ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ: ކަރަންޓު މައްސަލަ ތަކުރާރުވިޔަނުދޭން ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
01 ޖޫން 2025 - 19:34
މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު 12:45 ހާއިރު ކަރަންޓު ކެނޑުނު ގޮތަށް މުޅި މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކަށް ކަރަންޓު ދެވުނީ އިރުއޮއްސުން ފަހުންނެެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ.
ފަހުމީ ވަނީ ކަރަންޓު ދިނުމަށް އެ ކުންފުނީގެ މުވައްޒަފުންނާއި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
"މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އެކްސްގައި ކުރެއްވި ޕޯސްޓުގައި ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވަނީ ފަސް ގަޑިއިރު ކަރަންޓު ނެތި ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
ފަހުމީ ވިދާޅުވީ ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނެގަނެ، އެކަމާ ގުޅުންހުރި މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށެވެ.
ގިނަ އިރުތަކެއް ފަހުން އެކި ހިސާބުތަކަށް ކަރަންޓު ދޭން ފަށައި މުޅި މާލެއަށް ކަރަންޓު ދީފައިވާ ކަމަށާއި އެނަޖައިޒް ނުކުރެވި ހުރީ ހުޅުމާލޭ ރުއްގަނޑު 1 ގައި ހުރި ޓްރާންސްފޯމަރެއް އެކަނި ކަމަށް، އިރު އޮއްސުނު ވަގުތު ސްޓެލްކޯއިން ބުންޏެވެ.
މިއަދު މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ ސަބަބުން އޮފީސްތަކާއި ފިހާރަތަކާއި ކެފޭ ފަދަ ތަންތަނުގެ މަސައްކަތް ހުއްޓުމަކަށް އައިސް ބޮޑެތި ދަތިތައް ކުރިމަތިވި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ކަރަންޓު ކެނޑެން ދިމާވި ސަބަބު އަދި ހޯދިފައެއް ނުވެ އެވެ. އެކަމަކު ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފަހު އެކަން ބަލާނެ ކަމަށް ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މާލޭ ސަރަހައްދުން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބެލުމަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު..
02 June 2025
ތިފަދަ މުހިއްުމު ޚިދުމަތްތައް ދެމެހެއްޓޭނީ އިންޓަނެޓާއި ނުގުޅި ހުންނަ ޕްރައިވެޓް ނެޓްވާރކްއަކުން އިންޖީނުތައް ކޮންޓްރޯލްކުރާ ގޮތައް ކަންކަން ރާވައިގެން. ތި ނެޓްވާރކްގައި ބޭނުންކުރަންވާނީ ހަމައެކަނި ތި ނެޓްވާރކްގައި ބޭނުންކުރާ ވަސީލަތްތައް އެކަނި. އެހެންތަނެއް ގައި ނުވަތަ އެހެން ބޭނުމަކަށް ބޭނުންކުރާ ކޮމްޕިއުޓަރެއްވެސް ބޭނުންކޮށްގެން ނުވާނެ.
ޑރ ވާންޗޯ
02 June 2025
ބޮޑުގެއްލުމެއްނެތް، ވީގޮތެއްނޭގުނު. ދެން އެޅުއްވޭނެ ކަމަށް ފެންނަ ފިޔަވަޅަކީ ޖެނެރޭޓަރ ތަކަށް އިންޒާރުގެ ނޯޓިސްއެއް ލިޔެފަ އަބަދުވެސް ޖެނެރޭޓަރ ތަކަށް ފެންނަހިސާބުގަ ބެހެއްޓުން. ބޮޑުކޮށް ރަތްއަކުރުން ނިވިގެންނުވާނެ ޖަހާފަ.
އަނބާރަނަ
02 June 2025
މާބޮޑުކަމެއް ވިކީ ނޫނޯ. ފޫހިވެގެން ދެން ހަމަންކަރަންޓު ކަނޑާލީ ޔޯ. މީ މިމީސްމީހުންގެ ފެންވަރަކީ
ޑރ ވާންޗޯ
02 June 2025
ބޮޑުއެއްވެސް މައްސަލައެއްނެތް، ވީގޮތެއްނޭގުނު.! އެޔެއް މިޔެއް އަލިފާނެއް ފެނެއް ވަކިނުވިއިރު ދެން އެކަން ތަކުރާރު ވިޔަނުދިނުމަށްޓަކާ ކޮންފިޔަވަޅެއްތޯ އަޅުއްވަނީ؟.
އެކަލޯ
02 June 2025
ހީވާކަހަލަ މައްސަލަކުރިމަތި ވަންދެން ބަލަހައްޓައިގެން ހުރިހެން. ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް މި އަދު ލިބުނުގެއްލުން ތަޞައްވަރު ކުރެވޭތޯ.
މުއީތުޒު
01 June 2025
ރައީސްގެ ދުރުވިސްނުންފުޅާ ހިކުމަތާއި އިރުޝާދުގެ ދަށުން ކުރާތި
ވަކަބެ
01 June 2025
މައްސަލަ ނޭގި މައްސަލަ ތަކުރާރުވިޔަ ނުދޭން އެޅޭނެ ފިޔަވަޅެއް ނުވިސްނޭ! ތިވާހަކަ ޤަބޫލުކޮށް އަތްޖަހާނެ ބަޔަކުވެސް އުޅޭތީ ތިކަހަލަ މަޖާ ވާހަކަ ދައްކަނީ!
މާ ބޮޑު ކަމެއްނޫން
01 June 2025
ފަލަސްތީނާއި ޤައްޒާގަ 1 އަހަރު އަނދިރީގަ.. ނޯ ޕްރޮބލެމް
ބުޅާގޯނި
01 June 2025
ކުރިޔަށް 1 ފިޔަވަޅު ފަހަތައް 1 ފިޔަވަޅު އެނިމުނީ އެހެންނުން ދޯ
ވެދާނެ
01 June 2025
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކަމަށް ބުނެއުޅޭ އެއް ސަރަހައްދު ކަމުގައިވާ ޔޫރަޕްގެ ބޮޑު ބަޔަކުން ކަރަންޓް ގޮސް އެތައް ވަގުތެއް ނެގިފަހުން އަދި ނުވެ މާ ގިނަ ދުވަހެއް. އެންމެ އާދައިގެ ގައުމެއްގެ މިޒާތުކަމެއް ހިނގީމާ ދެން ނެތް އިތުރަކަށް ކުރާނެ ޝަކުވާއެއް. ކަމެއް ހަމަ ވެދާނެ!
މައްކޫ
02 June 2025
އެކަމާ މިކަމާ ވަރަށް ތަފާތު، މިކަނއކަން އިތުރަށް ދިމާވާނެތާ، ރޭޓް ވެސް ކުޑަކުރީ ވިއްޔާ، ތަނެއް ހިންގޭނީ މުސާޜަ ކުޑަކޮށް ސްޓާފުންގެ ޢަދަފު މަދުކޮށް ލިބޭ ފައިސާ އަށް އެކައުންޓަބްލްވެ ޤަވާއިދުން ބޭނުްވާވަރަށް ތެޔޮ ސަޕްލައިކޮށް އިންޖީންތަށް މެއިންޓެއިންކުރާނެ ފައިސާ ކުންފުނީގަ ހުރެގެން.