ފަރުތޮޅި (ބަރަކޫޑާ)--
14 މާޗް 2025 - 21:09
ލަނޑާ ނެގުމުގެ މަސައްކަތްކުރަމުން ދިޔަ ދިވެއްސަކަށް ފަރުތޮޅި (ބަރަކޫޑާ)އެއް ހަމަލާދީގެން އިންޑިއާއަށް ގެންގޮސް ފަރުވާދޭން ފަށައިފި އެވެ.
އީންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން 32 އަހަރުގެ ފިރިހެން މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ރާއްޖޭގަ އެވެ.
ނަމަވެސް ހާލު ސީރިއަސް ކަމުން އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސް، އަމްރިތާ ހޮސްޕިޓަލުގާ ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ވެ އެވެ.
އަމްރީތާ ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެ ތޮޅި ހެރިފައި ހުރީ އެ މީހާގެ މައިބަދައަށް ކަމަށެވެ. ވަރަށް ފުންކޮށް ތުންގަނޑު ހެރިފައި ހުރިއިރު އެ މަހުގެ ދަތްތައްވެސް މައިބަދައިގެ މަސްގަނޑުގެތެރޭގައި ހަރުލާފައި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އޭގެ ސަބަބުން އެ މީހާގެ އަތާއި ފައި އައްސިވެފައިވާ ކަމަށާއި އިންޑިއާގެ ޑޮކްޓަރުން ކުރި އޮޕަރޭޝަނަށްފަހު އެ މީހާގެ މަސްގަނޑު ތެރެއިން މަހުގެ ދަތުގެ 10 އެތިކޮޅު ނަގާފައިވެ އެވެ.
ނަމަވެސް މިހާރު އެ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.
ފަރުތޮޅި އަކީ މޫދުގައި އުޅޭ އެންމެ ދަތްތައް ތޫނު މަސްތަކުގެ ތެރެއިން އެއް މަހެކެވެ. ފީނާ މީހުންގެ ފަހަތުގައި ވަރަށް ގިނަ ފަހަރު ފަރުތޮޅި އުޅޭ ނަމަވެސް ފަރުތޮޅިއަކީ ގަސްދުގައި އިންސާނުންނަށް ހަމަލާދޭ މަހެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކޮއި
15 March 2025
ދިވެެއްސަކަށް މިވަރުގެ ބޮޑު އަނިޔާއެއްވެގެން މިއުޅެނީ އިންޑިޔާގައިތޯ؟ ދެން އިންޑިޔާއިން ރާއްޖެގެނެސް ފަރުވާދިނުމަށްފަހު އަނެއްކާވެސް ފަރުވާއަށް އިންޑިޔާއަށް ގެންދިޔައީތޯ؟ މިހެން އަހާލެވުނީ އިންޑިޔާގެ ނޫސްތަކާ ޙަވާލާދީފައިވާތީ.
މަށެއް ނޫން
14 March 2025
ހިއެއް ނުވޭ ފަރުތޮޅިއެއް ދިން ހަމަލާއެއް ހެނެއް! ތުންކުރުތޮޅި ނުވަތަ ޖަހާ ތޮޅީގެ ހަމަލާއަކާ ވައްތަރީ!
ތޮޅިފިސް
14 March 2025
އިންޑިޔާގެ ނޫހަކުންދޯ މިހަބަރު ދޭންނެހުނީ. ރާއްޖޭގަ ނެތީތަ މިކަން ދެނަހުރި މީހެއް.
ސާނދީ
14 March 2025
އެގޮތަށް އައިސް ހެރެނީ ބަރަކޫޑާއެއް ނޫން އަސްލު. އެހެން ވައްތަރެއް ގެ ތޮޅިއެއް އެއީ އަސްލު.
އަސްލޭ.
15 March 2025
އަސްލުތަ
ނެތީމޭނެތީމޭ
14 March 2025
އެ ހަމަލާ ދެނީ ފަރުތޮޅި އެއް ނޫނޭ އެހީވަނީ ފަރުތޮޅި ކަމަށޭ އެހަމަލާ ދެނީ ހަމަ ޖިންނިއޭ ތިޔާއީ ސިހުރު ހާހޫރުގެ ތެރޭން ސިހުރުވެރިން ރާއްޖެތެރޭގައި ތިބެގެން އެމެންގެ އަޚުން ދުވަސް ދުއްވާލަން ހަދާ ސިހުރުގެ ނަތީޖާއޭ މަމެން ބުނަން ނެތީމޭ ނެތީމޭ ނެތީމޭ...
ބްރޯ126
15 March 2025
ބްރޯ ހަމަތަ
ނޮންސެންސް ކޮމެންޓް
15 March 2025
ކޮންމެހެން ކޮމެންޓް ކުރަންޖެހޭތަ އެއްވެސް ތާކުންތާކު ޖެހޭ އެއްޗެއް ބުނަން ނެތަސް ނޫނީ ނޭނގުނަސް