ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް ރިފްއަތު ބައިވެރިވެވަޑައިގަންނަވަނީ: އެ މައްސަލަ މިމަހު ނިންމާނެ
17 އެޕްރީލް 2023 - 14:52
ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ މިމަހުގެ 28 ވަނަ ދުވަހު ނިންމަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ހަމަޖައްސައިފި އެވެ.
ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ޓްރައިބިއުނަލުން މިދިޔަ އަހަރު ވަނީ ނިންމާލައިފަ އެވެ.
އިޓްލޮސްއިން ބުނިގޮތުގައި އެ މައްސަލާގެ ޓްރައިބިއުނަލްގެ ނިންމުން މިމަހުގެ 28 ވަނަ ދުވަހު މެންދުރު އިއްވާނެ ކަމަށެވެ. އެ މަޖިލިސް ލައިވްކޮށް ދައްކާނެ ކަމަށް އިޓްލޮސްއިން ބުންޏެވެ.
އެ މައްސަލަ ޓްރައިބިއުނަލްގައި އޮތުމުން ރާއްޖެއިން ވަނީ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ނިންމައިފަ އެވެ. އޭގެކުރިން ޗާގޯސްގެ މައްސަލާގައި މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އުފެދިފައިވާ މައްސަލާގައި އޭގެކުރިން ރާއްޖެ އޮތީ މޮރިޝަސްއާ ދެކޮޅަށެވެ.
އެކަމަކު މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެކަމަކު ސަރުކާރުން ބުނެފައިވަނީ ކަނޑުގެ ބައެއް އޭގެ ސަބަބުން ނުގެއްލޭނެ ކަމަށެވެ.
ޗާގޯސްއަކީ އިނގިރޭސިވިލާތުން އެމެރިކާއަށް ކުއްޔަށް ދިނުމުން އެމެރިކާއިން މިހާރު އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައިވާ ތަނެވެ. އެތަނުގެ މިލްކުވެރިކަމުގެ މައްސަލާގައި އިނގިރޭސިވިލާތާއި ޗާގޯސްއާ ދެމެދު އަބަދުވެސް ހިޔާލު ތަފާތުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސްކޯ
25 April 2023
މޮރިޝަސް އިން ކޯޓަށް މައްސަލަ ލީމަ މި ސަރުކާރުން ތިމަންނާމެން ތިކަމާ އެއްބަހޭ ބުނީމަ ދެން ކޯޓުން ނިންމަން އޮތީ ކޯޗެއްތަ. އިބްރާހިމްގެ ސިޓީއިން ތިއޮތީ ވިއްކާ ނިންމާފަ އެއްނު. ގިނަ ދިވެހީންނަށް އަދިވެސް މިވަރު ގެޓު ނުވޭ ތަ!!
ފީކޯތް އަލިފުޅު
18 April 2023
ރާއްޖެއިން ތިކަމާ އުޅޭ މީހުން ފައިސާގެ ދަހިވެތިކަމުގައި ތިކަން މިހާރު އޮންނާނީ ނިންމާފަ އެކޮޅަށް
ބިސް
17 April 2023
ތިތަން ދޫކޮށްލިޔަސް އިބޫ އަށް ބޯކޮށް ވޯޓު ލިބޭނެ
މޮންޑަ
17 April 2023
ރާއްޖޭގެ ސަރަހައްދުން އެއްމެ އިންޗިއެއްވެސް ދޫކޮއްގެން ނުވާނެ. ބަލަންވީ އަދިވެސް އިތުރަށް ލިބޭނެގޮތް. ޑރ މުނައްވަރު ގެ ރައުޔެއް ބޭނުންވާނެ.
ކޮރަލް
17 April 2023
މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމި އެވެ. އިންޑިޔާގެ ނުފޫޒް ރާއްޖެ އަށް އޮތް ވަރު މިމައްސަލަ އިން ވެސް ހާމަ ވެ އެވެ.