ކުރީގެ ރައީސް މައުމޫން "މިހާރު" އާ ވާހަކަ ދައްކަވަނީ: ބޭރުގެ ހިއްސާގެ ބާޒާރަށް 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް ވިއްކުމަށް ސަރުކާރުން ނިންމި ނިންމުމާ މެދު މައުމޫން ކަންބޮޑުވެވަޑައިގަންނަވަވާ.---މިހާރު ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން
27 ޑިސެމްބަރ 2016 - 19:07
ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ބޭރުގެ ހިއްސާގެ ބާޒާރަށް 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑު ވިއްކުމަކީ ފަހުން އޭގެ ގެއްލުން ފޯރާނެ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ބޭރުގެ ހިއްސާ ބާޒާރަށް ބޮންޑް ވިއްކުމަށް ބޭންކްތަކަށާއި އިންވެސްޓްމަންޓް ހައުސްތަކަށް ލީޑް މެނޭޖާސް ނުވަތަ ބުކް ރަނާސްގެ ދައުރު އަދާކުރުމަށް ކުރިމަތިލުމަށް ހުޅުވާލައިފަ އެވެ.
އެކަމަށް ފާޑު ވިދާޅުވެ، މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް ވިއްކުމަކީ އިގްތިސޯދީ ގޮތުން ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. އަދި އޭގެ ނުބައި އަސަރު، ފަހުން ރާއްޖެ އަށް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ބޭރުގެ ހިއްސާ ބާޒާރަށް ބޮންޑު ވިއްކަން އެހީތެރިވެދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ލީޑް މެނޭޖަރެއްގެ ދައުރު އަދާކުރުމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތް އައްޔަން ކުރުމުގެ ޖާގަ އޮންނާނެ ކަމަށެވެ. އަދި އެކަމަށް އައްޔަން ކުރާނެ ފަރާތްތަށް ކަނޑައެޅުމަށް ވަކިވަކި ބޭންކުތަކާ ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ފައިސާ ހޯދުމުގެ ގޮތުން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކުކް ވިއްކައިގެން 1.4 ބިލިއަން ރުފިޔާ ހޯދަން 2017 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. އަދި އެ ފައިސާ ހަރަދުކުރަން ހަމަޖެހިފައި ވަނީ އައިޖީއެމްއެޗްގައި ހަދާ 25 ބުރީގެ އިމާރާތަށް ކަމަށާއި އެ މަޝްރޫއުގެ އިތުރުން އެހެން މަޝްރޫއުތަކަށް ބޮންޑު ވިއްކައިގެން ހަރަދުކުރަން ހަމަޖެހިފައިވާ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަތަން
28 December 2016
މައުމޫނު އަނެއްކާވެސް ދުވަސްކޮޅަކަށް ބަލިވެ އޮތުމަށްފަހު ނުކުތީ، ދެން މިހާރު ނޫހުން ވަރަށް މައުމޫނުގެ ވާހަކަ ދައްކަނެ، ޚާއްސަކޮށް ސަރުކާރާއި ދެކޮޅަށް އެއްޗެއް ވިދާޅުވެއްޖެއްޔާމު.
ބޭރު
28 December 2016
މި ސަރުކާރުން މިހިންގާ ހުރިހާ ކަމެއްގެ އުދަގުލާއި ތަކުލީފާ މީގެ އަށެއްކަ އަހަރު ފަހުން މިރާއްޖޭގެ ވެރިކަމުގައި ތިބި ބަޔަކު އުފުލާންޖެހޭނެ، ރައްޔިތުންނަށް ވޭންދެނެވިކަމަކަށް ވާނެއެވެ. މި ރާއްޖެއަކީ ޖަޒީރާ ގައުމެކެވެ. މިރާއްޖެއަކަށް 200-300 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ބުރިޖާއި ހައިވޭތަކެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ އިތުބާރުހިފޭ ރަގަޅު ދަތުރުފަތުރުގެ ނިޒާމެކެވެ. ހިދުމަތް ދިނުމަށް ބޮޑެތި އިމާރާތްތަކެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ އަތްފޯރާފަށުގެ ބޯހިޔާވަހިކަމެވެ. ތަކެތީގެ އަގުތައް ތިރިކުރުމެވެ. ވެރިންގެ ޖީބުގެ ބަދަލުގައި އާންމު ރައްޔިތުމީހާގެ ޖީބަށް ވަންަނައެއްޗެއް އިތުރުވާނެގޮތެެކެވެ.
މެންޓަލިސްޓް
28 December 2016
ރައީސްމައުމޫންއަށް ވަރަށް ސަލާމް ، މަނިކުފާނުނޫންތޯ ޓްރޭޑްމިނިސްޓްރީއާޢި އެސްޓީއޯ އާއި ސްޓެލްކޯ ޔާމިންއާޢި ހަވާލްކޮއްގެން ގައުމުހިންގީ ،، އެއީ ހަމަ އެމަނިކުފާނު އިގްތިސޯދަށް މޮޅުވެގެން ކުރެއްވިކަމެށްނޫންތޯ ؟ އެއްގޮތަކަށްވެސް އާއިލާބޭފުޅަކަށް ވެގެން ދެއްވި މަގާމްތަކެށްނޫނެއްނޫންތޯ ؟ އަނެއްކޮޅުން ސިންގަރޕޯރގައި މޯލްޑިވްސް އޮއިލް ކޮންމެޕެނީއާޢި މޯކޯން ހިންގީވެސް ޔާމިންގެ ބެލުމުގެ ދަށުންނޫންތޯ < ވީމާ މިހާރު ޔާމިންގެ އިގްތިސޯދީ ސިޔާސަތު ކަމުނުގޮސްގެން ތިޔައުޅުއްވަނީ ކީއްވެތޯ ؟ އެމީހަކު ކެހި ކަނޑުލެއްގެ ހިތި އެމީހަކު ފިލުވަން ޖެހޭތީތޯ ތިޔައުޅުއްވަނީ ؟؟ ވަރަށްވެދުން
ނުރަބޯ
28 December 2016
ސަރުކާރާ އިދިކޮޅުމީހުންނަށް ސަރުކާރުން ކުރާ އެއްވެސް ކަމެއް ރަގަޅެއްނުވާނެ. އެއީ މައްސަލައެއް ވެސްނޫން. މައްސަލައަކީ ގައުމުވިއްކައިގެން އެލާރިން ގައުމަށް އެއްވެސްކަމެއް ނުކޮއްދީ ތިމަތިމާމެންގެ އަން ބޮނޑި ބޮޑުކޮށްގެން އުޅެނިކޮށް ފޭލިވެގެން ދިޔަ މީހުން ގެ ފަހަތުގައި ތިބެ މިސަރުކާރުގެ ބޮލުގައި ވައްކަމާ، ޚިޔާނާތާ ފަސާދައިގެ ތުހުމަތު އަޅުވާތީ އެވެ. މި ސަރުކާރަކީ ކުރުމުއްދަތެއްގެ ތެރޭގައި ތަރައްގީގެ ބޮޑެތި ފިޔަވަޅުތަކެއް އަޅާ އެކަން ކާމިޔާބުކޮށްފައިވާ ސަރުކާރެކެވެ. މިއީ ރިއަލިޓީއަކީ، މި ޙަގީގަތުގެ މައްޗަށް ފަސްއަޅާ ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއްނުވާނެ. ކަލޭމެން ރީނދޫ ކޮމެންޓް ކުރާމީހުނަށް ބުނެލަން އޮތީ އަނގަ މައްޗަށް ޖަހައިގެން ތިބެ ކުޅު ނުޖަހާށޭ އެ ކުޅު ފައިބާނީ ހަމަ ކަލޭމެންގެ ބޮލަށޭ......!!!!
އަލްޖިބްރާ
28 December 2016
މިހާރު ވެރިކަމުގައި ތިބި ބަޔަކު އެމީހުން ވެރިކަމުން ފައިބަން ޖެހޭއިރަށް އަމިއްލަ ޖީބުގައި ، ދެންފަހުން އެއްވެސް މަސައްކަތެއްނުކުިރިއަސް ދަތި ނުވާވަރަށް ފައިސާ ޖަމާކޮށްލަން ވިސްނާފަ ވާނަމަ ތިހުރީކީ އެމީހުނަށް މާބޮޑު މައްސަލައަކަށް ނުވާނެއެވެ. މައުމޫނުވެސް ހަމަތިއޮށްގެން އުޅުއްވަނީ ނޫންތޯއެވެ ؟ ދިރިއުޅުއްވުމަށް ފައިސާ ހޯއްދަވަން ކުރައްވާ މަސައްކަތެއް ނެތެއްނޫންތޯއެވެ؟ ރަށްތަކާ ފަޅުތަކާ ބޮންޑުތަކާ ދެންވެސް ފައިސާ ހޯދެން ހުރި ހުރިހާމަގަކުން ފައިސާ ހޯދުނީމާ މިހާރުގެ ވެރިންނަށް ނިމުނީއެވެ.އެމީހުން ނެތްދުވަހެއްގާ އެހެންމީހުން އުޅެންޖެހިދާނެ ގޮތަކީ މިހާރު ތިބިވެރިން ވިސްނާ ކަމެއް ނޫނެވެ. އެމީހުންގެ ބޭނުން ފުދުނީމާ އެމީހުނަށް ނިމުނީއެވެ.
ގިވްއައުޓް
28 December 2016
މިހާރު ސިންގަޕޫރަށް ވެނިމިއްޖެ. އެހެންރަށަކަށް ބަދަލުވޭތޯ ބަލަގަ.
މޫސާ އަބުދުﷲ
28 December 2016
ކޮބާ ކޮބާ މިވަނީ ކިހިނަކުން އިގުތިސާދީ މާހިރުގެ ވިސްނުން ގޯސްކަމަށް މިވަނީ ... މިކޮންކަލަ މާހިރެއް އަހަރުމެނަށް މިލިބުނީ 5 އަހަރު ނިމޭއިރު މަށަށް ހީވާގޮތުން މިގައުމުން އަހަރުމެން ފައިބާގެން ދާންކަންނޭގެ ޖެހޭނީ މިކަމާ ތަންކޮޅެއް ރަގަޅަށް ވިސްނަންޖެހިއްޖެ އަހަރެން ހީކުރީ 25 ބުރީގެ އިމާރާތް ހަދާނެ ފައިސާ ވަނީ ހަމަޖެހިފައިކަމަށް ތިޔަ ހަމަ އަންނި ކުރިކަހަލަ ބޯގޯސް ކަންތައް ތިޔަކުރަނީ ...
ބުނެބަލަ
28 December 2016
ރައީސް ނަޝީދުގެ ވެރިކަމުގައި އެއްވެސް ރަށެއް އެބައޮތްތަ ވިއްކާފަ؟
ލާހިފުތު
28 December 2016
ފުކެއް ބޮޑުވަރު. އިދިކޮޅުޕާޓީއަކީވެސް އެއްކޮޅުޕާޓީއަކީވެސް ޕީޕީއެމް.
ބަކުރުބެ
28 December 2016
މޮޅުވެގެން ދިޔަދިޔައީނުން މި މައުމޫނަށް އެބަ އެނގޭ ފަހުންވާންހުރިކަންތައްތައްވެސް
ނަސީމް
28 December 2016
2018 ގައި ރަނިންމޭޓަކަށް ގައްސާން ނެރެނީ . އެއިރުން ކިހާވަރަކަށް ޓްވިޓް ކުރެވޭނެބާ؟؟