ހދ. ނޮޅިވަރަންފަރުގައި ޓޫރިސްޓަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ އިއްޔެ މެންދުރު ކަމަށެވެ.

އެ ޓޫރިސްޓަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ ޓޫރިސްޓުންނަށް ހާއްސަ ކޮށްފައިވާ އަތިރިމަތީގައި ހުއްޓައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު މީގެ ކުރިން ވެސް ޓޫރިސްޓުންނަށް ފުރައްސާރަކުރުމާއި ޖިންސީ ގޯނާ ކުރުމުގެ. މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.