ރާއްޖެ އައި މީހެއްގެ އަތުން މީގެ ކުރިން ކަސްޓަމްސުން އަތުލައިގަތް ބައެއް މަސްތުވާތަކެތި: ރާއްޖެއަށް އެތެރެކުރި 46 ކިލޯ ޑްރަގްސް ގެއްލުނު މައްސަލައެއް އަންނަނީ ބަލަމުން. --ފޮޓޯ/ކަސްޓަމްސް
17 ޖެނުއަރީ 2023 - 09:09
މަސްތުވާތަކެއްޗާ އެކު ރާއްޖެ އައި ދެ މީހަކު ކަސްޓަމްސް އިން އަތުލައިގަތް ފަހުން، މަސްތުވާތަކެއްޗާ އެކު ލަގެޖް ގެއްލުނު މައްސަލައަކާއި ލަގެޖުގެ އިތުރުން މީހަކު ވެސް ގެއްލުނު މައްސަލައެއް ބަލަމުން އަންނަކަން "މިހާރު" އަށް އެނގިއްޖެ އެވެ. މި މީހުން ގެނައި މަސްތުވާތަކެތީގެ ބަރުދަން 46 ކިލޯ އަށް އަރަ އެވެ.
އެނގިފައިވާ ގޮތުގައި މީގެ ދުވަސްކޮޅެއް ޕާކިސްތާނުން އައި މީހެއްގެ ލަގެޖުން 30 ކިލޯގެ މަސްތުވާތަކެތި ފެނުނުވެ. އެކަމަކު އެ މީހާ ފުލުހުންނާ ހަވާލުކުރި އިރު އެ މީހާގެ ލަގެޖް ވަނީ ގެއްލިފަ އެވެ. ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރީ މީހާ އެކަންޏެވެ.
މި މައްސަލަ ބަލަމުން އަންނަނިކޮށް، އިއްޔެ ވަނީ 16 ކިލޯގެ މަސްތުވާތަކެއްޗާ އެކު ރާއްޖެ އައި މީހަކު ވެސް ގެއްލިފަ އެވެ. އޭނާގެ ލަގެޖަަށް ވެސް ވީގޮތެއް ނޭނގެ އެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަކަން ވަނީ އެނގިފަ އެވެ. އެކަމަކު މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ނަމަވެސް، މަސްތުވާތަކެތި ހުރި ލަގެޖެއް ގެއްލުނު މައްސަލައެއް ދިމާވެގެން އުޅޭތޯ ކަސްޓަމްސްގެ ކޮމިޝަނަ ޖެނެރަލް އަބްދުﷲ ޝަރީފާ އިއްޔެ ސުވާލުކުރުމުން ވިދާޅުވީ އެފަދަ އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އަތުލައިގަންނަ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނަ ޖެނެރަލް ވިދާޅުވި ގޮތުގައި، ކަސްޓަމްސް އިން ބޭނުންވަނީ ތަކެތި ފާސްކުރާ ސަރަހައްދުގައި ކަސްޓަމްސްގެ އޮފިސަރުން އެކަނި ތިބެވޭނެ ގޮތެއް ހަމަޖެހުމެވެ. އޭރުން މިފަދަ ކަމެއް ދިމާވި ނަމަވެސް އެކަމުގައި ޒިންމާ ކަސްޓަމްސްއަށް އޮންނާނެ ކަމަށާއި މިހާރު އެކި އިދާރާތަކުގެ މުވައްޒަފުން ތިބެނީ އެއްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި މަސްތުވާތަކެތި އަޅާފައި ހުންނަ ފޮށި ފަދަ ތަކެތި އެއާޕޯޓް ތެރޭގައި، ކެމެރާއަށް ނާރާ ގޮތަށް ވަކި ތަންތަނެއްގައި ބެހެއްޓުމަށް ފަހު އެއާޕޯޓުން އެ ތަކެތި ބޭރުކުރުމަކީ އެހެން ބައެއް ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. މި ފަހުން ގެއްލުނު މަސްތުވާތަކެއްޗަކީ މިފަދަ އުކުޅުތައް ރާއްޖޭގައި ވެސް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެން
17 January 2023
ގެއްލުނީމަ އެތަނުގަ އެވަގުތު ޑިއުޓީގަ ތިބި މީހުންގެ ހަމަ އެއްވެސް ޒިންމާއެއް ނެތީ؟ އެޅޭނެ ފިޔަވަޅެއް ނެތީ؟ ފުލުހުން ގެންގުޅޭ ޗެއިން އޮފް ކަސްޓަޑީފަދަ އެއްޗެއްވެސް ހަދާފަ ނޯންނަނީތަ އެވަރުގެ އެއްޗެހި އެއަޕޯޓުގެ އެހިސާބުން ގެއްލޭއިރު؟
ާޖޯން
17 January 2023
ބޭރުގައުމުތަކައް ގެންގޮސް ކުރިޓްރޭނިން ހަމަމޮޅީ ގިނަދިވެހިންދާ ދެގައުމެއްގެ ހާލަތުއެގޭނެ އެއްމެނައް
ޅޮލީ
17 January 2023
ތި ކެމެރާ ތައްވެސް ރަގަޅައް ވިއްޔާ ސޯލިހުގެ އަންނަނީ ކެމްޕޭނު ދަށުން އަންނަނީ ކަމަށް ވާނީ އަދި ލޮލް
ނަށި
17 January 2023
މީދެން ކުޑަކުދިންންކަމައްތަ ހީކޮއްގެން މިއުޅެނީ
އަންތާރިސް
17 January 2023
ﷲއަކުބަރު ﷲއަކުބަރު ﷲއަކުބަރު! މިވެސް ޤަޢުމެއްތަ؟
ބުރާންޗު
17 January 2023
މަގޭ ހޭންޑް ލަގެޖްގަ ކަންވާރުކޮޅެއް އޮވެގެން ހީވީ ނިއުކުލިއަރ އެއްޗެއް އޮވެގެން ތެޅިބޭލީހެން
ވަހުތާން
17 January 2023
އޭގެން އެގެނީ ޑްރަގު ލޯޑުން ދަޢުލަތުގެ ކަންކަމަށް ވެރިވެފައި އޮތް މިންވަރު! ނުވަަތަ އެމީހުންގެ ދަށުވެފައިވާ މިންވަރު! ދިވެހިންގެ ހަތަރު އުދަރެސް ފެނުޖެހެނީީ!!!!!! ދަންނަ ބޭކަލެކޭ ދާޚިލީ ވަޒީރަކީ؟ ސާލިހެކޭ ވެރިއަކީީީީ؟؟؟؟ ދެން ކިޔާނީ ކީކޭ؟؟
ބަރުތީ
17 January 2023
މަގޭ ދަރި ކުޅެން ގަތް ބުދެއް މަގޭ ފޮށީގައި އޮވެގެން އެފޮށި ޗެކްކުރަން ޓެގް ޖަހައި ދެވަނަ ފަހަރަށް ސްކޭންކޮށް ބެލި. ބުދަކަށްވުރެން ތިޑްރަގް ނުރައްކާކަން ކުޑައީތާ. ނޫނޭ. މަސްތުވާ ތަކެތީގެ ބޮޑުންގެ ބާރު ތިފެނިގެން ދިޔައީ.
987ޔޫ
17 January 2023
ޝާހިދު އެބުނާ ފޯރމިއުލާ މީ
ސަންޕާ
17 January 2023
އެކި މުއައްސަސާ ތަކުން މީހުން ތިބީމަ ތިކަން ފަޅާ ތިއެރީ. ހަމައެކަނި ކަސްޓަމްސް ގެ މުވައްޒަފުން ތިބި ނަމަ ތިއީ ވީކަމެއް ކަންވެސް ނޭނގޭނެ. މިހާރުވެސް ކަސްޓަމްސް ތެރޭގައި ތިކަހަލަ އެތައް ޑީލެއް ނިމިގެން ދާނެ.
އެނދިމަރިޔަނބު
17 January 2023
ތެދެއް. މިހާރުވެސް ކަސްޓަމްސްގެ ވެރިޔާ އެބުނަނީ، ނޭނގެޔޯ ތިކަހަލަ ކަމެއް ހިނގިކަމެއް. ް