ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ގުޅިފަޅު ގޯތީގެ މައްސަލަ ހައްލުކުރަން ބަންޑާރަ ނައިބްގެ އޮފީހާ މަޝްވަރާކުރާ ކަމަށް މިނިސްޓްރީން ބުނި.
09 ޖުލައި 2025 - 19:08
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން ބަންޑާރަ ނައިބުގެ އޮފީހާ އެކު މަޝްވަރާ އަށް ގޮސް އެ ކަމަށް ހައްލެއް ހޯދަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ބިންވެރިޔާ ސްކީމްގެ ދަށުން އެ ތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓަރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެކެއްގައި ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު ގޯތި ލިބުނު މީހުން ދަނީ އާ އެއްބަސްވުމުގައި ސޮއި ކުރަން ދެކޮޅު ހަދަމުންނެވެ.
އެ މައްސަލާގައި ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވިޔަސް އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ފަހުން ގެނައި ބަދަލާ އެކު އެ ތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ.
އެކަމަކު ހައުސިން މިނިސްޓްރީން މިއަދު ބުނީ، އެ މީހުންގެ މެދުގައި ނެގި ގުރުއަތުން ހައްގުވާ ޕްލޮޓު ކަނޑައަޅައި، ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށް މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު، އޭގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހިމެނޭކަން ފާހަގަވާ ކަމަށެވެ.
ބިމާ ބެހޭ ގާނޫނުގައި އޮންނަނީ އެ މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވޭނީ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އއިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ ފްލެޓެއް ދޫކޮށްލުމުންކަމަށް ޝަރުތު ކޮށްފަ އެވެ،
ނަމަވެސް ބިންވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ގޯތި ދޫކުރުމުގެ އުސޫލުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތު ކޮށްފައިވަނީ ހަމައެކަނި މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ އަދި ވިލިނގިލި) އިން ލިބިފައިވާ 600 އަކަފޫޓަށް ވުރެ ކުޑަ ގޯތިތައް އެކަންޏެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނިގޮތުގައި، އެގޮތަށް ޝަރުތު ކޮށްފައި ވަނިކޮށް، ހުޅުމާލެ އިން ހަވާލުކުރި ގިނަ ގޯތިތައް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެހެންވެ، ހަމައެކަނި ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހު ކޮށްގެން މުޅި މައްސަލައަށް ހައްލު ނުލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެެވެ.
"ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށްޓަކާ ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވީމެވެ،" ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
އެ މިނިސްޓްރީން ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި މެއި 30، 2025 ގައި ކުރިއަށް ގެންދިޔަ ގުރުއަތުން މީހުންނަށް ލިބުނު ގޯތި ހަވާލުކުރުން އަވަސް ކުރުމުގެ ގޮތުން އާ ގޯތީގެ ރަޖިސްޓަރީ ނަމްބަރާއި ގޯތީ ނަމްބަރާއި ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން އެ މީހުންނާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތާ ގުޅޭ މާއްދާ އިސްލާހުކޮށް އާ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައިވާ ކަމަށެވެ.
މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުގައި ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމާފައިވެ އެވެ.
އެކަމަކު ގޯތީގެ އެއްބަސްވުމަށް ގެނައި ބަދަލާ އެކު، އޭގައި ސޮއި ނުކުރަން ގޮވާލަމުންދަނީ ރަޖިސްޓަރީ ހައްދައި ސޮއިކޮށްފައިވާ އެގްރީމަންޓްގެ ދަށުން ބައެއް މީހުންނަށް ބިން ނުލިބިދާނެ ހާލަތެއް ވެސް ކުރިމަތިވެދާނެތީ ކަމަށާއި އަދި އެގްރީމެންޓްތައް ބާތިލުކޮށް، މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ބިން ބަދަލުކުރުމުގެ ފުރުސަތު އޮތުމުން ކަމަށް ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން މި ހަފުތާގައި ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
10 July 2025
ކުރީ ސަރުކާރުން ކޮށްފަ އޮތް ސައްހަ އެގްރިމެންޓެއް ދެފަރާތުގެ އެއްބަސްވުމަކާ ނުލާ އެއްފަރާތުން ބަދަލުނުކުރެވޭނެ. މިކަމާ ޢޭޖީ ވަކިބުނާނެ އެެއްޗެއް ނޯންނާނެ. ނުވެސް ބުނެވޭނެ. ސަރުކާރުގެ އެގްރީމެންޓަށް އިހުތިރާމް ކުރުމަށް ދަންނަވަން.
ާއުނިމާ
10 July 2025
އުފެދުމުގަވެސް ބާތިލް ސްކީމެއް.
މިވެސް ބަލާލަބަލަ
10 July 2025
ގެދޮރުވެރިކަމުގެ މިނިސްޓްރީއަށް ކުފޫހަމަވާ މީހެއްތޯ ފުރަތަމަ ބަލަމާ.
ފަރީހާ
10 July 2025
ގޯތީގެ ކަންތަކުން ސަލާމަތް ނުވެ އުޅެނިކޮށް ދައުރު ނިމިގެންދާނީ. ނާގާބިލު ސަރުކާރެއްމީ.
123654
10 July 2025
ކުރިން ކަންތަކާ ކުޅެންޏާ ހާދަކަމެއް އެބަހުއްޓޭ ކުޅޭނެ. ފަށާބަލަ ލ. ގަމުން މާލޭގެ ބޮޑުން ނަގާފައިވާ ގޯތިތަކަސް 30 އަހަރު މިވަނީ ހުސް ވިނަފަޅާފައި އެއެޮތީ މަމެްނގެ ތަންތަން ހަމައެްނެތި ހިފަހައްޓާފައި. އޭގައި އަތް ނުލެވެންޏާ ކުރިން ކުރި ކަންތަކާ އުޅޭނެ ކަމެއްނެތް. ކުރިން ކަންތަކުގައި އަތްލަންޏާ ވަކި ކަމެއްގައި ނޫން އަތްލަންވީ. ދެން ކަލޭމެން އަާޅާ ފްލެޓެއް ހިއްކިބިމެއް ކަލޭމެން ބޭނުންގޮތަކަށް ދީ. ހީވަނި އިލެކްޝަނުން ހޮވިދާނެތީ އުޅޭ ބައެއް ހެން.
321655
10 July 2025
ފްލެޓަށް ޓަކާ ގޯތި ދޫކޮށްލުން ގޯއްޗަކަށް ޓަކާ މާލޭ ދަށްކޮށްޓަންވިޔަސް އަންނަންޖެހޭ ތަން ފްލެޓް ދޫކޮށްލުން ވިލް ކޮސްޓް ޔޫ ދިސް އިލެކްޝަން. ނޯޓް ކޮށްލާ. މާލޭ ފްލެޓް ރާއްޖެެތެރެ މީޙާ ހޯދަނީ ސަމާސަޔަކަށް ނޫން
ފުރޭތަ1
10 July 2025
މީހަކު ވޯޓު ހޯދަން ހާވާފަ އޮތް ހަޑިއެއް
ސައްތަ
10 July 2025
މުއްތަލިބު އަދިވެސް އަހަރެމެންގެ ފްލެޓްތައް ހަވާލު ކުރަންނުވޭތަ؟
ސާދަ
10 July 2025
ހީވަނީ މާޤާނޫނާއި އެއްގޮތަށް ކަންކަން ކުރާބައެއްހެން. ބަލަ އެހެންކަން ކަމުގައިވެސް ތިޖައްސަނީ ގިނައިން ގޭމް. ވަޒީފާ ދެނީ ޤާނޫނާއި އެއްގޮތަށް؟
ޝަޒޫދާ
10 July 2025
ބައްލަވާ މަނިކުފާނު ކުރިން ވިދާޅުވީ ކުރިން ދޫކުރި ރަޖިސްޓްރީ ހިފައިގެން އަންނާށޭ، އޭރުން އާ ރަޖިސްޓްރީ ދޭނަމޭ، އަސްލު ހަމަ މިސަރުކާރަށް ދޮގު ހަދަން މަޖުބޫރު ވަނީއޭ، މިހާރު ތިބުނަނީ ލަފާ ހޯދަނީއޭ، އާޚިރުގަ ތިކަން ނުކުރެވޭ، ޤަބޫލު ކުރަންޖެހޭ ޙަޤީގަތަކީ އެއްސަރުކާުން ދީފަ އޮތް ގޯއްޗެއް އަތުލެވޭނެ ޤާނޫނީ އެއްވެސް ޙުއްޖަތެއް ނޯންނާނެކަން. ތި ހައްދަވަނީ ގޯހެއް، ރއްޔިތުން ރުޅިނޭރުވުން އެދެން. ދެންވެސް އުނބައްޖަހާ ކުރީ ސަރުކާރުން ގޯތިދޭން ނިންމި ގޯތިދޭނެ
ކިމް
10 July 2025
އޭޖީގެ ލަފާ ނުހޯދާ ކުރިން؟