މީގެ ކުރިން ވިއްސާރަކުރި ދުވަހެއްގައި މާލެ މަތިން ދިޔަ ވިއްސާރަ ވިލާގަނޑެއް: ކުރިއަށް އޮތް ހަތަރު ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ޖުލައި 2025 - 15:36
މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ނެރުނު މޫސުމީ އިރުޝާދުގައި ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށެވެ. އަދި އެ ދުވަސްތަކުގައި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވުމުގެ އިތުރުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
• ވައިބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ
• ކަނޑުތައް، ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ
• ބޮޑުބަޔަކަށް ވިއްސާކުރުމާ އެކު ގުގުރާނެ
• ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރާނެ
މެޓް އޮފީހުން ވަނީ މޫސުމަށް އެންމެން ވެސް ހާއްސަ ސަމާލުކަމެއް ދޭން، އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާ ބެހޭ އެންމެފަހުގެ އަދާހަމަކޮށްގެން ދަތުރުފަތުރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މާދަމާއަކީ ހުޅަނގު މޫސުމުގެ ފުސް ނަކަތުން ތިންވަނަ ދުވަހެވެ. މި ނަކަތުގައި އާންމު ގޮތެއްގައި އުޑުމަތި ބަނަވެ، ކެރީގެ އަސަރުކުރެ އެވެ. އަދި މިއީ މަސްވެރިކަން ވެސް ރަނގަޅުވާ ދުވަސްވަރެކެވެ.
މިހާރު ރާއްޖެއަށް މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމިހް ހަލީމް
16 July 2025
އަސްލު ވަރަަށް މަދު ޕައިލެޓަކަށް ކެރޭނީ އެކަހަލަ ވެދާގަ ފްލައިކުރަން
ބޭޑްވެދަރ ފައިލެޓް
16 July 2025
އެހެންތަ؟ ތިޔައީ ކެރޭ ޕައިލަޓެއްތަ؟
ސެޓެލައިޓް
16 July 2025
މާދަމާއިން ފެށިގެން 4 ދުވަސް މޫސުން ގޯސް ނުވެއްޖެއްޔާ ތި އޮފީސް ބަންދުކުރަންވާނެ! إن شاء الله 4 ދުވަސް ފަހުން މަ އަންނާނަން މި ކޮމެންޓަށް ރިޕްލައިކުރަން.
ފުލުސްޓޮޕް
16 July 2025
މެޓުން ލަފާކުރާ ވާހަކަ ދޯ އެބުނަނީ! ކުރިއަށް ވާނެ ގޮތް ކަނޑައެޅިގެން އެނގޭނީ ހަމަ އެންމެ ފަރާތަކަށް!
ބިންބި
16 July 2025
ކީކޭތަ ތިކިޔަނީ ފުލްސްޓޮޕް، ކޮންމެވެސް އެކައްޗެއް ކިޔާބަލަ، ފާލު ބަލާ ރަމަލު ޖަހާމީހުން ވެސް ލަފާތަ ކުރަނީ؟
ސަމަރރރ
18 July 2025
ކޮބާ މެޓް އޮފީހުން ދެއްކި ވާހަކަ ދިމާވެއްޖެ. ދެން ސެޓެލައިޓް ބަންދުކުރޭ!