ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓުގެ މަސައްކަތް ބައްލަވާލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތުގައި އުޅޭ ބައެއް މީހުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
19 ޖޫން 2025 - 18:21
ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 4،000 ފްލެޓުގެ މަސައްކަތް ގޮސްފައިވާ ހިސާބު ރައީސް މުއިއްޒު މިއަދު އެ ސަރަހައްދަށް ވަޑައިގެން ބެއްލެވި ކަމަށެވެ. އަދި އެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފުސީލު ވެސް ރައީސާ ހިއްސާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި 4،000 ފްލެޓަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ތަންތަނެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން މި މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
މި ފްލެޓުތަކުގެ މަސައްކަތް ނިންމައި އަންނަ މަހު ހަވާލުކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
— The President's Office (@presidencymv) June 19, 2025
މި ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމުކޮށްފަ އެވެ.
އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
މި ފްލެޓްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެންމެ ފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓު ކަމަށާއި އެ ނޫން ލިސްޓެއްގެ ގޮތުގައި ވިޔަސް، އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.
— The President's Office (@presidencymv) June 19, 2025
ނަމަވެސް، ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ފައިނަލް ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޝަރުތުތައް ސާބިތުކުރަން ހުށަހަޅާފައި ވަނީ ސައްހަ ނޫން ލިޔުންތަކެއްކަން ސާބިތުވާ ނަމަ، އެ މީހެއްގެ ފޯމު ބާތިލްކުރާނެ ކަމަށާއި ޝަރުތެއް ހަމަނުވާކަން ސާބިތުވެއްޖެ ނަމަ، އެ މީހެއްގެ ފޯމު ވެސް ބާތިލްކުރާނެ ކަމަށެވެ. އަދި ދެމަފިރިއަކަށް ފްލެޓެއް ލިބިފައިވާ ނަމަ، ފްލެޓް ލިބޭނީ އެތަނުން އެކަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ސްކީމްތަކުން ބިން ލިބިފައިވާ މީހުންނާއި ގެދޮރު ހުރި މީހުން ވެސް ލިސްޓުން އުނިކުރާނެ ކަމަށާއި އެގޮތަށް އުނިކުރާ މީހުންގެ ޖާގައަށް މީހުން ހޮވާނީ 75 މާކްސް އަށް ވުރެ މަތިން ލިބިފައިވާ މީހުންގެ މެދުގައި ގުރު ނަގައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1181
20 June 2025
ވެރިކަމަށް ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވީއިރު މަނިކުފާނުގެ ވެރިކަމުގައި އަލަށް ފެށުނު ސޯޝަލް ހައުސިންގެ ޕްރޮޖެކްޓެއް ފެންނާކަށް ނެތެވެ. މިރާއްޖޭގައި އޮތް ހުރިހާ އިޖުތިމާއީ މައްސަލައެއްވެސް ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލައާ ގުޅިފައިވާއިރު، އަދި މާލޭގައި މީހުން ބޮޑުކުލިދައްކައިގެން ގަނަތެޅެމުން ދާއިރު ސަރުކާރަށް ސީރިސް ކަމެއްގެ ގޮތުގައި އެކަމެއް ނުފެންނަ ކަހަލައެވެ. ވަޒީރުންވެސް އަޗާތަޅާފަ ފޮނިކަނޑަނީއެވެ. ސީރިއަސްމަސައްކަތެއް ކުރާތަނެއްނުފެނެ.
އެމްސް
19 June 2025
ރައީސް ނޫން މީހަކު މިސަރުކާރަކު ނެތެވެ!
އޮނަރަބްލް އަފީފު ދީދީ
19 June 2025
މިހާރުވެސް މާލޭމީހުނަށް ދޫކޮށްފައިވާ ފުލެޓްތަކަށް %80 މީހުން ފައިސާ ނުދައްކާތީ 800 ވަރަކަށް މިލިޔަން ރުފިޔާ ނުލިބި އެބަހުރި. ނަތީޖާ އެއްގެ ގޮތުން ޗައިނާ އާއި ބޭރުގެ މާލީ އިދާރާތަކުން ހައުސިންގ ސްކީމަށް ލޯނު ދިނުމަށް ފާޅުގައި ދަނީ ދެކޮޅު ހަދަމުން. މިއީ ދައުލަތަށާއި ބޯހިޔާވަހިކަން ނެތި "ކުލީ އަޅުންގެ ގޮތުގައި ކ.މާލޭގައި އުޅެން މަޖުބޫރުވެފައިވާ ދިވެހިންނަށް" މުސީބާތަކަށް ވެފައިވާ ކަމެއް. ކީއްވެ މިކަންކަމާއިމެދު ފިޔަވަޅު ނާޅަނީ؟
އޮނަރަބްލް އަފީފު ދީދީ
19 June 2025
ތިޔަ 4000 ފުލެޓް ދޫކުރާއިރު ބޭންކް މެދުވެރިކޮށް ފުލެޓް ލިބޭ ފަރާތާއި ފުލެޓް ޙަވާލު ކުރޭ. މިއީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ހައުސިންގ ސްކީމް ހިންގުމުގައި ގެންގުޅޭ އުސޫލެއް. ފައިސާ ނުދައްކާނަމަ ބޭންކުން ފައިސާ ހޯދަން މަސައްކަތް ކުރާނެ. އަދި ފައިސާ ދައްކާ ޙަލާސް ނުކުރާނަމަ ނުވަތަ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާ ފަރާތް ތަކަށް ބޭންކް ތަކުގެ މުއާމަލާތް ތަކުގައި ހުރަސް ކުރިމަތިވެ ދަތިތަކާއި ކުރިމަތިލާން ޖެހޭނެ. އެހެންވެ ފައިސާ ދައްކާނެ.
އޮނަރަބްލް އަފީފު ދީދީ
19 June 2025
ދިވެހިދައުލަތް އެތައް ބިލިޔަން ޑޮލަރަށް ދަރަނިވެރި ވެފައިވާއިރު އޭގެތެރެއިން %70 ފައިސާ ޙަރަދުކޮށްފައިވަނީ ކ.އަތޮޅުމާލެއަށާއި އެރަށު ރައްޔިތުންގެ މައްޗަށް. 300މ ޑޮލަރުގެ ބުރިޖުން ހިލޭ ދަތުރުކުރެވޭގޮތް ހަދާފައިވާއިރު މިއީ ދުނިޔޭގައިވެސް "ހިލޭ" ދަތުރުކުރެވޭ އެންމެ އަގުބޮޑު ބުރިޖް. ފުލެޓްތައް ލިބުނު މާލޭމީހުން އެތަންތަނަށް ދައްކާންޖެހޭ ފައިސާނުދައްކާ ބޮޑުއަގުގައި ފުލެޓްތައް ދެވަނަ ފަރާތަކަށް ކުއްޔަށްދީގެން އެފައިސާ ކަމުންދާކަން ސަރުކާރަށް އިގޭ.
އޮނަރަބްލް އަފީފު ދީދީ
19 June 2025
ރައީސުލް ޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ފުލެޓްގެކަންކަމާއި ބެހިވަޑައިގަންނަވާގޮތަށް ދައުލަތްދަރަނިކޮށް އެތައް ބިލިޔަންޑޮލަރުގެ ދަރަނިނަގައިގެން ތަރައްޤީކުރި ސޯޝަލް ހައުސިންގ ފުލެޓްތައް ލިބުނުމީހުން އެއްބަސްވުމާއިއެއްގޮތަށް އެތަންތަނަށް ދައްކާންޖެހޭ ފައިސާ ނުދައްކާނަމަ އެއްބަސްވުން ބާތިލްކުރަން ނުވަތަ އެއްބަސްވުމުގައިވާގޮތަށް ފުލެޓް ޙަވާލުކުރި ފަރާތްތަކުން ފައިސާހޯދަންވެސް މަސައްކަތް ކުރަންވާނެ. އެހެންނޫނީ ފުލެޓް ދޭންވެސް އުޅޭނެ ކަމެއްނެތް.
ކަނބިލި
19 June 2025
ސަރުކާރު އޮތީ ހުއްޓިފައި. ބަޖެޓް ނެތިގެން. ޕްރޮޖެކްޓްތައް ހުރީ ހުއްޓިފައި. ސުމަކުން ދާނީ. ކޮބާ ރަސްމާލެ ޕްރޮޖެކްޓް؟ އައްޑޫ ބުރިޖު؟ ބަންކަރިން ކޮބާ؟ ޗޮކަކުން ދިއައީ
ހެލޯ މުއިއްޒު
19 June 2025
ކޮބާ މިދިޔަ ސަރުކާރު ގެދޮރުވެރިޔާސްކީމަށް ރައްޔިތުން ތެޅި ހަލާކުވެގެން ލީ އެޕްލިކޭޝަންތައް؟ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އަލުން އެޕްލައިކުރަން މިއޮތް ޓެކު ޒަމާނު ނުޖައްސާތި!!!. ޕޯޓަލްއަކަށް އެޅި އެއްޗެއް އެއީ ޕޯޓަލުގައި ހުންނަންޖެހޭނެ
މރ.ކާޕެޓް
20 June 2025
ޔާމީނު ސަރުކާރުގަ ރައްޔިތުން ލީ ހުރިހާފޯމެއް ސޯލިހު ސަރުކާރުން ދުމަށް އަރުވާލާފަ އަލުން ލިސްޓެއް ހަދައިގެން ފްލެޓްތައް މޑޕ މީހުންނަށްބަހާލީ. ޕޯޓަލްއިން އެދުނު ހުރިހާ އެއްޗެއްވެސް ބެއްޖެ ސޯލިހު ބާޠިލުކޮށްފަ.
ވައުދާހުވާ ކުރާނެޔޭ.
19 June 2025
ކޮބާހޭ ނުކުޅެދޭ މީހުންނަށް ރައީސް ޔާމީނު ދީފަ ހުއްޓާ ސޯލިހު އަތުލި އަދި ފަހުން މުއިއްޒު ދޭނެ ކަމަށް ރިޔާސީ ކެމްޕޭނުގައި ވައުދުވި ފުލެޓުތައް؟ ނުކުޅެދޭމީހުން ވީމަތޭ ބޭފުޅާ އެކަމާ އަޅާނުލާ ތިހުންނަނީ؟
ހަބީބު
19 June 2025
ޝުކުރިއްޔާ ރައީސް ސޯލިހް