ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެ ތަނަށް ބަޔަކު ވަދެ އަރައިގަންނައިރު ފުލުހަކު އެ މީހުން ހުއްޓުވަން ދުވަނީ.
27 ޖޫން 2022 - 14:44
މި މަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރަނިކޮށް، ބަޔަކު ގަލޮޅު ދަނޑަށް ވަދެ، އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުން ކަމަށް އެއްބަސްވާ ކަމަށް ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝުޖާއު ވިދާޅުވީ މީގެ ކުރިން ފުލުުހުން ވާނީ އެއަށް ވުރެ މާ ރަނގަޅަށް، މާ ޕްރޮޕެޝަނަލްކޮށް ކްރައުޑްތައް ކޮންޓްރޯލްކޮށްފައި ކަމަށާއި އެ ދުވަހު ކަންތައް ދިމާވީ އެކަން ވާންޖެހޭ ގޮތަށް ނޫން ކަމަށެވެ.
"އެތަނުގެ [ގަލޮޅު ދަނޑުގެ] ސެކިއުރިޓީ ބްރީޗަކުން ހިންގި އެކަމަކީ އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެންގެ ސެކިއުރިޓީ ފެއިލިއާއެއް ކަމަށް އަޅުގަނޑުމެން އެޑިމިޓްކުރަން،" ޝުޖާއު ވިދާޅުވި އެވެ.
ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދަމުން އަންނަ ކަމަށާއި އެކަމުގެ ރިޕޯޓް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅޭ އިންކުއަރީތަކެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުންނާއި ޕޮލިސް ބޯޓުން ވެސް ހަދަމުން އަންނަ ކަމަށެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސް މިހާރު ވަނީ މިކަމާ ގުޅޭ ގޮތުން، ކެބިނެޓުގައި ހެދިފައިވާ ސަބް ކޮމެޓީ އަށް ވެސް ޖަވާބުދާރީވެފައި،" ސުޖާއު ވިދާޅުވި އެވެ.
މީގެ ފަހުން އެއްވުންތައް ކޮންޓްރޯލްކުރުމުގައި އަވަހަށް އެއްވުންތައް ރޫޅާލަން ބަލާނެ ކަމަށާއި އެއްވުންތައް ރޫޅާލުމުގައި ފުލުހުން ގެންގުޅޭ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އެތަނުގެ [ގަލޮޅު ދަނޑުގެ] ސެކިއުރިޓީ ބްރީޗަކުން ހިންގި އެކަމަކީ އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެންގެ ސެކިއުރިޓީ ފެއިލިއާއެއް ކަމަށް އަޅުގަނޑުމެން އެޑިމިޓްކުރަން: ޝުޖާއު
ޝުޖާއު ވިދާޅުވި ގޮތުގައި އިވެންޓް އިންތިޒާމްކުރި ފަރާތުން ވެސް އިވެންޓްގައި ބައިވެރިވަނީ ކޮން ފެންވަރެއްގެ ކޮން ބައެއްކަން އަންގާފައި ނުވާ ކަމަށާއި ފުލުހުންނަށް އެ މައުލޫމާތު ލިބުނީ އެ ތަނަށް ދިއުމުން ކަމަށެވެ. އެހެންވެ މީގެ ފަހުން މިފަދަ އިވެންޓްތަކާ ގުޅޭ ގޮތުން ކުރިއާލައި މިފަދަ މައުލޫމާތު ހޯދާނެ ކަމަށް ވިދާޅުވި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ދަނޑަށް ވަދެ އިންޒާރު ދިންއިރު، ހަ ގައުމެއްގެ ސަފީރުން އެތަނުގައި ތިއްބެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ބަޔަކު ވަދެގަނެ، އެތަނުގައި ހުރި ތަކެތި އުކާލައި، މީހުންނަށް ހަމަލާދީ، ބިރު ދައްކައި އިންޒާރުދިން މައްސަލާގައި މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައިވެ އެވެ.
އެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރެއިން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހަރަކާތް ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް އާއި އިބްރާހިމް ރައްޒާނާއި ޝެއިހު އާދަމް ނިޝާން އަދި ޝެއިހު ފަޒްލޫން މުހައްމަދު ހިމެނެ އެވެ.
ޝެއިހް މުހައްމަދު ފަޒްލޫނާއި އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓައިފަ އެވެ. ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށް ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ވެސް ހާއްސަ އިންކުއަރީއެއް އަންނަނީ ހިންގަމުންނެވެ.
ދަނޑުގައި ޔޯގާ ހަމަނުޖެހުން ހިންގީ، އެ ހަރަކާތް ހުއްޓުވަން ސޯޝަލް މީޑިއާގައި އަޑު އުފުލުމަށް ފަހު އެވެ. ހަމަނުޖެހުން ހިންގި ތަނަށް ފަތިހު ދިދަތައް ނެރެގެން ގެންދިޔައީ ޕީޕީއެމްގެ އޮފީހުންނެވެ. އެކަމަކު އެ ޕާޓީން ބުނެފައި ވަނީ ހަމަނުޖެހުން ހިންގުމުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ އެ ޕާޓީން ދިދަތައް ނެރުނު މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮރެންޖް
29 June 2022
މަޖީދީ މަގުގައި ހުރި ފެންފޯއް ރުށްތައް ކަނޑާލީ ކަންތައްވެސް އަދިވެސް ޕޮލިހުން ކިޔާދީފައެއް ނެތް؟
ބުރާންތ
28 June 2022
ބްރީޗްވަނީ ބްރާންތިން ގިނަވީމަ!
ރޮހިންޖާ
28 June 2022
ޕޮލިސް ކޮމިސަނަރާ ހޯމް މިނިސްޓަރ ވަނީ ފެއިލްވެފަ. ރީތިގޮތަކީ މިހާރު އިސްތިއުފާ ދިނުން. އަމިއްލައަށް ތިޔޮތީ އިއުތިރާފްވެފަ.އެހެންވީމާ އެންމެ އިންސާފުވާނީ ރައިސްވެސް އެދެމީހުން ވަކިކުރުން. ރައީސް ނަޝީދަށްދިން ބޮމުގެ ހަމަލާގެ އިންކުއަރީ ހަދަހަދާ ތިތިބީނު ވީކޮންކަމެއް ތިޔަ ހޯމް މިނިސްޓަރަކީ ތިކަމަށް ކުފޫހަމަވާމީހެއްނޫން.ވެދާނެ އަނބިމީހާކަމަށްވެސް ދޯ ހިންގަނީ. ނޫނީ ތާކުހުރި ގަމާރެއްގެ އިރުޝާދުގެ ދަށުން ހިގަނީކަމަށްވެސް
ކޮބާ ކޮބާ
28 June 2022
ތިޔައީ މޮޅަށް ކިޔަވައިގެން ތިބި ކުދިންވިއްޔަ.. ގޫގުލް ގައި"ވަޓް އިޒް ޔޮގާ އެންޑް އިޓްސް އޮރިޖިން" ޖަހާލަ ބަލަ..ކަސްރަތެއްތޯ.. އަޅުކަމެއްތޯ ސާފު ވެދާނެ..
މަބުރޫކީ
28 June 2022
ޤައުމަށް ހުތުރުނަމާ ޖާހު އެބައެއްގެ އިހުމާލުން ގެއްލެން ދިމާވީ މީހުން މަގާމު އަދާކުރުމުގެ ގާބިލްކަން ނެތް ކަމަށް އިއުތިރާފުވެ އިސްތިއުފާ ދެއްވާ
ހުލޫފް
28 June 2022
ދިވެހިންނަށް ގޮން ޖެހުމަށްފަހު ޔޯގާ އިވެންޓް ބޭއްވި މީހަކީ މިހާރު ސިޔާސީ މީހުންނަށް ވަރަށް ބޮޑު އުނދަލަވެފައިވާ މީހެވެ. އޭނަ ޕީޕީއެމްގަ ހުރެގެން ބޮޑާ ހޭކުމުން ޔާނު އަޅާނުލުމުން ކަޑަވެގެން އެމްޑީޕީއަށް ވަނީއެވެ. އޭނަގެ ސަބަބުން އެމްޑީޕީ ސަރުކާރާމެދު މީހުންގެ ހިތުގައި ނަފްރަތު ފެދެނީއެވެ. އެފަދަ ޢަމަލުތައް ކުރަނީއެވެ. އޭނައަކީ އޭނައަށް ތަޢުރީފް ކުރަން ވަރަށް ބޭނުންވާ މީހެކެވެ. އޭނަ އެއްފަރާތްކޮށްލީމަ ރަނގަޅުވާނެއެވެ.
ބްރީޗްވީއެއްނޫން
28 June 2022
އަހަރުމެންގެ ވެރި އިލާޙު އެކަމެއް ވާށޭ ބުނުމުން އެކަން ވާނެ! ސުޖާ އަމިއްލައަށް ވެސް އެބުނީ އެތަނުގައި އޮތީ އެކަށޭނެ ފޯސްއެއްކަމަށް އެކަމު އެއްވެސް ދަތިކަމެއް ނެތި ޔޯގާ ހަރަކާތް ހުއްޓުވާލެވުނު!!! އެއީ ﷲގެ ކުޅަދުންވަންތަ ކަން
ފަލާ
28 June 2022
ސެކިޔުރިޓީ ފެއިލްވީތ؟ ނޫނީ ފެއިލް ކޮށްލީތަ؟ ވަކިމަންޒަރެއް ދައްކުވަން ބޭނުންވެގެން ކުޅުނު ޑްރާމާއަކީތާ؟
ބަބޫ
28 June 2022
ކަލޭ ފެއިލްވީ.
ތައްޔިބު
28 June 2022
އެމްސީގެ އިންޓެލިޖެންސް އޮންނަނީ ފެއިލްވެފައި ކަމަކާ ޖެހޭ އިރު. އެމްސީ ހަމީދު ކުރު ކޯހެއް ހަދަންވެއްޖެ ދެން މިހާރު... 7 ފެބުރުއަރީއާ ނަސީދަށް ދިން ހަމަލާއާ ޔޯގާ ހަމަނުޖެހުމާ...ހަމަ ހުސް އިންޓެލިޖެންސްއާ ޓެކްޓިކަލް ފެއިލިއާ. ދެން ތިވަރުން އަމިއްލައަށް މަ ނަމަ އިސްތިއުފާ ދޭނަމޭ އެމްސީ. ޅިޔަނު ވެގެން ކަންކަން ހަވާލުކުރިއަސް އަދި އެހާ ފަސޭހައިން ހަވާލުވާ އެއްޗެއް ނޫނޭ އެހާ ފެއިލިއާ ގިނަވަންޔާ. ތި އެއްގޯތި ތެރެއިން ވަޒީފާ ބެހީމަ ޖެހޭ ދަންތުރަ އަސްލު
ނޫރާނީ އިބްރާހީމް
28 June 2022
ކަލޭ ނުބުންޏަސް މަށަށް ވެސް އެނގެޔޭ އެއީ ހަމަ ހުރި ގޮތަށްް ހުރި ފޭލިޔަރެއް ކަން . އެކަމަކު ޅިޔަނު ވީމަ އެސޮރު ކަނޑާ ފޮނުވާލަން ނުކެރިގެންނޭ މިއުޅެނީ.
ނޫރާނީނެޕޮޓިޒަމް
28 June 2022
ނޫރާނީ އިބުރާހިމުމެންވެސް ނެޕޮޓިޒަމް ދަމަހައްޓަނީ އެއީވާގޮތަކީ.. އެއަކުން ހެވެއްނުފެނޭ!