އެމްޑީޕީން މީގެ ކުރިން ބޭއްވި އެއްވުމެއްގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
20 ޖޫން 2025 - 21:41
ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީ އަށް ސޮއިކުރައްވުމުގެ ހާއްސަ ޖަލްސާ އަށް ސަރުކާރުން ސަލްޓަންޕާކު ހަމަޖައްސައިދީފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވީ ސަލްޓަން ޕާކު މަރާމާތުކުރަން ސިޓީ ކައުންސިލުން އެ ތަން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން އެއްވެސް ބަޔަކަށް އެ ތަން ކުއްޔަށް ދީފައިނުވާ ކަމަށާއި ކުއްޔަށް ދިނުމަށް އުސޫލެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު، އެމްޑީޕީން އެދިގެން އެ ޕާޓީގެ ޖަލްސާ ބާއްވަން ސަލްޓަން ޕާކު ދޫކުރަން މިހާރު ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި މުއްތަލިބު ވިދާޅުވި އެވެ.
"މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެ އިން ތަނެއް ހަމަނުޖެހިގެން އެ ތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓު ބާއްވާ ތަން އެ ޕާޓީން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމައިފަ އެވެ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން ގިނަ މެމްބަރުންތަކެއް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކުލަގަދަކޮށް ފާހަ ގަކުރުމާއި އެމްޑީޕީގެ އަހަރީ ދުވަހުގެ ހަފުލާތަކަށް ސަރުކާރުން ތަނެއް ނުދިން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ރޭ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނަޝީދަށް އެމްޑީޕީން މަރުހަބާ ދެންނެވުމުގެ ހަފުލާ އަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރުން ތަނެއް ނުދައްކައިފި ނަމަ އެ ހަފުލާ ބާއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގެ ކަންމަތީގައި ކަމަށެވެ.
އޭގެ ފަހުން އެ ކަމަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ރޭ ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
އެއާއެކު، ހީނާ ދެއްކެވީ ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވުންތައް ބޭއްވުމަށް މި ސަރުކާރުން ފަހުން ކަނޑައެޅި ތަންތަނެވެ.
ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މީގެ ކުރިން އެއްވުން ބޭއްވެނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ވިޔަސް މިދިޔަ މެއި މަހުން ފެށިގެން ހޯމް މިނިސްޓްރީން ވަނީ އިތުރު ތިން ތަނެއް ކަނޑައަޅައިފަ އެވެ. އެއީ ރަސްފަންނު ސަރަހައްދާއި މާލޭގެ ހުޅަނގު ދެކުނުން ހިއްކި ސަރަހައްދު ނުވަތަ އިންޑަސްޓްރިއަލް ވިލެޖު އަދި އުސްފަސްގަނޑެވެ.
އެމްޑީޕީގެ އަހަރީ ދުވަހަކީ މި މަހުގެ 26 ވަނަ ދުވަސް ކަމަށް ވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަންނަވާތީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔަން އެ ޕާޓީން އަންނަނީ ތައްޔާރުވަމުންނެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަސްކަރުރަންރީނދޫ
22 June 2025
އަލުން އެލްކޭޖީ އަށް ވައްދާ.ދެން ބާރަށް އަތް ޖަހާ. ރޫޅާލާ
ޢަހުމަދު އބދ
21 June 2025
ތީ ގްރޭންޑް ކުރަންވީ ޖަލްސާ އެއްނޫން. ތީ ބޭވަފާތެރި ކެހިވެރިއެއް
ޗުޕްކޭ
21 June 2025
އެމްޑީޕީ ގެ ރިޔާސީ ކެންޑިޓޭޓްކަން ނަޝީދަށް ނުލިބޭނެ. މާކް މައި ވޯޑްސް.
ކޮވެލި
21 June 2025
ނަޝީދު އެނބުރި އެމްޑީޕީ އަށް އައުމުގެ މައްސަލައެއް ނެތް. މައްސަލައަކަށް ވާނީ އެއީ އެ ބޭފުޅާއާ އެބޭފުޅާގެ އެކުވެރިންގެ ވަށައިގެން އެނބުރޭ ޕާޓީ އަކަށް ވުން. އެހެން ވެއްޖެއްޔާ ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެ. ފަައްޔާޒުގެ ކިބައަކު ނެތް ޕާޓީއެއްގެ ލީޑަރޝިޕް ނަގައިގެން އުޅެވޭހާ ވަރެއް. ދެ އިންތިޚާބު ޗޮކުން ދުއްވާލާފައި އަދިވެސް އަނގަ ފުޅާ ކުރަނީ. އީވާއާ އަމްރު މެންނަކީ ބޮޑު މުއްސަނދިން.
ދޮންތު
21 June 2025
ކަލޭމެން ކޮންމެ އެއްޗެއްކިޔަސް ރައްޔިތުންނަަށާއި ޤައުމަށް ރަނގަޅު ވައްކަން ނުކުރާ މި ވަރުގެ ވެރިއެއް މި ޤައުމަކު ދެން ނުހުންނާނެ. އަދިވެސް ނަޝީދު ގެނެސްގެން ޤައުމުގެ ރައްޔިތުންނަނަށް ރަނގަޅުވާނީ
ގައުމުގެ
21 June 2025
ރީކޯ މޫސަ މެންނައް 15 މިލިއަން ޑޮލަރުން ދިނީ ގުޅީފަޅު ހިއްކާށޭ ކިޔާފަ ހަމަ އެއްކަމެއް ވެސް ނުވެ ސަރުކާރު ނިމުނީ މުޅި ގައުމު ހަލާކު ކޮއްލާފަ
މުރާސިލް
21 June 2025
ވަރަށް ރަނގަޅެވެ. ސަލްޓަންޕާކުގެ ސްޓޭޖްގައި ނަޝީދު ސޮއިކުރުމުގެ ޖަލްސާބާއްވަން އެމްޑީޕީން ނިންމުމުން ތިޔަ ކަމުން ވަރަށް ސާފުކޮށް އެނގެނީ ނަޝީދުގެ ސިޔާސީތަރި އަބަދަށްޓަކައި އޮއްސިއްޖެކަމެވެ. ތިޔަ ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވާ މާލެ ވަޑައިގެން ދުވަހު މާލޭގެ މަގުތަކަށް 10 ވަރަކަށް ހާސް މީހުން އެއްވިދުވަސް ވެސް ދުށީމެވެ. 150 މީހުންގެ ޖާގައިގެ ސްޓޭގައި ނަޝީދު ހުވާކުރެއްވުން ބައްވަން ނިންމުން މިހާރު އެކަން ކަށަވަރުވެ ނިމިއްޖެއެވެ.
އަލީރާޖާ
21 June 2025
ރައްޔިތުން ވާވައްދައިގެން ހިންގަން މިއުޅެނީ ބުޑު ސްކޭމއެއް
ޗޫޤީ
21 June 2025
އެމްޑީޕީއަށް އަލުން ނަޝީދު ސޮއިކުރާ ހަފްލާ ބާއްވަން ސަލްޓަން ޕާކަށްވުރެ ގަލޮޅު ބޯޅަދަނޑު ހަމަޖެއްސިނަމަ އާންމުންނަށް ބޮޑުމަންޒަރު ސާފުކޮށް ފެންނާނެ. ސަލްޓަންޕާކުގައި އެހާ ގިނަމީހުންނަށް އިށީންދެ ތިބުމަށް ޖާގައެއް ނުލިބޭނެ. މަމީ ފައްޔާޒުނަމަ ސަރުކާރުގައި އެދުނީހީ ގަލޮޅު ބޯޅަދަނޑު ހަމަޖައްސައިދިނުމަށް. މިވީގޮތުން ބެލެވެނީ ސިޔާސީ މައިދާނުގައި ނަޝީދުގެ ތަރި އޮއްސިއްޖެކަމަށް. ނަޝީދު ލައިގެން އެމްޑީޕީއަށް ކެއްކޭނެ މާމޮޅު ރިހައެއް ނެތްކަމަށް ލަފާކުރެވޭ.
ދޮގު ދޮލަނގު
21 June 2025
ސަރުކާރު ހާދަ މޭކަރައޭދޯ! ހައްހައްހައްހައްހާހާއި....
ޢެހެނަސް
21 June 2025
އެހެން ސަރުކާރެއް އޮތްނަމަ އެއްތަނެއް ވެސް ނުދިނީސް ޔަގީނުން ވެސް
މުލޭ
21 June 2025
ބޭރުގައި ހުރެގެން ރޫޅާލުމަކީ އުނދަގޫ ކަމެއް. އެހެންވެ އެތެރެއަށް އަންނަނީ ރޫޅާލަން.