04 ޖޫން 2025 - 13:27
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކަން ހާމަކުރެއްވީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުންނަށް ފޮނުއްވި މެސެޖެއްގަ އެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"ކިހިނެއްތޯ ފެންނަނީ؟، ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫނާރާނެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ފުރުއްވުމަށް ފަހު، ރާއްޖޭގެ ސިޔާސީ ދާއިރާއިން މި ވަގުތު ދުރުގައި ހުންނެވި ނަޝީދަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލެވެ. އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް މީގެ އަހަރެއް ކުރިން އެ މަނިކުފާނު ވަނީ ގާނާއަށް ބަދަލުވެވަޑައިގެންފަ އެވެ. އަދި އެ މަގާމުގައި ހުންނަވައި، އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި ވެސް ސިޔާސީ މަަސައްކަތް، އަމަލީ ގޮތުން ނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިންތިހާބުން ބަލިކުރައްވައި ނަޝީދު ވެރިކަމަށް ވަޑައިގަތީ 2008 ވަނަ އަހަރު އެވެ. އެކަމަކު، އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި، ހިނގި ހަމަނުޖެހުންތަކަށް ފަހު، 2012 ވަނަ އަހަރު ރައީސަކަމުން އިސްތިއުފާ ދެއްވީ އެވެ.
އޭގެފަހުން 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވެސް ނަޝީދު ވާދަކުރެއްވި އެވެ. ނަމަވެސް، އެ އިންތިހާބު ބޮޑު ކޯލިޝަނަކާ އެކު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީންގެ ވެރިކަމުގައި ޓެރަރިޒަމްގެ ކުށުގައި، ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމްކުރި އެވެ. އެ ހުކުމާ ގުޅިގެން 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދައެއް ނުކުރެއްވުނެވެ.
އެ އިންތިހާބުގައި ނަޝީދުގެ ވެސް ތާއީދާ އެކު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ވެރިކަމުގައި ނަޝީދު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގަ އެވެ. ނަމަވެސް، އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، ޕާޓީގެ ކޮންޓްރޯލް ގެއްލި ދެ ބޭފުޅުންގެ ދެމެދުގައި ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ.
ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ އެންމެ ފަހުން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީ، ޑިމޮކްރެޓްސް އުފެއްދީ ޖޫން، 2023 ގަ އެވެ. ނަޝީދު އޭރު ވަނީ އެމްޑީޕީ "ރޫޅާލާނަން" ކަމަށް ވިދާޅުވެ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އިން ކެންޑިޑޭޓަކު ނެރެ ވަކިން ވާދަކުރިއަސް މާ ބޮޑު ކާމިޔާބީއެއް ނުލިބުނެވެ. އޭގެ ފަހުން، ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް ނުހޯދުނެވެ.
އެކަމަކު މި ފަހުން، ނަޝީދު ވަނީ ރާއްޖެ އާއި އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅުން ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން ޑިމޮކްރެޓްސްގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނައިދު ޝަރީފް
06 June 2025
ރައްޔިތުންގެ ވަރަށް ތާއީދުލިބި، ކުޑަދުވަސްކޮޅެއްގެތެރޭގަ އެ ތާއީދު ގެއްލުނުމީހެއް. ދެން ތިކަމާ އުޅޭނެކަމެއްނެތް. އެމްޑީޕީ ފުނޑާލެވޭނެކަމަށް ޕާޓީއެއް ހަދައިގެން މީހުން ހަމަނުވެގެން އުޅެންޖެހުނު ހާލުގެމަތިން ހަނދާންކޮއްލާ. ސިޔާސީ މަޝްރަހުގަ އުފެއްދި ފިތުނަޔަކުން ގައުމު ވެއްޓުނީ ބޮޑު އަނދަވަޅަކަށް.
ރީންދޫ ލަޝްކަރ
06 June 2025
ތާއީދު ހަމަ ތިކަމަށް. ނަޝީދު ވަކި ދެރައެއް ނުވާނެ އެމްޑީޕީ ގެ ލީޑަރަކަށް ވުމަކަށް. ދެންތިބި މީހުން ކޮންމެ އެއްޗެއް ކިޔަސް. ދެންތިބީކީ ސަހަލަ ބައެއްނޫން ވަކި.
މާރިޒް
05 June 2025
ރައީސް ނަޝީދުގެ 03އަހަރުގެ ވެރިކަމުގައި ތަޢާރުފް ކުރި ލާމަރުކަޒީ އަދި ޓެކްސް ނިޒާމާއި އާސަންދައާއި ބޯހިޔާވަހިކަމާއި ދަތުރު ފަތުރުގެ ނިޒާމާއި އަދި އިސް ރަށްވެހިންނަށާއި، ލޯފަން މީހުންނަށާއި، ނުކުޅެދުންތެރިންނަށާއި، އެކަނިވެރި މައިންނަށް ދިވެހި ދައުލަތުން ކޮންމެ މަހަކު ފޯރުކޮށްދޭން ފެށި މާލީ އެހީތެރި ކަމަކީ ހުރިހާ ރައްޔިތުންނަށް ތިޔާގިކަން ލިބިގެންދިޔަ ފައިދާހުރި ވަރަށް ރަނގަޅު ކަންތައްތަކެކެވެ.
ހަޖަމް ކޮއްލާ
05 June 2025
ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް ވެރިކަމަށް ވާދަ ކުރެވޭނެ އެއީ ސޯލިހުއާ މުއިއްޒު ގެ އެކަނި ހައްގެއް ނޫން!! ވެރިކަމާ ހެދި އުޅެންޖެހެނީ ވެސް އެދެ މީހުން އެކަންޔެއް ނޫން!!!
އާލިއު
05 June 2025
މިހާރުގެ ފެހި ޤާނޫނު އަސާސީގެ ދަށުން އުފެދުނު ރައީސް ނަޝީދުގެ ޑިމެކްރެޓިކް ވެރިކަމުގައި، 2012ފެބްރުއރީ 07ވަނަދުވަހު ރޯމާދުވާލު މުޅިރާއްޖޭގެ އެތައްހާސް ރައްޔިތުންގެ ކުރިމަތީީގައި ސަރުކާރާއި ދެކޮޅަށް ބަޔަކު ނުބައި ޢަމަލުތައް ހިންގަމުންދިޔައިރުގައި ވެރިކަން ދިފާޢު ކުރުމަށް ބާރުގެ ބޭނުން ކުރަންޖެހޭ ވަރަށް ނުކޮށް ޑިމޮކްރަސީގެ މިނިވަންކަން ރައްޔިތުންނަށް ދިނުމަށްޓަކައި ދޫކޮށްލެއްވީ ވެރިކަމެވ. ވީމާ ރައީސް ނަޝީދު އަކީ ޑިމޮކްރަސީގެ ނަމޫނާއެކެވެ.
ތެދުވެރި އަދުލުވެރިއެއް ބޭނުމީ
05 June 2025
ހަމަ ޕާޓީ އަކަށް ނިސްބަތްވާ މީހަކަށް ނޫނީ ވެރިކަމެއްވެސް ނުކުރެވެނީތަ؟ ވެރިކަމަށް އައިސް ޕާޓީ ކުދިންކޮޅާހެދި ވެރިން ސަލާމަތްނުވެ ހަލާކަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގަ އިންތިހާއަށް ބޮޑު. ދިވެހިންގެ ރިވެތި އަޚްލާޤު ހަރާބު ކުރީ ސިޔާސީ ބޭފުޅުން.
ރައްޔިތުނ ް
05 June 2025
2028 އަހަރުމެން ދޭނީ ޢުމަރަަށް!
ޑރ ވާންޗޯ
05 June 2025
ދިވެހިރާއްޖޭގެ ވެރިކަންކުރެވޭނީ 24 ގަޑިއިރު ހަމައިގަހުރެވޭތޯ ބަލާ އަދި ރައިއްޔަތުންވެސް ހަމައިގަ ބޭތިއްބޭތޯ ބަލާމީހަކަށް.
ކޮން
05 June 2025
ތިކަން ކުރާކަށް ނުފެނޭ
އީދު މުބާރިކު
05 June 2025
ފެނުމާ ނުފެނުން ނިންމާނީ ވޯޓުން.
ދޮން
05 June 2025
ދިވެހިންނަކީ ފުދުންތެރި އަމިއްލަ މަސައްކަތުން ކައި ބޮއެ ހެދި ބަޔެއް މޮޅުކޮއްލަށް ހިލޭ ތަކެތި ބަހާ ހެދުމުން ދިވެހި ޖީލްމިވަނީ އަތުން ފައިން މަސައްކަތް ނުކޮށް ސަރުކާރު ސަބްސިޑީ އަށް ބަރޯސާ ވެފައި އެހެން ކަމުން މިހާރު ވެރިކަމެއް ކުރާކަށް ކަމަކު ނުދޭ ، ސޮރީ