ސްޓެލްކޯގެ ކަރަންޓު ބިލެއް: ކަރަންޓު ބިލު ބޮޑު ކަމަށް ދައްކަނީ ޑިސްކައުންޓް ބިލްތަކާ އަޅާކިޔާތީ ކަމަށް އެ ކުންފުނިން ބުނޭ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
04 ޖޫން 2025 - 13:15
މިދިޔަ މެއި މަހުގެ ކަރަންޓު ބިލް ބޮޑު ކަމަށް ދައްކަނީ ކުރިން ޑިސްކައުންޓް ދީފައިވާ ބިލްތަކާ އަޅާ ކިޔާތީ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން އެހެން ބުނީ، މިދިޔަ މަހުގެ ކަރަންޓު ބިލްތައް، އަލަށް ކަނޑައެޅި ކުޑަ ޓެރިފް ރޭޓުން ހެދުމުން ވެސް މާ ބޮޑު ކަމަށް ބުނެ ބިލްތަކުގެ ސްކްރީންޝޮޓް ސޯޝަލް މީޑިއާގައި އާންމުކޮށް ބައެއް މީހުން ފާޑުކިޔަން ފެށުމުންނެވެ. އާންމުންގެ ބައެއް މީހުން ހިތްހަމަނުޖެހުންތަކާ އެކު، މިދިޔަ ތިން މަހުގެ ބިލްތައް އަޅާކިޔައި ދަނީ ޝަކުވާކުރަމުންނެވެ. މިދިޔަ މަހު ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައި ހުރި ބިލްތައް ވެސް، އޭގެ ކުރީގެ މަސްތަކުގެ ބިލަށް ވުރެ ބޮޑީ ކީއްވެތޯ މީހުން ސުވާލުކޮށްފައި ވެ އެވެ.
މިކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ގިނަ މީހުން ސޯޝަލް މީޑިއާގައި އަޅާކިޔާފައި ހުރި ދެ ބިލަކީ ވެސް ޑިސްކައުންޓް ދީފައި ހުރި ބިލްތައް ކަމަށެވެ. ސަރުކާރުން ވަނީ ރޯދަ މަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު މަހަކަށް ވާތީ އާއި މިދިޔަ މާޗް އަދި އޭޕްރީލް މަހަކީ ހޫނު ގަދަވުމުން ކަރަންޓު ބޭނުންކުރުން އިތުރުވާ މަސްތަކަކަށް ވާތީ ބިލްތަކުން ޑިސްކައުންޓް ދީފަ އެވެ.
ސްޓެލްކޯގެ އޮފިިޝަލް ވިދާޅުވި ގޮތުގައި އެ ދެ މަހު ކަރަންޓު ބޭނުންކުރި އަދަދާއި މިދިޔަ މަހު ކަރަންޓު ބޭނުންކުރި އަދަދު ބެލުމުން ވެސް އެއީ ޑިސްކައުންޓް ދީފައިވާ ބިލެއްކަން އެނގޭނެ އެވެ.
"ގިނަ މީހުން ސޯޝަލް މީޑިއާގައި ކޮމްޕެއާ ކޮށްފައި ހުރީ މިދިޔަ ދެ މަހުގެ ބިލާ. އެއީ ޑިސްކައުންޓެޑް ބިލެއް. އެހެންވީމާ އަސްލު އިންނާނީ ޑިސްކައުންޓް އެމައުންޓް ފެންނަން ވެސް. ބޭނުންކޮށްފައި ހުރި ޔުނިޓަށް ބެލީމާ އަސްލު އެނގޭނެ ޑިފަރެންސް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހަކީ ވެސް ހޫނު ގަދަ މަހަކަށް ވުމަކީ ކަރަންޓު ބޭނުންކުރި މިންވަރު އިތުރު ވެދާނެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ކަރަންޓު އިގްތިސާދު ކުރުމަށް އެދި ސްޓެލްކޯ އިން ބުނީ ކަރަންޓު މީޓަރުގެ މައްސަލައެއް އުޅޭތޯ ޔަގީން ކުރަން ހުރިހާ ކަރަންޓު ސާމާނެއް ނިއްވާލައި، އެގޮތަށް ހުންނައިރު ވެސް ކަރަންޓު މީޓަރު ހިނގާތޯ ބެލިދާނެ ކަމަށެވެ. ކަރަންޓު ކަނޑާލުމުން ވެސް މީޓަރު ހިނގާ ނަމަ އެއީ މީޓަރުގެ މައްސަލައެއް އުޅެނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް މި މަހުގެ 1 އިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެއާ އެއްގޮތަށް އަމަލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މޭ މަހުގެ 30 ގައި އަންގަވައިފަ އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ރައީސްގެ ނިންމެވުމާ އެއްގޮތަށް މިދިޔަ މޭ މަހުގެ ކަރަންޓު ބިލްތައް ތައްޔާރު ކޮށްފައިވަނީ އަގު ހެޔޮކޮށްފައިވާ ޓެރިފް ރޭޓްގަ އެވެ. އެހެންވެ ބިލަށް ލުޔެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެެ.
ކަރަންޓަށް ބިލް ކުރަނީ ބޭންޑުތަކަށް ބަހާލައިގެންނެވެ. އެ ބޭންޑުތައް ހަދާފައިވަނީ މަދުން ކަރަންޓު ބޭނުންކުރާ ނަމަ ދަށް ރޭޓްތަކުން ބިލްކުރާ ގޮތަށެވެ. އަދި ބޭނުންކުރާ ކަރަންޓުގެ މިންވަރު އިތުރުވުމުން އަގު ބޮޑު ރޭޓްތަކުގެ ބޭންޑުން ބިލްކުރާނެ އެވެ. މިގޮތަށް ހެދުމުގެ މައިގަނޑު ބޭނުމަކީ ފޯރުންތެރިކަން ކުޑަ ގޭބިސީތަކަށް ދަށް ރޭޓެއްގައި ބިލްކުރުމުގެ ފުރުސަތު ބޮޑުކުރުމާއި މަދުން ކަރަންޓު ބޭނުންކުރުމަށް ހިތްވަރު ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމާ އަލީ
06 June 2025
މަގޭ އެންމެ ބޮޑުބިލް އައީވެސް މިމަހު. ރޯދަމަސް ނުލާ މިކަޔަނީ.
ޞިލްމަތު
04 June 2025
މިދިޔަ 2 އަހަރުގެ ބިލާ އަޅަކިޔާއިރުވެސް މިފަހަރު ބިލު ބޮޑުތަނުން ބޮޑު. ދެން ކޮން ޑިސްކައުންޓް ބިލެކޭ މިކިޔަނީ. މިކަން ތަހުގީގު ކުރުމަށް ދަންނަވަން.
ކަޑަމިދާގޮތްބަދަލްކުރީމަވެސް
04 June 2025
އެއްޗެކޭ ކިޔަން ޖެހޭތާ ދޯ އެބަ ބިލްތައް ބޮޑު ކޮށްލާފަ.
ޔުނިޓޫ1
04 June 2025
ނުބައިކޮށް ރީޑިން ނަގައިފިއްޔާ ވާނެ ގޮތެއް، އެއީ މަތީ ބޭންޑުތަކަށް ގޮސް ޗާޖު ބޮޑުވެ ބިލު ބޮޑުވާނެ. އަހުރެންނަށް ފެން ބިލުގައި މިހެން ދިމާވެގެން އެކަން ހައްލުކުރަން އެމްޑަބްލިއުއެސްސީައށް ގުޅަގުޅާ ޙާލެއްގައި އުޅެންޖެހުނު. ރޯނުބައިކޮށް ރީޑިން ނަގާ، ހައިބޭންޑުތަކުން ޗާޖުކޮށްލާފައި އޮތީ. ކަރަންޓު ބިލުވެސް ބަލަންވީ ޔުނިޓް ޖަހާފައި ހުންނަނީ ރަނގަޅަށްތޯ.
މުލޭ
04 June 2025
ޑިސްކައުންޓް ނުދޭއިރު ލިބުނު ބިލްތަކަށްވުރެ ބޮޑު މިފަހަރުގެ ބިލް. ކިހިނެއްތަ މިވަނީ. ވަރުގަދަ އަރަތެއްތާ މިއީ. ޖަވާބު ހޯދަންޖެހޭ އަރަތެއް މިއީ.
އިދުރީސް އަލީ
04 June 2025
މީ ދުވަހަކުވެސް އަރައި ނުގަނެވުނު ކަމެއް. އަހަރުމެން ގެއަކީ ހެނދުނު 8:00 ގެ ފަހުން ، އައިސްއަލަމާރި ފިޔަވައި، އިތުރު އެއްވެސް ކަރަންޓެއް ބޭނުން ކުރާ ގެއެއް ނޫން. ގެއަށް މި އާދެވެނީ އިރުއޮއްސޭ ފަހުން. ގޭގަ އިންނަނީ ދެ ކޮޓަރި. 02 އޭސީ. އޭސީވެސް މި ޖައްސަނީ ނިދަންވީމަ 11 ޖަހާ ކަށްހާއިރު. އެކަމަކު 2000 ރުފިޔާއިން ނެއްޓޭ ވަރެއް ނުވޭ. 2000 ރުފިޔާ އިން މަތީގަ ކަރަންޓް ބިލް ކޮންމެ މަހަކުވެސް... ބޭނުން ނުކުރާ ކަރަންޓަށް ބިލް ކުރަނީ.
އަބތ
04 June 2025
ސްޓެލްކޯ މީހުން ހަމަތޯ ބަލަންޖެހޭ.
ބިލުންދޮގު
04 June 2025
ޑިސްކައުންޓް 2 މަހު މިގޭގެ ބިލް އަކީ 849ރ. ދެން އެހެން މަސް މަހު އެވްރެގްކޮށް އަރަނީ 1200 އާއި 1500 ދެމެދު އަދި ވޭތުވެދިޔަ 12 މަހު އެންމެ ބޮޑު ބިލް އަށް އެރީ 1700، ނަމަވެސް މިފަހަރުގެ ބިލް 2200ރ. މީދެން ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލްކުރާނެތޯ؟ 2 ކޮޓަރީގެ އެޕާޓްމަންޓެއް އުޅޭނީ 4 މީހުން.. ދިރިއުޅޭ މީހުންގެ އަދަދު އުތުރެއް ނުވޭ އަދި ކަރަންޓު ބޭނުންކުރާ ވަކި އާލާތެއްވެސް އިތުރެއްނުވޭ.
އެފުން މިފުށަށް
04 June 2025
ހާދަހާވާ ހެއްވާ ވާހަކަދައްކައޭދޯ؟ސްމާރޓް މީޓަރުން ނަގާނެ ހެދުމުގެ ރުލެއް އިތުރަށް ފިލުވާލިއަސް ކުދިންނޭ،އެހެންވީމައޭ ބައެއްބިލުތައް އަންނައިރު އަކުރެއްފިއްޔެއް ތަފާތުނުވެ އަދަދު ޖަހާލާފަ އެއިންނަނީ، ސްޓެްލްކޯ ބޭފުޅުންނަށް އެގޭނެ ތިބޭޅާގެ ހެދުމުގައި ކިތައްރޫކަން، ނަގަނީ ސަޓަޑޭގަ،ސަންޑޭގަ،މަންޑޭގަ، މިހެންގޮސް ހަފުތާ ނިމޭއިރުވެސް ބެލެއޭ، އިގޭތަ؟ ސްމާރޓްވާނެ!
އަސްލު.....
04 June 2025
މިވަރުމޮޅު ވާހަކައެއް ދައްބައެއް ނުދުކެން ދިވެހިބަސް ފިކުންފުނީގެ ޖަވާބުދެއްވާ ބޭފުޅުންނަށް އިގޭތަ؟