ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒު: ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މިއަދު ވަނީ ނިންމާފައި - ފޮޓޯ: މިހާރު
04 މެއި 2025 - 15:34
ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެންމެ ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީޏް މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒުއާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ބަލަމުންދެ އެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނާ މައްސަލަ އެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާއިރު، ޖޭއެސްސީން އެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ މެދު ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ވަނީ މަޖިލީހާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ޝަކުވާ ހުށަހަޅުއްވައިފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އޭރު ސަސްޕެންޑު ކުރި އެވެ. ނަމަވެސް ފަނޑިޔާރު ސުއޫދު ވަނީ ފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުން އޭރު ސަސްޕެންޑްކުރީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލް ކޮށްފައި އޮއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
04 May 2025
ޤާނޫނީ ވަކީލު އަލީ ހުސޭނު ސުޕްރީމްކޯޓަށް ހުށަހެޅި މިމައްސަލަ އެކޯޓަށް ނުބެލޭނެކަމަށް ދައުލަތުގެ ބަންޑާރަނައިބް ބުނިކަމަށްވިޔަސް "ދައުލަތުގެ އެންމެޙާއްސަ ބާރު އަދި ޤާނޫނުއަސާސީގެ ބަލަދުވެރިފަރާތް ކަމުގައިވާ ސުޕްރީމްކޯޓް ބެންޗުން ނިންމީ" މިމައްސަލަ ސުޕްރީމްކޯޓަށް ބެލޭނެކަމަށާއި، "ދައުލަތުގެ ޤާނޫނުއަސާސީގެ ހަމަތަކާއި އުސޫލުތަކާއި ފުށުއަރާ ޤާނޫނެއް މަޖިލީހުން ހަދާނަމަ، އެކަންހުއްޓުވުމަށް ސުޕްރީމްކޯޓަށް ބާރުލިބޭތީ" މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް.
މިއޮތީ
04 May 2025
މިހާރު ރައީސްގެ އިހުލާސްތެރިކަން ހުރި މިންވަރު ވަރަށް ރަނގަޅަށް ހާމަވެއްޖެ. ދެން ހަމަ ހިލާ ރައީސްއަށް އާއެކޭ ބުނެވޭކަށް ނެތް
ޙަންބެ
04 May 2025
ކޮން ބައެއްތޭ ޖޭއެސްސީން ތިޔަ ނިންމުމުންނިންމުމަށް ވޯޓް ދިނީ. ހަބަރު ގެނެސްދޭއިރު މިކަންކަން މުހިންމު ނުވަނީތޭ
ސާސަ
04 May 2025
ފުރަތަމަ ތި ފަޑިޔާރުން ސަސްޕެންޑް ކުރީ ވެރިމީހާ ތަސްދީޤްކުރި އިސްލާހަކާއި ގުޅޭ މައްސަލައިގެ އަޑުއެހުމަށް ގޮސްތިއްބާ!! އެއީ އެމައްސަލަޔަށް ނުފޫޒް ފޯރުވައި މައްސަލަ ހުއްޓެވުން. އެއީ ޖުޑިޝަރީއަށް އަތްބޭނުން.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
04 May 2025
އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ބުނި މިހާ މިއޮތީ ދެއަތާ ދެފައި އެބާރުގެ ތެރެއަށް ބާނާ ރަނގަޅަށް އެބާރު ހަންމަތަކޮށްފައި. ދެން ހަމަ އެކަކަށް އެއްގޮތެއްވެސް ނުހެދޭނެ. ހަމަ ބަލަހައްޓައިގެން ތިބެން ޖެހޭނީ!!!
ދޫލަ
04 May 2025
އެހެންތޯ؟ އަޅުގަނޑު ނުދެނެހުރިން، އަޅުގަނޑު ތިކަން ބަލާނަން، ތީ ވަރަށް ދެރަކޮށް ހިނގިކަމެއް.
ފަރަންޖީ
04 May 2025
މީހަމަ ކަޑަ ގައުމަކީ. ސިޔާސީ މީހުންނަށް އެބައެއްގެ މަގުސަދު ހާސިލު ކުރުމަށް ގައުމުގެ އިންސްޓިޓިއުޝަންތަކަށް ބޭނުން އެއްޗެއް ހަދާލެވޭ އަދި ބައިތުލް މާލު ދަމާލެވޭ އެބަ.
ޟމމމ
04 May 2025
ކީހާ ޅެން ފަރިއްސަވެ ނިމިއްޖެ! ރައްޔިތުންނަކީ ގަމާރުން ކަމަށް ހީނުކުރާތި. ޜައްޔިތުން ބޭނުންވަނީ ޢަދުލުވެރި ތަހުޒީބު ހެޔޮވެތިކަމެއް. އެދިމާލަށް ދިއުމުގެ ބަދަލުގައި ފެންނަނީ ހުރިހާ ބާރެއް މުށުތެރެއަށްލާން މަސައްކަތްކުރާތަން. ސަލާން ދިވެހިންގެ ރާއްޖެ.
ފާފު
04 May 2025
އަޅުގަނޑު ޖުޑިޝަރީގެ ކަމަކާ ނުބެހެން ނުވެސް ބެހޭނަން އެއީ މުޅިން މިނިވަން ތަނެއް
އަސްލު.......
04 May 2025
އަޅުގަޑާ ބެހޭކަމެއްނޫނޯ ސުޕްރިންކޯޓު ފަޑިޔާރުން ބަދަލުކުރުމަކީ، ކަނޑައެޅިގެން ބޮޑުދޮގު،
ރުންކުރު
04 May 2025
ކިތަންމެ 'އިހުލާސްތެރި' ވެރިއެއް ހޮވިޔަސް ރައްޔިތުންނަކަށް މިނޫން ދަތުރެއް ނުޖެހޭ. ދައުލަތުގެ ހުރިހާ ބާރެއް އޮންނަން ޖެހެނީ ރައީސްގެ މުށުތެރޭގައި. މި ނޫން ގޮތަކަށްވެސް ވެރިކަން ކުރަން ދިވެހިން އެބަ ދަސްކުރަންޖެހޭ. މިއީ ހަމަ އެންމެ ފިނޑިކޮށް ވެރިކަން ކުރުން