މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޕީއެންސީގެ 64 މެންބަރުންގެ ވޯޓާ އެކު ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާ ބިލް ވަނީ ބަލައިގެންފައި
25 ފެބުރުއަރީ 2025 - 14:22
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ހަވީރު ފަށަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައިފި އެވެ.
ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލް ބަލައިގަތީ ޕީއެންސީއަށް ނިސްބަތްވާ 64 މެންބަރެއްގެ ވޯޓާ އެކު އެވެ. ޕީއެންސީއަށް ނިސްބަތްވާ 11 މެންބަރަކު ވޯޓުގައި ބައިވެރިވަޑައެއް ނުގަންނަވަ އެވެ.
އެ ބިލް ބަލައިގަތުމާ ދެކޮޅަށް 12 މެންބަރަކު ވޯޓު ދެއްވި އެވެ. އެއީ އެމްޑީޕީގެ 11 މެންބަރަކާއި އަމިއްލަ މެންބަރެއް ކަމަށްވާ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން އެވެ.
އެ ބިލް ބަލައިގަތުމާއެކު، އެ ބިލް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއް މިއަދު ހަވީރު 4:00 ގައި ބާއްވަން ވަނީ އެޖެންޑާކޮށްފަ އެވެ.
ފަނޑިޔާރުންގެ ބެންޗްގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ އެންމެ ތިން މެންބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ބިލަށް ތާއިދު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ގިނަ މެންބަރުން ބަހުސްގައި ބައިވެރިވިއިރު، އެ ހުރިހާ މެންބަރުން ވެސް ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. މެންބަރުން ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުންނާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ބެންޗް ބަދަލުކުރުން ވާނީ ސީދާ ނުފޫޒު ފޯރުވުމަށެވެ.
މި ބިލާ މެދު ޕީއެންސީގެ ތެރޭގައި ހިޔާލު ވަނީ ތަފާތުވެފަ އެވެ. އެ ބިލާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕީއެންސީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 40 ވަރަކަށް މެމްބަރުންގެ ތެރެއިން މަދު ބޭފުޅުންތަކެއް ހިޔާލު ތަފާތުވި ކަމަށް ވެ އެވެ. އެ ބޭފުޅުންގެ ކަންބޮޑުވުމަކަށްވީ މުހިންމު މައްސަލައެއްގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެފަދަ ބަދަލެއް ގެނައުމެވެ.
ނަަމަވެސް، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ބިލަށް ތާއީދު ކުރައްވައި، މަޖިލީހުގައި ބަހުސް ކުރުމަށް މެންބަރުންނަށް އަންގަވައިފަ އެވެ. އެގޮތުން ޕީޖީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕަށް ފަލާހު ރޭ ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި ބިލަށް ތާއީދުކުރަން އެ ޕާޓީގެ ލީޑާޝިޕުން ވަނީ ނިންމައިފަ އެވެ.
ކޯޓުތަކުގެ ގާނޫނަށް މެންބަރު ސައްތާރު އިސްލާހު ހުށަހަޅުއްވާފައިވަނީ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކޮށް، ބިލް ފާސްކުރާތާ ހަތް ދުވަސް ތެރޭ، ފަނޑިޔާރު ކަމަށް ގާބިލް ނޫން ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ހުރިހާ ކަމެއް ނިންމުމަށެވެ.
ސަރުކާރުގެ ތާއީދާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލު ވާހަކަ ފެށުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު33
25 February 2025
ސުޕްރީމް ކޯޓަށް އަތްނުބާނާ ވެރިކަން ނުކުރެވޭނެދޯ؟!
އެންމެން ހެޕީ
25 February 2025
އިސްޕިރިން ކޯޓު ފުރާޅު ޓިނުނެގި މީހާ އަށް ވީގޮތް މަމެން ދެކުނީމު
ޢމޢޣ
25 February 2025
ފަނޑިޔާރުން ޤާބިލް ނޫންކަން އެނގިވަޑައިގަންނަވާނީ، އެ ބޭފުޅުންނަށްވުރެ މޮޅަށް އެ ރޮނގުން އިލްމު އުނގެނިވަޑައިގެން ތިއްބެވި މަޖިލީހުގެ މެމްބަރުންނަށްކަމުގައި އަޅުގަނޑު ހިތުގެ އެންމެ އަޑިން ޤަބޫލުކުރަން.
އޮނަރަބްލް އަފީފު ދީދީ
25 February 2025
ޤާނޫނުއަސާސީގައި އަމުރުކޮށްފައިވާ އެތައްމާއްދާތަކަށް ޤާނޫނީނަޒަރަކުން ބަލައިފިނަމަ، ސާފުކޮށްއިގޭ އޭގެޒާތުގައި އެއްބާރުން އަނެއްބާރަށް "ނުޙައްޤުބާރުވެރިކަން ފޯރުވައިގެން ނުވާނެކަމަށް" ކަޑައަޅާފައިއޮތް އޮތުމަކީ އެއްވެސް ޙާލެއްގައި ވެރިކަންހިންގުމުގެ އިދާރީބާރު ދީފައިވާ ރައީސުލް ޖުމްހޫރީޔާ އާއި، އަދި ސަރުކާރު ޒިންމާދާރުކޮށް ޤާނޫނުހެދުމުގެ ބާރުކަމަށް ކަޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުން ހަދާގޯސް ހުއްޓުވުމަށް ސުޕްރީމްކޯޓަށް އޮތް ހުރަހެއް ނޫންކަން.
ހަނު ހުރީމު
25 February 2025
މަ މިހިރީ ހަނު..
އޮނަރަބްލް އަފީފު ދީދީ
25 February 2025
މަޖިލީހުގައިތިއްބެވި "ނަމީރާ ނާޒިމް ފަދަ ބޭފުޅުން ބާރު އަޅުއްވަައިގެން" ރާއްޖޭގެ އެންމެމަތީކޯޓް ސުޕްރީމްކޯޓް ބެންޗަށް ބަދަލުގެނައުމަށް ކުރައްވާ މަސައްކަތުގައި "ފަނޑިޔާރުކަމަށް ޤާބިލްނޫން ދެ ބޭފުޅަކު މަޤާމުން ވަކިކުރުމުގެ ނަމުގައި" ރާއްޖޭގެ ސުޕްރީންކޯޓްގެ ބެންޗްގައިތިއްބެވި އެންމެ ތަޖުރިބާކާރު އަދި މިދާއިރާގެ އެންމެކުޅަދާނަ ދެބޭފުޅުންކަމަށްވާ ފަނޑިޔާރު ހުސްނު އަލް ސުޢޫދު އާއި، ފަނޑިޔާރު ޢައިޝަތު ޝުޖޫން ވަކިކުރާން އުޅޭއުޅުމަކީ ވަރަށްގޯސް ކަމެއް.
ސިޔާސީބެ
25 February 2025
ފަންޑިޔާރު ކަމުގެ ޝަރުތުގަ އޮވޭ ސިޔާސީ ވަކި ފިކުރަކަށް ތާއިދު ކުރާ މީހަކަށް ނުވުން. ތިބުނާ ސޫދަކީ ރަތްލާޖެހި އެމްޑީޕީ މީހެއްކަން ނުދަންނަ ކުޑަކުއްޖަކުވެސް ނޫޅޭ. ކުރީގެ ޓްވީޓްތަށް ފޮހެލުމަކީ ޝަރުތު ހަމަ ވުމެއް ނޫން. އޭރު އޭނަކީ ސުޕް ކޯޓަކަށް ވެސް ގާނޫނު އަސާސީއަށް ވުރެ މަތި ނުވެވޭނެއޭ. އެކަމަކު މިހާރު ނެތް ބާރެއް ނަގައިގެން އެއުޅެނީ