ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ---ފޮޓޯ: ރައީސް އޮފީސް
11 ޖުލައި 2025 - 18:58
މީޑިއާތަކުން މައުލޫމާތު ފަތުރާއިރު އެހެން ގައުމުތަކާ އެކު އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެއީ ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސިފަކުރައްވައިފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީ ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މީޑިއާތަކުން ވާހަކަތައް ގެނެސްދޭއިރު ވަރަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން އެބަ ހުރި ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މައުލޫމާތެއް ފޯރުކޮށްދޭއިރު އެ މައުލޫމާތެއްގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ކަންކަމަށް ބުރޫއަރާނެ ފަދަ ހާލަތެއް އޮތް ނަމަ، އެ ވާހަކައެއް ނުދައްކާ ބާއްވަން ޖެހޭ ކަމަށެވެ.
އެކަމަކު ރާއްޖޭގެ ހިންގުމުގައި އެކުރާ ދަތުރުގައި ފެނިވަޑައިގަތީ ގައުމުތަކާ އެކު އޮންނަ ގުޅުންތައް ހީނަރުވާ ފަދަ މައުލޫމާތު ވެސް މީޑިއާތަކުން ފޯރުކޮށްދިން މަންޒަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސިޔާދަތީ ކަންތައްތަކަށް ނުފޫޒު ނޫނިއްޔާ ސިޔާދަތީ ކަންތައްތަކަށް ބުރޫއަރާ ޒާތުގެ ވާހަކައެއް ވިއްޔާ އެ ވާހަކައެއް ޖެހޭނެ އަޅުގަނޑުމެންގެ އަމިއްލަ ގައުމަށްޓަކާ އަޅުގަނޑުމެންގެ ނަފްސަށްޓަކާ ބާއްވާލަން،" އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ އެފަދަ ވާހަކަތައް މީޑިއާތަކުން ގެނެސްދޭ ނަމަ، އެ ދެވެނީ ގައުމަށް ހަމަލާއެއް ކަމަށާއި އެއީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި ހަލީލް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމާ ގުޅޭ ގޮތުން ބޭރުގެ ގައުމަކާ ގުޅުވާފައި ޖަހާފައި އޮތް ހެޑްލައިނެއްގެ ވާހަކަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ހެޑްލައިންތަކުގެ ސަބަބުން ރާއްޖެއާ މެދު އެހެން ގައުމުތަކުން އޮންނަ ޝައުގުވެރިކަމަށް ބުރޫއަރަ އެވެ.
އެފަދަ އަމަލުތަކަކީ އަމިއްލަ އަތުގައި އޮންނަ ފުރޮއަކުން އަމިއްލަ ފައިގައި ޖެހުން ކަހަލަ ކަމެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވި އެވެ.
"މި ޒާތުގެ ކަންކަން ކުރާ ނަމަ، ރާއްޖެއާ ދޭތެރޭގައި އެކިއެކި ފަރާތްތަކުން އޮންނަ ޝައުގުވެރިކަމަށް އެބަ ބުރޫއަރާ. ކޮށްގެން ނުވާނެ އެކަމެއް. އެއީ އަމިއްލަ އަތުގައި އޮންނަ ފުރޮއިން ފައިގައި ޖެހުން ކަހަލަ ކަމެއް މިކުރަނީ،" އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ފޯރުކޮށްދޭއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވަމުން ހަލީލް ވިދާޅުވީ ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަންވާނީ ބޭރު ގައުމުތަކަށް ގޮސް ރާއްޖެ ތަމްސީލުކުރާ ވަގުތުގައި ވެސް ޕޮޒިޓިވް ކަންކަން ފެތުރުމަށް ކަމަށެެވެ. އެފަދަ ދަތުރުތަކުގައި އެ ގައުމުތަކަށް ދައުވަތުދީ ރާއްޖެ އައިސް ކަންކަން ދިރާސާ ކުރުމާއި ކަންކަން ރަނގަޅުކުރުމަށް އެހީވުމަށް ކަމަށް ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ ބައެއް ގައުމުތަކަށް ދިވެހިން ގޮސް، ރާއްޖެއާ ގުޅޭ ސައްހަ ނޫން މައުލޫމާތު ފޯރުކޮށްދިނުމުގެ ސަބަބުން ވެސް ރާއްޖެއަށް ގެއްލުންވަމުންދާ ކަމަށެވެ.
އެހެންވެ ހަލީލް ސުވާލު އުފެއްދެވީ ގައުމު ހިންގުމުގައި ނެތް ވަގުތެއްގައި އެފަދަ ކަންކަން ކުރާ ނަމަ، އެ ފަރާތްތަކުން ކުރާ ނަމަ، އެމީހުންގެ ހިތުގައި ރާއްޖެއާ މެދު ހަމަ ހަގީގަތުގައި ވެސް ލޯބި އޮތްތޯ އެވެ.
ހަލީލް ވިދާޅުވީ ގައުމިއްޔަތު ފެށިގެން އަންނަނީ އެ މީހަކާ ހިސާބުން ކަމަށް ވިސްނައި، ގައުމިއްޔަތު ދިރުވުމުގައި މަސައްކަތްކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
13 July 2025
ޙޫމް. އިންޑިޔާ މީހުން ބަވާލުމަށްފަހު، އަމުރުކުރީމަ މީނަ ބިރުގަންނަނީ ދޯ؟
ޑރ ވާންޗޯ
12 July 2025
އިންޑީޔާއަށް ގިނަދަތުރު ކުރެވުނުވަރަކަށް އިންޑިޔާ އައުޓް އޭބުނީމަ އަރާ ކޮށި ވަރުގަދަވާނެ.
ރާވެރިބެ
12 July 2025
ބަލަ ހަދާން ނެތުނީތަ؟ ކޮން ބައެއްތަ އިންޑިއާ އައުޓޭ ކިޔާފަ މުޒާހަރާ ކޮށް ނުވިތާކަށް ރާއްޖޭއްގެ އެންމެ އެކުވެރި ގައުމުގެ ބޮޑު ވަޒީރަށް ޓްވިޓަރގަ ފުރައްސާރަކޮށްގެން އެގައުމުން ޓުައަރިސްޓުން އައު އެކީކަހަލަ ގޮތަކަށް ހުއްޓުނީ؟ ދެން މިވަރު މީހުން މިކަހަލަ ވާހަކަ ދައްކަން ލަދު ގަންނާން ޖެހޭނެ.
ވެރިކަން ލިބުނީމަ ތިވާގޮތެއްދޯ؟
12 July 2025
ރައީސްގެ ކެމްޕެއިން ފޮޓޯއެއް ގޫގްލަލްކޮށްލަބަލަ ފެނޭތޯ؟
އނބށ ޖހ ކއޒބ ގެ އނޑޔ އއޓ
12 July 2025
އަމިއްލަޔަށް ރާއްޖެ އަގުވައްޓާލަން "އނޑޔ އއޓ" ޓީޝާޓު ލައިގެން ރާއްޖޭގެ ހުރިހާ ދިމައިލެއްގަ ލާ ހޫރިފަ އަމިއްލަ ޕާރޓީ ބޮޓުން ލައްވާ އެހެން ގައުމުތަކުގެ ވެރީންނަށް ހަޖޫ ޖެެހީ ކޮންބަޔެއް، ކޮންވެރިޔެއް. އިއްޔެ މެންދުރު ހިނގިކަމެއް ގެ ވާހަކަ މި ބުނީ.
ޢަބޫބެ
12 July 2025
އެކަހަލަ ދޮގު ޚަބަރު ފަތުރާބފަރާތްތަކަށް އަދަބެއް ނުދެވޭތޯ؟ އަދަބު ނުދޭނަމަ ހީވަނީ ހަމަ ތެދުޚަބަރު ހާމަކުރާ ވަރަށް ތެދުވެރި ބައެއްކަމަށް. މިހެން ބުންޏަސް އެމްޑީޕީއަކީ ވެރިކަމުގެ އެދުމުގައި ވަރަގިނައިން ދޮގު ޚަބަރު ފަތުރާ ބައެއްކަން މަށަށްވެސް ޤަބޫލުކުރެވޭ. ޚާއްޞަކޮށް މަސްވެރިކަމާ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅިގެން
ހަސަންދީ
12 July 2025
ތިމާމެންނަށް އުޅެވުނު އަދި އުޅެވޭ ގޮތެއް ނޭގޭ ؟؟؟ އެކަމަކު އެވާހަކަ ދައްކާ މީހާ މި ގޯސްވަނީ...
ސޯޅަ
12 July 2025
އަހަރެމެންނަށް ފެނޭ މޯދީ އަށް މަރުހަބާ ކިޔުމަށް ހަލީލްމެން އިންޑިޔާ އައުޓް ޖަހާފަ ހުރި ޓީޝާޓް ލާފަ ހުރި ފޮޓޯތަށް ބޮޑު ކޮށް ޕްރިންޓް ކޮށް މާލޭ މަގުމަތީ ދަމަން.
ދޫލަ
12 July 2025
ތިޔަވާހަ ވިދާ ވިދާޅުވާއިރު، މޯދީ ވަޑައިގަތުމަށް އެވަނީ ދައުވަތު ދީފައި، ވީއިރު މަނިކުފާނާއި މިސަރުކާރުގެ ވެރިން އިންޑިޔާއަށާއި މޯދީއާމެދު ކީ އެއްޗިއްސަށް މާފަށް އެދުން ކީއްތޯ؟
އައްލާ ބެއްޔާ
12 July 2025
ފޭކް ޕްރިންސް ގެނެސް އެ ގައުމުތަކުގެ އަސްލު ޕްރިންސް ގެ އަގުވެއްޓޭގޮތަށް ރައީސް އޮފީހުގައި ބޮޑެތި ރަސްމިއްޔާތު ބާއްވާ 8 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގައި ސޮއިކޮށް ހެދީމަ އެގައުމުތަކުން އެ ސުވާލު ކުރާނެ. ދިވެހި ނޫސް ވެރިން ކުށްވެރި ނުކޮށް ދެން ވެސް ސަރުކާރުން ސްކޭމް ތަކުގައި ނުޖެހި އުޅެވޭތޯ ބަލާބަލަ. އަދި ވެސް ގޯސް ތިކުރަނީ އެ ވާހަކަ ދައްކާ މީހުން.