އުމްރާއަށް ދިޔަ ދިވެހި އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ގެއްލިގެން ހޯދަނީ ތާބިތް ހައްޖު އެންޑް އުމްރާ ގުރޫޕާއެކު މައްކާ އަށް ދިޔަ ހއ. ހޯރަފުށީ/ނޫވިލާގެ، ފާތިމަތު ވަހީދާ އެވެ.
އެ އެ ޖާމާއަތުން މިއަދު ބުނީ އޭނާ ގެއްލިގެން ހޯދަން ފެށީ އާއިލާގެ އެހެން މެމްބަރުންނާއެކު ދަމުނަމާދަށް ދިއުމަށްފަހު، މޯބައިލް ކާޑު އަދު ދަބަސް ބޭއްވުމަށްފަހު އާއިލާގެ މެމްބަރުންނާ ދުރަށް ގޮސް އެނބުރި ހޮޓަލަށް ނާންނާތީ ކަމަށެވެެ.
ވަހީދާ ނަމާދަށް ދިޔައިރު ލައިގެން ހުރީ ފިޔާތޮށި ކުލައިގެ މާޖެހި ދަނބު ކުލައިގެ ހެދުމަކާއި ވަޅުކުުލައިގެ ބުރުގާއެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އޭނާއަށް ގުޅޭ އެއްވެސް މައުލޫމާތއް އެނގޭނެމަ އެ ޖަމިއްޔާއަށް ހިއްސާ ކޮށްދިނުމަށް ވަނީ އެދިފަ އެވެ.