ސައިކަލު ވަގަށް ނެގި މައްސަލަތަކުގައި ކުރިން ވެސް ރެކޯޑް އޮންނަ މީހަކު، ވަގަށް ނެގި ސައިކަލެއްގައި ދަނިކޮށް އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ވަގަށް ނެގި ސައިކަލެއް ދުއްވަނިކޮށް ހައްޔަރުކުރީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުން އޭނާއަކީ ކުރިން ވެސް ސައިކަލު ވަގަށް ނެގުމުގެ ރެކޯޑް އޮތް މީހެކެވެ. އެހެންވެ، އޭނާގެ ބަންދަށް ކޯޓުން މިއަދު ވަނީ 30 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.
ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ވަރަށް ގިނައިން މާލޭގައި ދިމާވެ އެވެ. އެފަދަ މައްސަލަތަކުގައި ބައެއް މީހުން ޖަލަށްލާން ކުރިން ހުކުމް ކޮށްފައި ވެސް ވެ އެވެ.