މާލޭގައި ގެއެއްގެ ތެރޭގައި ފިރިހެނެއްގެ ބޮލަށް ވަޅި ހެރި މައްސަލާގައި ހައްޔަރުކުރި އަންހެންމީހާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 25 އަހަރުގެ ދިވެހި އަންހެން މީހާ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
ހެންވޭރުގެ ގެއެއްގެ ތެރޭގައި ހިނގި އެ މާރާމާރީގައި ޒަހަމްވީ 37 އަހަރު ދިވެހި ފިރިހެނެކެވެ.
އެނގިފައިވާ ގޮތުގައި އެއީ ދެބެއިންނެވެ.
ފުލުހުން ބުނިގޮތުގައި، މިހާތަނަށް ބެލި ބެލުމުން އެއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށް ބެލެވެ އެވެ.