ކުރީގެ ރައީސް މުހައްމަދު ނަޝީދު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
14 މެއި 2025 - 18:44
ކޮންމެ ވެރިކަމެއްގައި ފަނޑިޔާރުން ބަދަލު ކުރުމަކީ ހެދޭ ވަރަށް ގޯހެއް ކަމަށާއި އެކަން އެގޮތަށް ނުވާނެ ގޮތަކަށް ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާތީ އެވެ.
އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރަންޖެހޭ ކަމަށް ވެރިންގެ ހިތަށް ވަނުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި ރައީސް ބޭނުންފުޅުވާއިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ގާނޫނުއަސާސީގައި ތަސައްވަރު ކުރި ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ބައްޓަންކޮށްފައި ވަނީ އުއްމީދުކުރި ގޮތާ ހިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމަކަށެވެ.
ނަޝީދު ވިދާޅުވީ 2008 ގައި އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާ އެކު ސުޕްރީމް ކޯޓު އެކުލަވާލުމަށްފަހު 2013 އާއި 2018 އަދި 2023 ގެ އިންތިހާބުތަކަށް ފަހު، ކޮންމެ ވެރިކަމަކުން ވެސް ފަނޑިޔާރުން ބަދަލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ [ފަނޑިޔާރުން ބަދަލުކުރުން] ވަރަށް ބޮޑު ދެރައެއް. އަދި ގޯހެއް. މިކަން މިހެން ނުވާނެ ގޮތަކަށް ނިޒާމު ބަދަލުކުރަންޖެހޭ." ނަޝީދު ވިދާޅުވި އެވެ.
Verikan badhaluvaa konme faharaku Fandiyaarun badhal kuraan jehey kamah aa veringe hithah vannakamee varah bodu dhera eh. Raeesul Jumhooriyya beynunfulhu vaa irah Fandiyaarun badhal kurumakee Fehi Qaanoon Asaasee thasavvaru kuri gotheh noon. Ehenas mi QA battankohfai mivaanee,…
— Mohamed Nasheed (@MohamedNasheed) May 14, 2025
ނަޝީދު އެގޮތަށް ވިދާޅުވިއިރު ކުރީގެ ސަރުކާރުގައި އޭނާ މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން ވެސް ޖުޑީޝަރީއަށް ނުފޫޒު ފޯރުވި ކަމަށް އޭރު އިދިކޮޅުން ތުހުމަތުކުރި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ވަނީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިން މެދުވެރިކޮށް ހައްޔަރުކުރި އެވެ.
އެ މައްސަލާގައި ފަހުން ނަޝީދު ވަނީ އެއީ ހެއްދެވުނު ގޯހެއް ކަމަށާއި އެކަން ކުރަންޖެހުނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމުންތަކަށް އަބްދުﷲ ގާޒީ އަމަލު ނުކުރެއްވުމުން ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލާގައި ނަޝީދު 13 އަހަރަށް ޖަލަށްލާން ކުރިން ހުކުމްކުރި ނަމަވެސް ފަހުން އެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ބޭފުޅުން މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން ކޮމިޓީން ފާސްކުރި ފަހުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި، އެންމެންނަށް އެއް ހަމައަކުން އަމަލު ކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު ފިލްޒާގެ ލަފާއާ އެކު ދެ ފަނޑިޔާރުން ވަކިކުރުމަށް ކޮމިޓީން ތަޅުމަށް ފޮނުވައި، މިއަދު ވަނީ ވޯޓަށް އަހައިފަ އެވެ. ދެ ފަނޑިޔާރުން ވަކިކުރުމަށް ވަކިވަކިން ނެގި ވޯޓުގައި އެ ބޭފުޅުން ވަކިކުރަން ތަޅުމުން ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެެއިނާ
16 May 2025
ނަޝީދު ވަރު މީހެއް ނާދޭ..ތަސައްވުރެއް އޮތް
ޑރ ވާންޗޯ
15 May 2025
ސްޕްރީމްކޯޓުގަ ތަޅުއެޅުވީކީ ތަނުގަ ސަރީއަތްކުރިޔަނުދޭކަށްނޫނޭ، އެތަނަށް ވަގުވަންނަވަރުން ބަންދުކޮށްފަ ބަހައްޓަންޖެހުނީ.
ބައިރޯ
15 May 2025
ތިފަޑިއާރުން ހާވާ ހަޑި އަހަރެމެންނަ މިތިބީފެނިފައި،،،
ކަތްދައްތަ
15 May 2025
އަހަރަމެންގެ ޙަޔާތުގައި ފަނޑިޔާރުންނަށް އެންމެ ރައްކާތެރިކަން ބޮޑުކަމަށް ފެންނަނީ ރަން ތިރީސް އަހަރުގެ ދުވަސްތަކުގަ. އޭރުން ފަނޑިޔާރުން ޢައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު ޤާނޫނުއަސާސީން ސީދާ ރައީސް މައުމޫނަށް އޮތްއިރުވެސް މިޖަހާ ސަރަކާތެއް ނުޖަހާ. އަދި މީސްތަކުން މިހާރު ކިޔާގޮތުން މިހާރަށްވުރެ ޢަދުލު އިންސޯފުގެ ކަންކަން އޭރު ރަގަޅު. 2008 ގެ ފަހުން މުޒާހަރާ ޤާނޫނުއަސާސީ އައިސް ކޮންމެ ރައީސަކުހެން އުދާސްތައް ފިލުވަނީ ފަނޑިޔާރުންނަަށް.
ޏާއްކޮ
15 May 2025
ހައްހާ! ރަން 30ގަ "ރައްކާތެރި"ކޮށް އުޅުނު ފަނޑިޔާރުން އުޅުނީ މައުމޫނުގެ ތައްޕާހުގަ ކަން އަދިވެސް ގެޓެއް ނުވޭ؟
ހަސަންޓީ
15 May 2025
އެއީތެދެއް! ފަޑިޔާރުން ބަދަލުކުރަންވާނީ އެމްޑިޕީ ސަރުކާރުތަކުން އެކަނި. އެހެން ސަރުކާރަކުން އެކަން ކޮށްފިނަމަ އެއީ ފަޑިޔާރުންގެ ހައްޤު ގެއްލުނީ. އެމްޑީޕީ ސަރުކާރުން ފަޑިޔާރުން ވަގަށްނެގިޔަސް މަރާލިޔަސް އެއީ ފަޑިޔާރުގެ އިސްލާހްކުރަން ކުރާ ކަންކަން. ކީކޭ ބުނާނީ މިގައުމުގެ މަތީފަޑީގަވެސް މިތިބެނީ ދެބޯ ބުރާންތިން.
ފޭކު
15 May 2025
ތިއުޅޭ ވަކީލުންގެ ކަންތައްވެސް ވަކި ދެރެއެއް ނޫނެއްނު. މީހަކު ވަކިުކރާއިއަރަށް ހޮރުން ނިކުމެ ބުނާނެ އޭ ގޯހޭ. އަސްލުމައްސަލއަށް ޖުޑިސަލް ކަމިސަނުން ސިޔާސި މިނިވަނ ްކުރަން ކުރިކަމެއް ހަރާން. ދެން މީ ނޫސްތަކުން އެމީހުން ކައިރީ މިވާހަކަ ނާހާ އެތިބީ ލަދުން. ހާޑް ނުވާން. ކީއްވެތޯ އެންޑިޕީ ލޯޔަރުން އެބުނާ ރިފޯމިސްޓޫން އަސްލުމ ައްސަލަ ހައްލުުކުރަން ނުހުއްޓި އެކަން ވަންދެން ނޫޅޭނީ. ކޮންމެ މީހަކުވެސް ބޭނުންވަނީ ލާރި. އެނިމުނީ. ހުސްފޭކުން
ވާންޗޯ
15 May 2025
މަނިފާނު ގެ ވެރިކަމުގާ ވެސް ވީ ހަމަ މިކަން
ކައުންސެލަރު...
15 May 2025
ކޮންމެ ސަރުކާރަކުން ފަނޑިޔާރުން ބަދަލުކުރުމަކީ ގޯހެއް.. އެކަމަކު ފަނޑިޔާރުން ހިފާ ދަނޑިމާރުއަޅައިގެން ގިރިފުށްޓަށް ގެންދިއުމަކީ ފަރުޟެއް.. ދޮގުތަ؟
އަލިީ ފަޒާދު
15 May 2025
އާދޭހެވެ.. އެކަން ކުރާނީ ހަމައެކަނި އެމްޑީޕީންނެެވެ. ޝުކުރިއްޔާ
ފޮޅީމީޑީއާި
15 May 2025
ރިފޯމްގެ އަންމައާ އައްޕަކަމަށް ދައުވާ ކުރާ އެމްޑީޕީއިްނ ޖުޑީސަލް ކަމިސަންއިން ސިޔާސީ މީހުން ބޭރުކޮށް މިނިވަން ކުރަން ވައުދު ވެގެން ރައްޔިތުން ސުޕަރ މެޖޯރިޓީ ދިނީމާ އެކަން ނުކޮށް ދައުރު ނިންމާލީ ކީއްވެތޯ އެޕާޓީ ޕާރލިމެންޓް ރައީސް އާޒިމާ ޕާޓީ ރައިސް ފަޔާ އެންޑިޕީ ޖުޑީސަލް ރައީސް ހިސާނު ކައިރީ އަހ ބުނާ އެއްޗެއް ދިރާސާ ކޮށް ގެނެަސް ދޭނެ އެންމެ ނޫސްވެރިއެއްވެސް މިގައުމުގައި ނެތިއްޔާ މާނައަކީ ރައްޔިތުންގެ ހައްގުގައި އުޅޭނެ މީޑީއާއެއްމިރާއްޖެއަކު ނެތޭ.