ގެދޮރުވެރިޔާ ފްލެޓްތައް: އެއްބަސްވުންތަކަށް އަމަލުކުރަން އަންގައި ވަގުތީ އަމުރެއް ކޯޓުން ނެރެނުދިން - ފޮޓޯ: މިހާރު
15 ޖޫން 2025 - 15:21
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ބައެއް މީހުންނާ އެކު، އެ ސަރުކާރުން ހެދި އެއްބަސްވުމާ އެއްގޮތަށް ފްލެޓްތައް ހަވާލުކުރަން ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް އިބޫގެ ސަރުކާރުން އާންމުކޮށް، އޭގެ ތެރެއިން ބައެއް މީހުންނާ އެކު އެއްބަސްވުމެއް ހަދާފައިވެ އެވެ. ނަމަވެސް އެ ފްލެޓްތަކުގެ މަސައްކަތްކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަންއާ އެކު ހަދާފައިވާ އެ އެއްބަސްވުންތަކަށް އަމަލު ނުކުރާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން އޭގެ ތެރެއިން 15 މީހަކު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މީހުން މައްސަލަ ހުށަހެޅީ ކުރިން ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ކަނޑައެޅުމަށާއި އެއްބަސްވުމާ އެއްގޮތަށް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފްލެޓް ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
އެ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެ މީހުން އެދުނީ އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ހުރަސް އެޅޭނެ ކަމެއް ނުކުރުމަށާއި އެ ފްލެޓްތައް މީހުން ފިޔަވައި އިތުރު ބަޔަކާ ހަވާލު ނުކުރަން އަމުރެއް ނެރުމަށެވެ.
ނަމަވެސް، ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ އެފަދަ ވަގުތީ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ. އެ ކޯޓުގެ ނިންމުމުގައިވަނީ ފްލެޓްތަކުގެ ދާއިމީ ލިސްޓް އަދިވެސް އިއުލާންކޮށްފައި ނުވާއިރު، އެއްވެސް މީހަކަށް ކުރިން ދޭން ނިންމާފައިވާ ފްލެޓެއް ނުދިނުމަށް ނުވަތަ ކުރިން މީހަކަށް ދީފައިވާ ފްލެޓެއް އެހެން މީހަކަށް ދިނުން ފަދަ ކަމެއް މިވަގުތު ކުރިއަށް ނުދާތީ އެފަދަ އަމުރެއް ނެރެންޖެހޭ ހާލަތެއް ނެތް ކަމަށެވެ.
މި ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގެ ގޮތުގައި ނޮވެމްބަރު 2023 ގައި އިބޫގެ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދޭން މިހާރު ނިންމާފައިވާ ކަން ހާމަކޮށްފަ އެވެ. ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް އިބޫގެ ސަރުކާރުން ލިސްޓެއް އިއުލާންކުރި އެވެ. އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނި އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1،218 މީހުންގެ ލިސްޓުގައި ހިމެނި އެވެ.
ނަމަވެސް މި ސަރުކާރުން އެ ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް މިދިޔަ ފެބުރުއަރީ މަހު ނެރެފައިވެ އެވެ. މި ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ހުރިހާ ވެރިފިކޭޝަންތަކަށް ފަހު، ބެލިއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
ގިނަ މީހުންގެ ޝަރުތު އުނިވެފައިވަނީ މާލޭގައި މެދުނުކެނޑި އުޅުނުކަން ސާބިތުކޮށް ނުދެވުމުން ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ. މާލޭގައި ދިރިއުޅުނު ކަން ސާބިތުކުރަން ކައުންސިލްތަކުން ދިން ލިޔުން ކުރީގެ ސަރުކާރުން ބަލައިގެންފައިވީ ނަމަވެސް، މި ސަރުކާރުން ނިންމީ އެ ލިޔުންތައް ބަލައިނުގަތުމަށެވެ.
ފައިނަލް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ގިނަ މީހުންގެ ޝަރުތު އުނިވީ އެ މީހުން މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަން ލިޔުންތަކުން ސާބިތުނުވާތީ ކަމަށްވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ލިޔުންތަކަށް ބަލާނެ ގޮތަށް މި ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލެޓުމާނިޔާ
16 June 2025
މައްސަލަ ލީ 15މިހުންގެ ވަނަ ވަރު އާންމުކޮށް ދެވްވުން އެދެމެވެ.އޭރުން އެއީ އެލިބެން ޖެހޭ ބައެއްތޯ އާންމުން ނަށް ވެސް އެގޭނެ އެހިސާބުން ކޯޓުން ނިންމާނިންމުން ރަގަޅު ތޯވެސް ބެލޭނެ.
ޒޫނާ މުހައްމަދު
16 June 2025
އިބޫމެން އެތައް ބަޔެއްގެ ހައްގަށް އަރައިގެން ދިން ފްލެޓް ތަކެއް ތިއީ. ތީގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ވެއްޖެ. މިލިސްޓަށް ދޭކަށް ނުޖެހޭ.
ފާތުން ސޯލިހް
16 June 2025
މިކަމުގައި ކޯޓަށް ދިޔަ ފަރާތްތައް އިނގޭ. އަދި އެމީހުންގެ ލޯޔަރުންވެސް އިނގޭ. ކުލަ ޔެލޯ މީހުން އެއީ. މިވާ އެއްޗެއް ދެން ވިސްނާލާ
އަފާފް ސައީދު
16 June 2025
ކޯޓުން ތިހެދީ ރަނގަޅަށް. ވަކި ބަޔަކަށް މަންފާވާހެން ނެރުނު ލިސްޓެއް އެމްޑީޕީ ވެރިކަމުގައި ތިޔަކީ. އިނގޭތީ މިބުނީ.
މޫސާ ޔައިޝް
16 June 2025
ނެރެން ޖެހޭ އެއްވެސް ސަބަބެއް ނެތް. މީ ސިޔާސީ ބަޔަކު އަޑީގަ ތިބެގެން ޖައްސާ ސްޓަންޓެއް.
ދެރަ
16 June 2025
"ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ވަނީ ބުނެފަ އެވެ." ރަށުގެވަޅު އޮތަވާ ދެމަފިރިންނަށް ކުންފުނި ފްލެޓް ލިބިފަ ހުރި މީހުންވެސް ލިސްޓްގަ އެބަތިބި، ދެން.....
ޒުބޭރު
16 June 2025
މޯލްޑިވުސް 2.0 އަށް ގޮންޖަހާ އަދިވެސް ކޯޓު އޮތީ 1900 ގެ ކުރީކޮޅުގައި. ދައުލަތުގެ ކޮންމެ ތާކަށްވެސް ފަސޭހަކަމާއެކު ބަލައިލެވޭ ގޮތައް ހުންނަ މައުލޫމާތުވެސް ރައްޔިތުން ގަނަތަޅުވައިން ހޯދުމުގެ ގައުމީ އިނާމު ސިވިލް ކޯޓައް ދެމެވެ.
ޕޮލި ޕުރޮފެސަރު
16 June 2025
މަދަނީ ކޯޓުން އެތަނަށް ވައްދާ ކޮންމެ މައްސަލައެއް ވިޔަފާރީގެ މުއާމަލާތެއްގެ ގޮތެއް ބެލީމާ ވާ ގޮތް ތީ. ކޮސްޓު ބެނިފިޓް އޭންގަލުން ރައްޔިތުންގެ ހައްގުތަކާ ގުޅުންހުރި މައްސަލައެއް ފުރަތަމަ ބަލައިގެން ވެސް ނުވާނެ!! ތި ކޭސްގައި ތިއޮތީ މިސަރުކާރުން ސިޔާސީ ފައިދާއަށްޓަކާ ކުރިން ގޯތި /ފުލެޓު ލިބިފަ ހުރި މީހުންގެ އަތުން ގޯތި/ފުލެޓުތައް އަތުލާ އަލުން އާބަޔަކަށް އެތަންތަން ދީގެން ހޯދޭނެ ސިޔާސީ މަންފާ ބޮޑުވާނެ ކަމަށް ލަފާކޮށް މައްސަލަ ތިގޮތައް ނިންމާފަ.
މުވީ
16 June 2025
މައްސަލަ ބަލާ މީހާއަށް އޮންނާނެ ކޮސްޓު ބެނިފިޓްވެސް ދެއްތޮ؟ ލޮލް
ކޮޕީ: ސިވިލް ކޯޓު
16 June 2025
ވެރިކަމުގައި ހުރީ ކާކުތޯ މުހިންމެއް ނޫނެވެ. އަދި އެއީ މިދިޔަ ސަރުކާރުތޯ ނުވަތަ އޭގެ ކުރީސަރުކާރުން ކުރި ކަމެއްތޯވެސް މުހިންމެއް ނޫނެވެ ދައުލަތް ރިޕުރެޒެންޓުކުރާ ފަރާތަކުން ރައްޔިތަކާއެކު އެއްބަސްވުމެއް ހެދުމަށްފަހު އެ އޮނާ ކުރުމަކީ ޖެހިގެން އަންނަ ސަރުކާރެއްގެ މައްޗަށް ވާޖިބެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ކަން ހިނގަނީ އެގޮތަށެވެ. އަދި އިސްލާމީ ޝަރީއަތްވެސް ބުރަވަނީ އެގޮތަށެވެ. ސަރުކާރު ބަދަލުވިޔަސް ދައުލަތް އޮންނަނީ ދައުލަތުގެ ގޮތުގައެވެ!
ނިއުދިއްލީ
16 June 2025
އާދެ އާދެ. އިންޑިޔާ ކަހަލަ ކޯޓުގެ ނިޒާމު ވަރުގަދަ ތަންތާ މިކަހަލަ މައްސަލައެއް ހުށަހަޅައިފިނަމަ ކޯޓުން ވަކިގޮތެއް އަންގަންދެން ތަން ލިބިފަ ހުރި މީހުންގެ ހައްގު އިތުރަަށް ގެއްލިދާނެކަމަށްޓަކާ ވެސް އެބަހުރި އަމުރު ނެރިފަ ސަރުކާރުގެ މައްޗަށް. އެކަމަކު ދޫނި ރާއްޖޭގެ .. ކޯޓުތަކުގައި ކަން ހިގަނީ އޭގެ ދިމާ އިދިކީއްޔަށް
ކޮޕީފަތް
16 June 2025
އެ ހެޔޮދޯ ނުހައްގުން ، ހެދިފައިވާ ގަވާއިދާ ހިލާފައް ހެދި އެއްބަސް ވުމަކަސް. ސަރުކާރުން އެގްރީމެންޓެއް ހެދީތި ދުވަހަކު މާލެ ނާންނަ މީހުންނަށް ދިނަސް އޯކޭ ؟
ިހިޔާ
16 June 2025
ހިޔާަ އަތުލި އިރު ހަނު ހުރީޔޯ. ސަރުކާރުން ދިން ސްޓޭމްޕް ޖެހި ލިޔުމެއް. އަދި ޔެލޯ އިން އެބުނަނީ މިހާރުވެސް އެއީ އެގްރީމަންޓެއް ނޫނޭ އެލޮކޭޝަން ލިޔުމެކޯ
މާޖި
15 June 2025
ތިކޯޓުތަކުން އާދައިގެ މީހާ ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމުދެކެ މާޔޫސްވެ ފޫހިވާނެ ހުރިހާކަމެއް ކުރާނެ.