ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން-- މިހާރު ފައިލް ފޮޓޯ
06 ޖުލައި 2025 - 15:07
ވައްކަމުގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށް އަދި އެ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަސް ގެންދާ ތަކެތި ހޯދުމަށް އާންމުކޮށް ދައުވާކުރާ މީހަކު، ލޯ ނަރުތަކެއް ހޯދަން ފުލުހުންގެ މައްޗަށް ދައުވާކުރުމުން އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
އއ. މަތިވެރި، އިރަމާގެ އާދަމް ޝަރީފް ފުލުހުންނާ ދެކޮޅަށް މިފަހަރު ދައުވާކުރީ މީގެ އަށެއްކަ މަސް ކުރިން އޭނާ އެކި މީހުންގެ އަތުން "ގަނެގެން" ގެނެސްފައިވާ ބާ ލޯނަރުތަކެއް، ވައްކަމުގެ ތުހުމަތުކޮށް ފުލުހުން ހިފަހައްޓާފައިވާތީ ކަމަށް ބުނެ އެވެ. އޭނާ ވަނީ އެތަކެތި ހޯދުމަށާއި އެ ތަކެތި ހިފެހެއްޓުމުން ލިބުނު ގެއްލުމުގެ ބަދަލާއި ޝަރީއަތުގެ ހަރަދު ފުލުހުންގެ ކިބައިން ހޯދުމަށް ދައުވާގައި އެދިފަ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ އޭނާގެ ފަރާތުން ފުލުހުންގެ މައްޗަށް ހުށަހަޅާފައިވާ އެ ދައުވާގެ ދަައުވާ ފޯމު ފުލުހުންނަށް ކޯޓުން ރައްދުކުރުމުން އެ ފަރާތުން އެ ދައުވާގެ ރައްދުގައި ކޯޓުގެ އިހްތިސާސާމެދު ސުވާލު އުފައްދައި ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ހުށަހެޅި، ކޯޓުގެ އިހްތިސާސާ ގުޅޭ އިއުތިރާޒުގައި އޮތީ އެއީ ޖުޑީޝަލް ރިވިއުގެ މައްސަލައެއް ކަމަށް ކަމަށާއި އެހެންވެ މައްސަލަ ހުށަހަޅާފައި ވަނީ އެފަދަ ދައުވާތައް ހުށަހެޅުމަށް ކަނޑައަޅާފައިވާ އުސޫލުގެ ބޭރުން ކަމަށެވެ.
ހުކުމުގައިވަނީ ދައުލަތުގެ އިދާރާއަކުން އަޅާ ފިޔަވަޅެއްގެ ސައްހަކަމުގެ މައްޗަށް ބިނާކޮށް ހުށަހަޅާ ދައުވާއެއް ހުށަހަޅަން ޖެހޭނީ ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ކަމަށެވެ. އަދި އެފަދަ ދައުވާއެއް ހުށަހެޅުމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޮންނަ އިޖުރާއަތާއި އިހްތިލާފު އޮންނަ ބާވަތުގެ ދައުވާއެއް ހުށަހެޅުމަށް އޮތް އިޖުރާއަތު އެ ގާނޫނުގެ ދަށުން ތަފާތު ކަމަށާއި އެހެންވެ، އެ ނޫން ގޮތަކަށް ހުށަހަޅާ ދައުވާއެއް ކޯޓުން ނުބެލޭނެ ކަމަށް ހުކުމުގައިވެ އެވެ.
އާދަމް ޝަރީފްގެ މައްޗަށް ވައްކަމުގެ ތުހުމަތުކޮށް ފުލުހުން ހިފެހެއްޓި ފައިސާތަކެއް އަނބުރާ ހޯދަން ކުރި ދައުވާއެއްގައި މިހާރުވެސް އޭނާއަށް ފައިސާތަކެއް ހަވާލުކުރަން ކޯޓުގެ ހުކުމެއް އެބަ އޮތެވެ. މީނާ އަކީ މިގޮތަށް މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ފުލުހުންނާ ދެކޮޅަށް ދައުވާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
06 July 2025
ދިވެހީން ތެރޭ ހައްގުތައް ހޯދަން މަސައްކަތް ކުރާ މީޙޫން މަދެވެ. ގިނަ ފަހަރު ވާހަކަ ދައްކާނީ ހޮޓާ ކެފޭ ތެރޭގަ އެވެ. އެކްސިޑެންޓް ތަކުގަ ވެސް ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރާ ވާހަކަ އަޑެއް ނީވެ އެވެ.
ދަނޭ
06 July 2025
ތިއީ މަތިވެރި ތީނަ ނޭނގޭ ޕޮލިހެއް ހުންނާނެ ހެނެއް ހީނުވޭ
މާނުު
06 July 2025
މިގައުމުގަ މި އޮންނަނީ ގިލްޓީ އަންޓިލް ޕްރޫވަން އިނޮސަންޓް. ފުލުހުން އައިސް މިހަކީ ވައްކަމުގެ ތުހުމަތުގަ ހައްޔަރުކޮއްފަ ހުރިމީހެކޭ ބުނެއެމީހެއްގެ ނަން ހަރާބު ކުރަނީ. ކޯޓަށް ގޮސް އެމީހަކަށް ހުކުމެއް އިއްވީމަ އެމީހަކީ ކުއްވެރިއަކަށް ވާނީ. ޕޮލިހުން ހިފަހައްޓާހާ ކޮންމެފަހަރަކު އެއީ ކުށުގެރިކޯޑެއް ނޫން. ބޮޑު އެކްސިޑެންޓެއް ވެގެން މީހެއްގެ ވަނަވަރު ކިޔާލާއިރު ފުލުހުންބުނާނެ އެމީހަކީ 30 ފަހަރު ޓުރެފިކް ވަޔަލޭށަނޭ. ބަލާއިރު ޗޭލްޕޮއިންޓްއިން ހިފަހައްޓާފަ
އެނބުރޭ
06 July 2025
އެމީހާއައް ގާނޫނުން ލިބިދޭ ހައްގެއް ދައުވާކުރުމަކިީ.ލިޔުމުން ހާމަކޮއްދޭން އުޅޭކަހަލަ އެމީހާއަކީ ޖޯކަރެކޭ.
ފަރަންޖީ
06 July 2025
ހައްގު ލިބުނަސް ހައްގުބޭނުންކުރަންޖެހޭނީ އޭގެ ހައްގު ގޮތުގަ. އެހެން ނޫނީއްޔާ އެއީ ހަމަ ޖޯކަރެއް. މަށަށް ހައްގު އެބައޮތް މަގުމަތީ ހަތަރެސްފައި ޖަހާފަ ހިނގަންވެސް. އެކަމަކު އެހެން ހަދައިފިއްޔާ މަމީ ޖޯކަރަކަށް ނޫނީ މޮޔައަކަށް އެހެން މީހުންނަށް ނުވާނެ ގޮތެއް އޮންނާނެބާ؟
އުޅޭމީހާ
06 July 2025
އިރެއްގައި ގޯހެއްހެދިފައި ހުންނަ މީހަކު ތަނެއްގައި ހުއްޓަސް ފަހައި ސުވާލުކޮށް އަތުގައި އޮތް އެއްޗެއް އަތުލާ ފުލުހަށް ބަލާ އަންނަން އަންގާ.... ރައްޓެއްސަކު މީހަކު އަތުން ގަނެގެން ގެންދިޔަ ބާ ލަވަޖަހާ ސެޓެއް ފުލުހުން މަގުމަތިން އަތުލާ ގަން ރިސިޕްޓް ގެންނަން އެންގި ވިއްކި މީހާ ފުލުހަށް އައިމާވެސް ރިސިޕްޓް ގެންނަން އެންގީ އެސެޓަކީ އެއްތަށް އަހަރެއް ވެފައިހުރި ސެޓެއް ކަމުން ރިސިޕްޓްއެއް ނެއް އަދިއަދަށްވެސް ނުލިބޭ މިހާރު އެތަށް އަހަރެއް
ފަރަންޖީ
06 July 2025
ދެން ފުލުހުން ތިބުނާ މީހާއަށް ހެއްކެތް ނެތި ދޭތަނުން އެމީހާއަކީ ކެހިވެރިއަކަށްވެ އޭގެ އަސްލު ވެރިމީހާ އެބަލާއައީމާ ގޯސްވާނީ އެ ގެންދިޔަ މީހާބާ ނޫނީ ފުލުހުންބާ؟