ނީލަ ފިހާރަ ސަރަހައްދުގައި ރޯވެފައި: އެތަނުގައި ހުރި ހުރިހާ މުދަލަކާއި ޖެހިގެން ހުރި އިމާރާތެއް ވަނީ އަނދައި ހުލިވެފައި.
09 ޖެނުއަރީ 2023 - 06:42
މާލޭގެ ނީލަން ފިހާރައިގައި ވަރަށް ބޮޑަށް ރޯވެ މުޅި ސަރަހައްދު އަނދައި ހުލިވެއްޖެ އެވެ.
ފުލުހުންނަށް އެ ހާދިސާގެ މައުލޫމާތު ލިބުނީ 5:49 ހާއިރެވެ. އެމްއެންޑީއެފުން ކުރި މަސައްކަތުން އަލިފާން މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.
ދެ ފަޅިން ބޮޑު ސަރަހައްދެއް ނިއްވާލާފައިވާ އިރު މެދުތެރެއިން އަދިވެސް އަނދަމުން އެބަދެ އެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ.
މާލޭގެ ދެކުނު ފަރާތު، ކުރީގެ އެއް ނަމްބަރު ކުނިކޮށި ހިމެނޭ "ނީލަން ފިހާރަ" އިގައި ލަކުޑި އާއި ދަގަނޑާއި ޕްލާސްޓިކްގެ ގިނަ ބާވަތްތައް ގިނަ އަދަދަކަށް ވިއްކަ އެވެ. އެ ތަކެތީގައި ހުޅު ހިފައި މުޅި ސަރަހައްދުގައި ވަނީ ދުންބޯވެފަ އެވެ.
ސސ
އަލިފާން ނިއްވާލީ ވެލާނާ އެއާޕޯޓުގެ ފޯމު ވެހިކަލް ގެނެސްގެންނެވެ.
ނީލަން ފިހާރައިގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ނިއްވަން ސިފައިން ހަރަކާތްތެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް
އެތަނުގައި ތިބި "މިހާރު"ގެ ނޫސްވެރިން ބުނި ގޮތުގައި ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްތައް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
ނީލަން ފިހާރައިގައި ރޯވެ މުޅި ސަރަހައްދުގައި ދުން ބޯވެފައި. އަލިފާން ކޮންޓްރޯލް ކުރެވުނު އިރު ނީލަން ފިހާރައިގެ ހުރިހާ މުދަލެއް ވަނީ އަނދައި ހުލިވެފައި.
ގާތްގަނޑަކަށް 200 މީހުން ދިރިއުޅޭ އެތަނުގައި ރޯވި އިރު ބައެއް މީހުން ނިދާފައި ތިބި ކަމަށް ވެ އެވެ. އަނެއް ބަޔަކު ތިބީ ޑިއުޓީގަ އެވެ.
ނީލަން ފިހާރާގައި ރޯވެ އަނދަނީ.
— niumath (@niumath) January 9, 2023
ތަފްސީލް: https://t.co/D3ng18jjIr pic.twitter.com/B6gmjeIuvX
ނީލަން ފިހާރައިގައި ރޯވިކަން އެނގުމާ އެކު އެ އެންމެން ވަނީ އެ ތަނުން ނެރެފަ އެވެ.
ނީލަން ފިހާރައިގައި ރޯވުމާ އެކު ވަރަށް ދުރަށް ވިއްސައިގެން ދިޔަ ފީފާއެއްގެ މަތިގަނޑު. -- ފޮޓޯ | މިހާރު
އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނި ގޮތުގައި ނީލަން ފިހާރައިގައި ރޯވީ އެއްޗެއް ގޮވައި ބާރު އަޑަކާ އެކުގަ އެވެ. އެތަނުގައި ރޯވުމާ އެކު ފީފާއެއްގެ މަތިގަނޑެއް ކަހަލަ އެއްޗެއް ވަރަށް ބާރަށް ވިއްސައިގެން ދިޔަ ކަމަށް ވެ އެވެ.
ނީލަން ފިހާރައިގައި މިއަދު ރޯވެ މުޅި ސަރަހައްދުގައި ދުންބޯވެފައި. -- ފޮޓޯ | މިހާރު
އަލިފާނުގެ ހާދިސާއާ ގުޅިގެން އަނިޔާއެއްވި ކަމުގެ ރިޕޯޓެއް މިހާތަނަކަށް ނެތެވެ.
ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކުގައި ތިބި މުވައްޒަފުން އިމާދުއްދީން ސްކޫލުގައި. އަލިފާން ރޯވުމާ އެކު އެތަނުގެ ތެރެއިން އެންމެން ވަނީ ނެރެފައި.
ދުންބޯވެ އާއްމުންނަށް ދަތިވެފައިވާތީ އެ ސަރަހައްދުގެ ބައެއް ސްކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފަ އެވެ. އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލްގައި ވެސް ހެނދުނު ސެޝަންގެ ކިޔެވުމެއް ނެތެވެ.
އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގެ އިމާރާތެއް އަނދައި ހުލިވެފައި.
އެތަން ނިއްވާލުމަށް ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތަކެއް ވަނީ އާއްމު ދަތުރުފަތުރަށް ބަންދުކޮށްފަ އެވެ. ދުމުގެ އަސަރުކުރާ ގެތަކުގެ މީހުން، ދުމުން ރައްކާތެރިވުމަށް މާސްކް އެޅުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތައް އާންމު ދަތުރުފަތުރަށް ވަނީ ބަންދު ކޮށްފަ.
— Maldives Police (@PoliceMv) January 9, 2023
ދުމުގެ އަސަކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ މާސްކް އެޅުމަށް ދަންނަވަން.
ނީލަން ފިހާރައާ ޖެހިގެން ހުރި ތިން އެކޮމަޑޭޝަން ބްލޮކުގައި ތިބި ބިދޭސީ މުވައްޒަފުން ވަނީ މި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހިފަ އެވެ. އަލިފާން ރޯވި އިރު ނިދާފައި ތިބި މީހުން ނެރުނީ، ފަތިސް ނަމާދަށް ދިޔަ ބިދޭސީންތަކަކަށް އެ ވަގުތު އާދެވުމުންނެވެ.
އެކޮމަޑޭޝަން ބްލޮކްތަކުގައި ތިބި ބިދޭސީން އިމާދުއްދީން ސްކޫލްގައި.
އެ އިމާރާތާ ހަމައަށް އަލިފާނުގެ އަސަރުކުރުމުގެ ކުރިން ބައެއް އަންނައުނާއި އެހެން ސާމާނުތައް ކޮންމެވެސް ވަރަކަށް ނެރުނެވެ.
އަލިފާނުގެ އަސަރު ކުރުމުގެ ކުރިން ނެރެވުނު ބިދޭސީންގެ ބައެއް ސާމާނު
އެ އެންމެން އިމާދުއްދީން ސްކޫލުގައި މިހާރު ތިބިއިރު، ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން އަންނަނީ އެތަނުގައި ހަރަކާތްތެރިވަމުންނެވެ.
އަދި ސިޓީ ކައުންސިލްއާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން، ހާދިސާގެ އަސަރު ކުރި ލޭބާ ކުއާޓާސްތަކުގައި ދިރިއުޅުނު ބިދޭސީންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އެބަގެންދަން pic.twitter.com/YJ16MfhCVD
— NDMA Maldives (@NDMAmv) January 9, 2023
ނީލަން ފިހާރައިގައި މީގެ ކުރިން ވެސް އެކި ފަހަރު މަތިން އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދާފައި ވެ އެވެ.
އަލިފާން ރޯވެ ދުން ބޯވެފައި: އެމްއެންޑީއެފުން އަންނަނީ މި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން. -- ފޮޓޯ | މިހާރު
މި ފަހަރުގެ އަލިފާނުގެ ހާދިސާގައި ވެސް އެ ތަން ވަނީ ވަރަށް ބޮޑަށް އަނދައިފަ އެވެ.
ނީލަން ފިހާރަ ސަރަހައްދު ބަންދުކޮށް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ | މިހާރު
ރާއްޖޭގެ އެކި ރަށްރަށުގައި މިދިޔަ ހަފުތާ އިން ފެށިގެން އަލިފާނުގެ އެކި ހާދިސާތައް ހިނގަމުދާކަން ފާހަގަކުރެވެ އެވެ. ގދ. ފިޔޯރީ ސްކޫލުގެ އިމާރާތެއްގައި ރޭ ވަރަށް ބޮޑަށް ރޯވެފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ވަނީ ރ. އަލިފުށީގެ ކުނިކޮށީގައި ހުރި ފައިބަރުތަކެއްގައި ރޯވެފަ އެވެ. ފިޔޯރީ ސްކޫލުގައި ރޯވި އިމާރާތުގައި ކުދިން ކިޔަވާ ކްލާސްތަކެއް ވެސް ހިންގަ އެވެ. އެ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
A major investigation in to the recent incidences of fire in Male’ & atolls is now launched by @PoliceMv. We call for public support for it. Also, public order officers’ way of handling an elderly woman at the protest last night in Male’ is of concern. Will be looked in to.
— Mohamed Hameed (@M_Hameedh) January 9, 2023
ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވީ މާލެ އާއި އަތޮޅުތަކުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މިކަމުގައި އާއްމުންގެ އެހީތެރިކަމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
10 January 2023
މިއީ ހަމަ އަމިއްލައަށް ހިނގި ކަމެއް ބާވައޭ ހީވެ.
އެޑަމް
09 January 2023
މިއޮއް ވައިބާރު ވިއްސާރަމޫސުމުގަާވެސްހާދައަލިފާންގިނައޭ,އެއްތަނެއްގަރޯވިޚަބަރުކިޔާނުނިމެނީސް އަނެއްތަނެއްގަރޯވަމުންދާކަމީއާދަޔާޚިލާފުކަމެކެވެ މީގެކުރިންމިގޮތައްރޯވީ 2013ގަ,މޑޕއައް,އެއަހަރުއިންތިޚާބުކާމިޔާބުނުވީމާ, އަލިފާންގާތައްރުޅިއައިސްގެން ތަންތާހިފަންފެށީއެވެމިފަހަރުކާކުދެކެރުޅިއައިސްގެންބާއެވެ!.!
ކައުންސެލަރު
09 January 2023
މިފެންނަނީ ވެރިކަމުގެ ދަހިވެތިކަން. އަމިއްލައަށް ގޮނޑިން "ފުންމާލި" ދުވަހުގެ ފަހުދުވަހު ފެނުނީ މުޅިރާއްޖޭގައި ހުޅު ޖެހިތަން. އެކުދިން އަލިފާނަށް ވަރަށް ދޯޅަވާނެ. ހަމަ ކަމެއްވާއިރަށް ދުވެނަގާނީ އަލިފާނާ ދިމާލަށް. ރިޔާސީ އިންތިޚާބު ކައިރިވާތަން މިފެންނަނީ. ދެން އެއުޅެނީ ދެބޭފުޅުން ނަގޫގޮށްޖެހިގެން. އެހެންވީމާ އަލިފާނެއްނޫން އެއަށްވުރެ ބޮޑުކަމެއްވެސް ކޮށްފާނެ!
ނާޒިމު
09 January 2023
މިނޫނީ ނޯންނާނެ ބިދޭސީން ބޭނުންހާ ގޮތަކައް އުޅޭގައުމެއް .. އަހަރެމެން ބޮޑު ކުލިދައްކާ ދައްކާ ހަނާވަނީ އެކަމު އެމީހުން މުޅި އެސަރަހައްދު ހިފައިގެން ވިޔަފާރި ކުރަނީ..އަނެއްކާ މިހާލުގަ އުޅެނިކިޮއް ޖީއެސްޓީ ބޮޑުކޮއްފި
ދޯޕައްޓާ
09 January 2023
ތިޔައީ ޓެކްސް ނުދައްކާ އެތައް މިލިއަންރުފިޔާގެ ވިޔަފާރި ބިދޭސީން ކުރާތަނެއް، ތިތަން ބިމާހަމަކޮށްފަ ޕާކިން ޒޯނަކަށް ހެދިއްޔާ ފަހަރެއްގަ ދިވެއްސަކަށް ފައިދާކޮށްފާނެ.
އައިދާ
09 January 2023
ބަލަ ކޮންމެ ކާރެއް ރަޖިސްޓްރީކުރީ ގަރާޖް ސިޓީ ދީގެން ދެން ނުޖެހޭ އިތުރު ތަނެއް ދޭކަށް
ކިމް
09 January 2023
ތިއޮތީ ތިތަން އޮތް ގޮތް
ރޮނީ
09 January 2023
މުއިޒް ބޭނުންވި ގޮތަށް ތަން ލިބުނީތި
ހާދަމޮޅޭ
09 January 2023
މުއިއްޒުއާ ބެހޭ ގޮތުން ނޭނގޭ އެއްކަމެއްވެސް ނޯވޭދޯ. ކިހާ ވަގުތެއް ދޭތަ މުއިއްޒުއާ ބެހޭ ގޮތުން ތިވަރަށް ރިސާޗް ހަދަން.
ނުޒޫ
09 January 2023
ތީ ބޭކާރު ތަނެއް. ބިދޭސީން ގެ ތަރިކަ މުދަލަށް ހަދާގެން އުޅޭ ތަނެއް. ތިތަން އުވާލާ. ތި ބިމްގަ ބޭނުން ހެޔޮގޮތުގަ ހިފާ
ޖެރީ
09 January 2023
އެމްއެންޑީފްގަ ފޯމް ނުހުންނަނި ކީއްވެ. ކޮންމެ ފަހަރަކު އެއާރފޯޓްން ފޯމްލޮރީ ގެނެސްު މި ޖަހަނި.
ލަޔަރ
09 January 2023
ޕާރޓީ މީހުންނަށް ވަޢުދު ވި ވަޒީފާތައް ދީފައި ނުހުރޭ ބަޖެޓެއް މިކަހަލަ ކަންތަކަށް. ހަމަ ކަރުތާ ފެނުގަ އޮތީ
ކައުންސެލަރު
09 January 2023
ޝުކުރިއްޔާ ރައީސް ޔާމީން. ބުރިޖް އަޅުއްވައިދެއްވީތީ. މިފަހުން މާލޭގައި ހިނގި އަލިފާނުގެ ބޮޑެތިހާދިސާތަށް ކޮންޓްރޯލް ކުރުމުގައި އެއާޕޯރޓް ފަޔަލޮރީ/ފޯމް ލޮރީ ގެނައުމުގައި ބުރިޖަކީ އޮތް ވަން އެންޑް އޮންލީ ޗޮއިސް.
މޯޑްބޭ
09 January 2023
މުއިޒް ތިތަން ސާފްކޮށްފަ ފާކިންސުލޮޓް ހަދާ ވިއްކީމަ އިންތިހާބަށް މަނީ ލިބުނީ ބޯކޮށް.
ކޯޑްބޭ
09 January 2023
މުއިއްޒު ބުނިތަ ލާރި ނުލިބިގެން އުޅޭ ވާހަކަ.