހައިގެން ރާއްޖެ އެތެރެކުރާއިރު, ޕިކްޕޯސްޓް ނޫން ގޮތަކަށް ހަވާލުވާން ވެއްޖެ ނަމަ ދެން ހައްދަނީ ފޭކް އައިޑީއެއް ކަމަށް ފުލުހުން ބުންޏެވެ.
އެ އައިޑީ ހިފައިގެން ޕޯސްޓް އޮފީހަށް ގޮސް ޕެކޭޖާ ހަވާލުވަނީ އެވެ.
ފޮށިގަނޑުގައި ޕިލްސް އެތެރެކޮށްފައި: މި ދޮރު ބަންދުކުރަން ފުލުހުންނަށް ގޮންޖެހުންތަކެއް އެބަހުރި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޔޫރަޕްގެ ގައުމުތަކުން ޕާޓީ ޑްރަގްސް ގިނައިން އެތެރެކުރާ އިރު ރާއްޖޭގައި މި ބާވަތްތައް ވިއްކަނީ ވެސް ފުލުހުން ބުނި ގޮތުގައި އެހެން މަސްތުވާތަކެއްޗާ އަޅާބަލާއިރު ބޮޑު އަގެއްގަ އެވެ. ގުޅައެއްގެ އަގު 800-2,000ރ. އާ ދެމެދު ވިއްކަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
"މަސްތުވާތަކެތީގެ ގްރާމެއް ވިއްކާލުމުން އެ ލިބޭ ޕްރޮފިޓް މާޖިންއަށް ވުރެން މީގެ ގުޅައެއް ވިއްކާލުމުން ފައިދާ އެތައް ގުނައެއް ބޮޑުވޭ. މި ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭ އިންސެންޓިވްއެއް މިއީ އެހާ ސެކިއުރިޓީ ހައިކޮށް ޕޯސްޓުގެ ޒަރީއާ އިން ގެއާ ހަމައަށް ފޮނުވައިދިނުމަކީ ވެސް،" އޮފިސަރު ވިދާޅުވި އެވެ.
ޕާޓީ ޑްރަގުގެ ޓްރެންޑް ކުޑަކުދިންގެ މެދުގައި އާއްމުކުރަން ވެސް ރޭވިގެން ގިނަ ކަންކަން ހިންގަމުން ދެ އެވެ. ކުޑަކުދިން ޕާޓީ ޑްރަގަށް ވެއްދުމަށް ޕްރޮމޯޝަން ޖައްސަނީ ފުލުހުން ބުނި ގޮތުގައި ސޯޝަލްމީޑިއާގެ ގްރޫޕްތައް ބޭނުންކޮށްގެންނެވެ.
ސްޓެރެސް ރިލީވާއެއްގެ ގޮތުގައި ވެސް ޕްރޮމޯޓްކުރެ އެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގިނަ ވަގުތު މަސައްކަތުގައި ދެމިތިބުމަށް ވެސް މި ބޭސް ވިއްކައި، އެ މީހުންގެ ތެރެއަށް ވައްދާފައި އޮތް ކަން ތަހުގީގަށް ލިބޭ މައުލޫމާތުން އެނގޭ ކަމަށް ފުލުހުން ބުނެ އެވެ.
މި ފަހުން ޕާކިސްތާނާއި އަފްގާނިސްތާނު ފަދަ ގައުމުތަކުން ވެސް ރާއްޖެއަށް މެތު އެތެރެކުރަމުންދާ އިރު ފުލުހުންގެ ކަންބޮޑުވުމަކީ ނުރައްކާ ވަށާލާފައި އޮތުމެވެ. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސްތުވާތަކެތީގެ އޯވަޑޯޒް ކޭސްތައް ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ.
އާއްމުންނާ ހަމައަށް ތިލަނުވިޔަސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޯވަޑޯޒް ކޭސްތައް ރިޕޯޓްކުރާ އިރު މީގެތެރޭގައި ގިނައީ ޕާޓީ ޑްރަގުގެ އެކި ބާވަތްތައް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން 2019 އިން ފެށިގެން މިހާތަނަށް 21 އޯވަޑޯޒް ކޭސް ރިޕޯޓްކޮށްފައިވެ އެވެ. މީގެތެރޭގައި ގިނައީ ޕާޓީ ޑްރަގްސް އެވެ.
"ކޮންމެ ފަހަރަކު މި ގެންނަ ޕިލްސްތަކުގައި މި ހުންނަނީ އެ ކެމިކަލްއެއް ނޫން ކޮމްޕައުންޑެއް ވެސް ނޫން. ޑޯޒު އެއްވަރަކަށް ނެގިއަސް ބާވަތްތައް ތަފާތުވީމަ ކެމިކަލްގެ މިންވަރު ތަފާތުވެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބޭ." ފުލުހުންގެ އޮފިސަރު ވިދާޅުވި އެވެ.
މީގެ ދެތިން އަހަރު ކުރިން ހުޅުމާލޭގައި ޕާޓީކުރި ޒުވާނުންތަކެއްގެ ތެރެއިން ދެ މީހަކު މަރުވެފައިވާ އިރު އެ ހިތާމަވެރި ހާދިސާ ތަކުރާރުވުމުގެ ފުރުސަތު އެތައް ގުނައެއް މިހާރު ވަނީ ބޮޑުވެފައި ކަމަށް ފުލުހުން ބުންޏެވެ. ވީކެންޑާއި އެކި މުނާސަބަތުތަކުގައި ބާއްވާ އެއްވުންތަކުގައި ގިނަ ބަޔަކު މި ޓްރެންޑުގެ ތެރެއަށް ވައްދާއިރު، ޒުވާނުންގެ ބޮޑު އާބާދީއެއް ތިބީ ވަރަށް ބޮޑު ނުރައްކަލެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމަނާ
24 February 2022
މިބައިމީހުންނަށް އެނގޭ 7މެއް އެބައޮތް. އެއީ މޮޅުބައެކޭ ބުނެވިދާނެ. އަނެއްކަމަކީ ނޭނގޭ ހަމައެއްކަމެއްވެސް ނޯންނާނެ. މޮޅުވާހަކަދައްކަން ވަރަށްމޮޅުވާނެ. ސަރުކާރުން ބޮޑު ޚަރަދުކޮށްގެން ޕޯސްޓަރ ހަދަން ވަނީދަސްވެފަ. ސޯކުރުން ވަރަށްމޮޅުވާނެ. ޗައިނާއިން މިހާރުއެދިން ތަކެތިން އިތުރަށްވެސް މޮޅުވާނެ. ތަކެތިހޯދަން މޮޅުވާނެ. ކަންކުރާތަންތަންވެސް ވަރަށްމޮޅަށް ހޯދާނެ. އަދިކޮބާ ނެޓްވޯކްގެ ދަރިފަސްކޮޅަށް ދާންދެން އެނގޭނެ. މިކަންކުރަނީއެއްބައެއްކަންވެސްއެނގޭ..
އިރުދޭ
23 February 2022
މަސްތުވާ ތަކެތި ބޯމީހުންނާއި، އެތެރެކުރާ މީހުން އުމުރައްޖަލައްލާންވީ އޭރުން އޯކޭވާނެ ނަމަވެސް މިކަންވެސް ވާކަށްނެތް ސިފައިންވެސް މިކަމުގައި ޕޮލިހުންވެސް މިކަމުގައި ހެޔޮނުވާނެ މުޅި ޤައުމު އެލާޓައް މިކަންވާނީ ޢުމަރު ނަސީރަށް
ޢަރުތަ
23 February 2022
މުޒާހަރާ ކުރާމީހުންވެސް މިފަދަކަންކަން ހުއްޓުވަން ގޮވާލާ މުޒާހަރާ ކުރާކަށް ނުކެރޭދޯ.
ޔަަން
22 February 2022
މަސްތުވާތަކެތި ކޮންޓްރޯލް ކުރާނަމޭ ބުނާ ސަރުކާރުން ކޮންކަމެއްތަ ތިކުރަނީ؟ ސީޕީ ހަމީދު ވެސް މަސްތުވާތަކެތި ކޮންޓްރޯލް ކުރަން އެކަށީގެންވާ މަސެއްކަތެއްނުކޮށް ހުރެ ޕްރެސް ކޮންފަރެސް ދިނުމުގަ
ޑްރަގްސް، އަދި ވައްކަން ނުހުއްޓުވިގެން މިއުޅެނީ ކީއްވެތަ؟
22 February 2022
އޯވަރ ޑޯޒް އޭ ބުނީމަ ހަޑިއޭ! އޯޑީ އޭ ބުނީމަ ހޮލީވުޑް ހެން ކިހާ ސަޅި ތަ!!
އާދޯ
23 February 2022
އޯޑީ ، ދެން ވާންވީ ކޭ އޯ އޭރުން ނިމުނީ،
ބެކްހަމް
22 February 2022
އަދުރޭ ސޯ ވަރަށް ކަންބޮޑުވާނެ އޭނައަށް ވުރެން ވަރުގަދަ މެތު ޓީޗަރުން އުޅެންޔާ
ވަތަނުގެ ދަރި
22 February 2022
މަސްތުވާތަކެތީގެ ބިރުވެރިކަން މިގައުމުގައި އޮތްވަރާ އެކަމުގެ ތެރެއަށް އެތައްބަޔަކު ވަދެ ހަލާކުވަމުންދާގޮތާއި މަސްތުވާތަކެތި އެތެރެވާގޮތާއި އޭގެ ވިޔާފާރި ކުރާގޮތާއި މަސްތުވާން ވަންނަ ތަންތަނާއި އެތަންތަން ހިންގާ މީހުންނާއި އޭގެ ވިޔާފާރި ކޮށްގެން މުއްސަނދިވެ އަގުބޮޑު އެޕާޓުމެންޓާއި، އަގުބޮޑު ކާރުގަނެ ބޭނުންކުރާ މީހުންނާއި ޑީލަރުންނާއި މިހުރިހާ ކަމެއް އެނގޭއިރު އެޅުނު ހަރުދަނާ ފިޔަވަޅެއް ނެތް. މިވަރުވާއިރުވެސް އެއްފަރާތްވާކަށް ބޭނުމެއްނުވޭ. ސާބަސް
ޢަރުތަ
23 February 2022
ކާކު އެއްފަރާތް ވާން ޖެހެނީ، މިހާތަނަށް ނުހުއްޓުވިފަ އޮތްކަމެއް އެކަމަކު އެއްވެސް މީހަކު އެއްފަރާތަށް ޖެހުނުބާ، ނުޖެހޭނެ އެވަރު ގަޓެއް ނުހުންނާނެ، ގަޓު ކިޔައިގެން އުޅުނަސް.
ވަހުތާން
22 February 2022
އިދާރާތަކުގެ ބޮޑުންނަށް ނުފޫޒު ފޯރުވޭ ކަމުގެ އަލާމާތެއް ދުވަހަކު މިކަން ހައްލުނުވެ އިތުރަށް ފުޅާވާކަ،މާއި، ބޮޑުން ސަލާމަތްވާކަން، ބޮޑު މީހާގެ ރ. ބަޔާނުގައި ވަރަށް ބާރުލާފަ ބުނޭ ހުއްޓުވަނީއޭ! އެކަމަކު ވަނީ ފުޅާ! އިންޑިޔާމީހުން އެތެރެކުރިޔަކު ނުދޭނެއޭ! އެކަމަކު ވަނީ ގިނަ؟ ކޮބާ މިވެރިން ދައްކާ ވާހަކައިގެ މާނައަކީ؟
ހަސަނު
22 February 2022
މިރާއްޖޭގާ ޑުރަގު އުޅޭ ވާހަކަ ދީނީ އިލްމުވެރިއެއްގެ ދުލުން ބުނެލާ އަޑެއް ނީވޭ މިވަރުވެގެން ދާއިރުވެސް. ހައްތަހާވެސް ބުރުގާ ނޭޅިގެން ގޮވާ އަޑު އިވެނީ.. ކިހިނެއްބާ އެވަނީ؟
ލޮލްް
22 February 2022
އެވާގޮތަކީ، ތިބޭފުޅާއަށް ތިޔަ އިވިވަޑައިގަންނަވަނީ އިލްމުވެރިންދައްކާ ވާހަކަތަކުން ވެސް ތިބޭފުޅާ އަޑުއައްސަވަން ބޭނުންވާ ތަންކޮޅު އެކަނި.
ކަންފަތް
23 February 2022
ކަލޭ އަޑުއަހާ އެއްޗެއްދޯ ކަލެއަށް އިވޭނީ.
އެލެކޮސް އޮބި
22 February 2022
ދައުލަތުގެ ތިންބާރައް މިކަން މައިތިރިކުރާނެ ގޮތްނޭގޭކަމައްވަންޏާމު ބަރުލަމާނީ ރިޔާސީ ވޯޓުގެ ކުރިން ޑުރަގު ޑީލަރުންނާ އެތެރެކުރާމީހުންނާއި ބޯމީހުންނަށް ދޭނެ ހަރުކަށި އަދަބެއްގެ ގޮތުން މަރުގެ ހުކުމް އިއްވާ އެކަންތަފީޒުކުރަން ރައްޔިތުންނަށް ފެނޭތޯ އެބަޖެހޭ ބަލަން ގާނޫނީ ދިގުއަތުން ލޫޕް ހޯދައިގެން ސަލާމަތްވެ ހައްޔަރުވާމީހުން ޖަލުގަ ގެންގުޅުމުން ދައުލަތުން ކުރަންޖެހޭ ހަރަދު އެބަޖެހޭ ހުއްޓުވާ ބޭސްފަރުވާޔަން އަދޭސްކުރާ ނިކަމެތި ރައްޔިތުންނަށް ލިބެން.
އުދުހޭ
22 February 2022
ޕޯސްޓުން ގެންނަ އެއްޗެހި ފޮށިގަނޑު ކަނޑާލައި ހަމައެކަނި އޭގަ ހުންނަ މުދާ ކަސްޓަމަރާ ހަވާލުކުރާ ގޮތަށް އަދި ފޮށިގަނޑު ޕޯސްޓް އޮފީހަށް ނަގާގޮތަށް ގަވާއިދު ހަދަންވީ.
ޟމމމ
22 February 2022
ހީވޭތަ އޭރުން ސަލާމަތް ވާނެހެން އޭރުން ޕޯސްޓްއޮފީސް ގެ މުވަެްޒަފުންގެ ތެރެއިން ބަޔަކު އެނަގަައިގެން ވިއްކާފިއްޔާ ކީއްކުރާނީ
ކަންފަތް
23 February 2022
ބުއްދިވެރި ޚިޔާލެއް.