ގިނަ އަދަދެއްގެ މުށިމަސް މަރުވެގެން ބ. ކެންދޫގެ ގޮނޑުދޮށަށް ލައްގައިފައި.-- ފޮޓޯ: ކެންދޫގެ މަސްވެރިކަން ފޭސްބުކް ޕޭޖް
09 ޖުލައި 2025 - 11:37
ބ. ކެންދޫ ފަޅުގައި އޮތް މުށިމަސް އައިނުން ގިނަ އަދަދެއްގެ މަސް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހުމާން "މިހާރު" އަށް މިއަދު ވިދާޅުވީ އެ ރަށުގެ ވަށައިގެން، ފަޅުތެރޭގައި އާދަޔާ ހިލާފަށް މުށިމަސް އުޅޭކަން ފާހަގަވާތާ މިހާރު ހަތަރު ވަރަކަށް މަސްދުވަސް ވެއްޖެ ކަމަށެވެ. އެހެންވެ، ރަށުގެ ގިނަ ބަޔަކު މުށިމަސް ބާނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ފެށިގެން ގިނަ އަދަދެއްގެ މުށިމަސް މަރުވެގެން އެ ރަށުގެ ގޮނޑުދޮށްތަކަށް ލައްގާކަން ވަނީ ފާހަގަކުރެވިފަ އެވެ.
އިބްރާހިމް ވިދާޅުވީ ކުއްލިއަކަށް މަސްތައް މަރުވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.
ގިނަ އަދަދެއްގެ މުށިމަސް މަރުވެގެން ކެންދޫގެ ގޮނޑުދޮށަށް ލައްގައިފައި.-- ފޮޓޯ: ކެންދޫގެ މަސްވެރިކަން ފޭސްބުކް ޕޭޖް
ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި މަސްތައް މަރުވީ ސޫފި ދިޔަ (ހުއިފިލަނޑާ ކެއްކުމަށް ފަހު ބާކީވާ ފެންގަނޑު) މޫދަށް އެޅުމުންނެވެ.
އެކަމަކު، އިބްރާހިމް ވިދާޅުވީ މަރުވެގެން ލައްގަނީ ހަމައެކަނި މުށިމަސް ކަމުން، އެއީ ސަބަބެއް ކަމަށް ބެލެވެން އަދި ނެތް ކަމަށެވެ.
ބޮޑަށް ބެލެވެނީ ކެންދޫގެ ބަނދަރުގެ ފަޅަށް އެއްފަހަރާ ގިނަ އަދަދެއްގެ މުށިމަސް ވަދެ، ފުރުމުން، އޮކްސިޖަން ލިބުން ދަށްވެގެން މަސްތައް މަރުވަނީ ކަމަށް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށުގެ ބަނދަރުގައި ރިވެޓްމަންޓް މިހާރު ޖަހާފައި އޮތް ގޮތުން މަސްތަކަށް ބަނދަރުގެ އެކި ދިމަދިމާލުން ވަދެ، ބޭރުވުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. މަސްތަކަށް ބަނދަރަށް ވަދެ ނުކުމެ މިހާރު ހެދޭނީ ނެރު ކަނޑާފައި އޮތް ދިމާލުން އެކަނި ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ މުށިމަސް މަރުވެގެން ކެންދޫގެ ފަޅުތެރޭގައި ފެނުން މައްޗަށް އަރައިފައި.-- ފޮޓޯ: ކެންދޫގެ މަސްވެރިކަން ފޭސްބުކް ޕޭޖް
"އެހެންވީމާ އޮއިވަރާއި ޓެމްޕަރޭޗާއާ މި ކަހަލަ ބަދަލުތަކެއްގެ ސަބަބުން ކަމަށް ބޮޑަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.
"އެކަން އެގޮތަށް ވާ ސަބަބަކީ މީގެ ކުރީގައި ވެސް ކެންދޫގެ ކޮންނި ފަޅަށް ވަންނަ މަސްގަނޑު، ގިނަ އަދަދަކަށް މަސް އެއްފަހަރާ ވަދެއްޖެއްޔާ މަރުވޭ، އެ ކަހަލަ ހާދިސާތައް ހިނގާފައި އެބަހުރި."
މަރުވި މަސްތައް ނަގައި ރަށުގެ ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށައިފަ އެވެ.
މި މައްސަލަ ފިޝާރީޒް މިނިސްޓްރީއަށް މިހާރު ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދަނު
09 July 2025
ކެންދޫ މީހުންގެ ނުބައިނުލަފާކަމުން ވާކަންކަން ތިހުންނަނީ
ނިކާޝް
09 July 2025
މަސް މަރުވާ ސަބަބު ހޯދަން ދިރާސާއެއް އަވަހަށް ކުރުމަށް ފޝަރީޒް އަދި އެންވަޔަރމަންޓްގެ ޓީމެއް ވީހާ އަވަހަށް ކެންދޫ އަށް ދިއުމަށް ވަރަށް ބޮޑަށް ފެނޭ.
ޒާކިރުބެ
09 July 2025
މަ ބުނީ ތިރަށުގަ ކުރިން ގެންގުޅު ބަކަރިތައް ކޮބާތަ.
ޔޫކޭ
10 July 2025
ރަނގަޅު ގެރިބަކަރިވެސް ދަނެޔޭ އެޔަށް ކާންދީ އުޅޭމީހާ....ކަލޭ ނުދަނޭ އެވަރުވެސް
ޒަވިޔަނި
09 July 2025
ތި ފަޅުތެރޭ ހުރި މަސްތައްހިފާފަ ފޮނުވަބަލަ މާލެ މަސްމާރުކޭޓައް، ތާޒާ މުށިމަސްކޮޅެއްލިބޭނެ ނުން. މަރުވެގެން ލައްގަންދެން ނުބަހައްޓާ.
އަލިހުރަސް1
09 July 2025
މޫސާގެފާން ޒަމާނުގައި، ފިރޯނު މާ ޖައްބާރު ގަދަފަދަކަން ދަށްކަން ފެށީމާ، ނީލާ ކޯރުގެ އުޅުން މަސްތަށްވެސް މަރުވެގެން ލައްގަން ފެށި.
ވެންގަބޯ
09 July 2025
އަދިވެސް ކަޑުމަސް ގިނައިން ބާނާފައި ކުނި ކޮއްފައި ކަނޑައަޅާ ތިފެންނަނީ ތިކަމުގެ ހިތި ނަތީޖާ ނުކިރުނޭ ކަޔާފަ ކުނިވުމުގެ ކުރިން ރަނުގެ ރައްޔިތުންނަށް ބެހިނަމަ ނޫނީ ރިހާކުރު ކައްކާ މަސްވަލޯކޮއް ހިތްކާ ހިކިމަސް ހަދާ ހެދޭނޫންތޯ ﷲ ދެއްވާ ރިޒުގުގައް ސުކުރު ނުކުރުމުގެ ނަތީޖާ ތިފެންނަނީ ﷲ ކޮފާ ފޮނުއްވާނީ އެކިގޮތްގޮތަށް މީވެސް ވެދާނޭ.؟ ދިއްދޫއިން މަސް ރަށުއޮފީހަށް އެލި ފަހުން މަސްނުބޭނޭން ފެށި މަސްލިނުން ދަތިވެ މަސްތަދިވީ ﷲ ދެއްވާރިޒުގުގައް ފުރަގަސްނުދީ
އަތޮޅު މީހާ
09 July 2025
އެއްކަލަ ކެންދޫ ދޯ. ކުރީ ދުވަހެއްގަ ތިޔަރަށުގެ ފިހާރައަކައް ދިޔަ ދިޔައިރު ފިހާރައާއި ޖެހިގެން ހުރީ މަގުމަތީގަ އަތްދޮންނަ ތައްޓެއްް އިސްކުރުލާފަ ބަހައްޓާފަ. މުޅިތަން އޮތީ ވަރައް ނުތާހިރުކޮއް . މަބުނީ މިހާރު އެތަށި ނަގާފިތަ
ޔޫކޭ
10 July 2025
ތަށި ނަގަންވީތަ ނޫނީ ތަން ތާހިރު ކުރަންވީތަ، މިސާލަކަށް މީހަކު ގަޔަށް ބޮޑުކަމުގޮސް ނުތާހިރުވީމާ އޭނާ ނައްތާލަންވީތަ؟!!
އަމީތާބު
09 July 2025
ތިޔަ ކައުންސިލުން ރަށައް ފައިދާ ހުރި އެއްވެސް ކަމެއް ނުކުރޭ. އިސްތިއުފާ
ލުބުނާ ވާދީ
09 July 2025
ކައުންސިލުން ބުނި ގޮތައް ވަށައިގެން ތޮށިގަނޑު ޖަހާ ނިންމާފަ ކޮން ރިވެޓްމަންޓް ޖެހިގޮތޭ ކިޔާކައްތަ.
ކެނދޫ
09 July 2025
މަ ބޭނުން ރިހާކުރުކޮޅެއް ކައްކާލަން ތީގެ މުށިމަސްކޮޅެއް
1235
09 July 2025
މަރުވެގެން ލައްގާ ނުވަަތަ ހޮވާ މަސް ކެެއުމެއް ނޯވެ.