ސްކޫލެއްގެ އެސެމްބްލީ ފަށަނީ --- ފޮޓޯ/މިހާރު
17 ޖުލައި 2025 - 14:35
އަންނަ ދިރާސީ އަހަރު އަތޮޅު ތެރޭގެ ރަށްރަށުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 700 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ބުނެފި އެވެ.
ދައުލަތުގެ މީޑިއާ ޓީވީއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް، މާލޭ ޒޯންގެ ކޯޑިނޭޓަރު އަބްދުލް ވަލިއްޔު އަލީ ވިދާޅުވީ އަތޮޅުތަކުން މާލެ ސަރަހައްދުގެ ސްކޫލުތަކަށް ބަދަލުވާން އެދޭ ދަރިވަރުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.
މާލެ ސަރަހައްދަށް ބަދަލުވާ ދަރިވަރުންގެ އަދަދު އިތުރުވާނެ ކަމަށް ބަލައި ދުރާލާ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރައްވައި، އޭނާ ވަނީ މިނިސްޓްރީން ލަފާ ކޮށްފައިވާ ތަފާސްހިސާބުތައް ހިއްސާ ކުރައްވައިފަ އެވެ.
މާލެ ސްކޫލެއްގެ ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
"ލަފާ ކުރެވެނީ ގާތްގަނޑަކަށް 700 އަށްވުރެ ގިނަ ދަރިވަރުން އަތޮޅު ތެރެއިން މާލެއަށް ބަދަލުވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
"ޖުމްލަ އެކު 2،000 އަށް ވުރެ ގިނަ ދަރިވަރުން އެބަ އުޅޭ [މާލެ ސަރަހައްދުގައި] ގްރޭޑް 1 އަށް ވަންނަ. އަދި 1،800 ނޫނީ އެއަށް ވުރެ ގިނަ އަދަދެއްގެ ދަރިވަރުން އެބަ އުޅޭ އެލްކޭޖީ އަދި ފައުންޑޭޝަން ސްޓޭޖާ ގުޅޭ."
އެ ޕްރޮގްރާމްގައި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ސައީދު މުހައްމަދު ވިދާޅުވީ އެ ދަރިވަރަކު ކިޔަވަން ބޭނުން ކޮންމެ ސްކޫލަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އަތޮޅުތަކުން މާލެއަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ދަރިވަރުންގެ އަދަދަށް ސްކޫލުތަކުން ޖާގަ ލިބޭނެކަން ކަށަވަރު ކޮށްފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މިދިޔަ މޭ މަހު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބު ދައްކާ ގޮތުން 2020 އިން ފެށިގެން 4،443 ދަރިވަރުން ރަށްރަށުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
18 July 2025
ހިތާމެވެރި ޚަބަރެއް ، ކީއްކުރާނީ ، ފާޚާނާތެރޭ ކައްކާ ކައި ބޮއި ހަދާގެންވެސް މާލޭގައި އުޅެންބޭނުންވިއްޔާދޯ !
ހައްޖަ.
18 July 2025
އަދިވެސް މާލެއަށް ތޮއްޖައްސާ .ވޯޓް ގެ ބޭނުމުގަ.މިހާރުވެސް ހިގައި ގަނެވެނީއެއް ނޫން.ދުއްވާ އެއްޗެއް ލިބެނީކި ނުޫން. މާލެ އަކީ ބިރުވެރި ތަނަކަށް ވެއްޖެދެން މާލޭ މީހުން ކިހިނެއް ހަދަންވީ
މާލޭގަނޭވާލެވޭތަ
17 July 2025
ހުރިހާ ކުދިން ރަށް ފަޅުކޮށްފަ އަވަހަށް މާލެ އާދޭ. އޭރުން މަހުޖަނުންނަށް އެރަށްތަކުގަ ރިސޯޓްހަދަން މުޅިއުމުރަށް ތަރިކަ މުދާގޮތުގެ ދެވޭނީ
އައްލާބެއްޔާ
17 July 2025
މިޒަމާނުގައި ކިޔަވަން މާލެ އަންނާކަށް ނުޖެހޭ. ޢެކަން އެގޭނެ ކުދި ރަށްރަށުން ރަށު ސްކޫލް އިން ކިޔަވައިގެން ދުނިޔޭގެ ވަނަތައް އެގެންދަނީ. މި ޒަމާނުގައި އަތުގައި އޮންނަ ފޯނާއި ގޭގައި ހުންނަ ކޮމްޕިއުޓަރ ނެޓަށް ގުޅާލީމަ އެ ބަދަލުވީ ދުނިޔޭގެ އެންމެ ބޮޑު ލައިބްރަރީއަށް. ތީ އަދިވެސް ބައެއް މީހުން ގަބޫލުކުރާ ގޯސް ގަބޫލު ކުރިމެއް މާލެ ގޮސްގެންނޭ ކިޔެވޭނީ. ރަށުގެ ހިތްފަސޭހަ މާހައުލުގައި މާރަގަޅަށް ކިޔެވޭނެ ކޮންމެ ތާކަށް ދިޔަސް ކިޔަވާނީ ކިޔަވާނެ ކުއްޖެއް.
ޖަލްމީ
17 July 2025
ރަނގަޅުތާ! މާލޭގެ ފިތިބާރުވެފައި ކޮތަރުކޮށި ތެރެއަށް ގެނެސް އެ ތުއްތު ކުދީން ނަފްސާނީ، އަދި ޖިސްމާނީ އަނިޔާއަށް ސިޔާސަތު ރާވަންތިބި މީހުންގެ އަމިއްލަ އެދުމާއި ނޭއްގާނީ ކަމާއި ގާފިލްކަމުން މި ކުޑަކުޑަ ތޮއްޖެހިފައިވާ ގޮޅިއަށް ލާ! ރައްޔިތުންނަށް މި ފިތުނަވެރި، ކަރަޕްޓު، އަހްލާގު ދަށް ސިޔާސީ މީހުން ދަސްވާނީ ކިތަށް ކިތަށް ދަރިން މަރުވެގެންތޯ؟
މާލެނޫންގޮތެއް
17 July 2025
ކީއްކުރާނީ ދޯ، އަތޮޅުތެރެ ތަމްސީލުކުރާ އެއްވެސް ކައުންސިލަކަށް، މެންބަރަކަށް ތިކަމުގަ އެއްވެސް މައްސަލައެއް ނެތް،
ރަދީފްއޮފިޝަލް / އަޝްރާފުންގެ ސްކޫލް
17 July 2025
"ސްޓޭޓް މިނިސްޓަރު ހުސެއިން ސައީދު މުހައްމަދު ވިދާޅުވީ އެ ދަރިވަރަކު ކިޔަވަން ބޭނުން ކޮންމެ ސްކޫލަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ." މިއީ ރަނގަޅު ވާހަކައެއް ނޫން.ގިނަ މީހުން ބޭނުންވަނީ ޖޭއެސް ނުވަތަ ކޭއެސް.ނަމަވެސް މިތަންތަނުން ޖާގަ ލިބެނީ ދަށުން ދަމާ ކުޅެ ކޮންމެވެސް ސިޔާސީ މީހެއްގެ އެހީގަ.މިއީ މިކަން އަބަދު ހިނގާ ގޮތް.
ރަދީފްއޮފިޝަލް / މާލެ ތޮއްޖެހުން
17 July 2025
700 ކުދިން ކަމަށް ވާނަމަ އެއީ ގާތްގަނޑަކަށް 2500 މީހުން.މި 2500 މީހުންގެ ތެރެއިން 18 އަހަރުން މަތީގެ އެވްރެޖް 1000 މީހުން ނަމަ އެއީ މާލެ ސަރަހައްދަށް އިތުރުވާ 1000 ވަަރަކަށް ސައިކަލް.މަގުތަކާއި ގޯޅިތަކުގަ ނެތް އިންސާނަކު ހުއްޓިލާނެ ޖާގަ ވެސް.މާލެ ދޫކޮށް ރަށަށް ދެވޭނެ ނަމަ އަހަރެން ހިތަށް މާފަސޭހަ.
ޙައްލު
18 July 2025
ބަންޑާރަ ގޯތި ހަދާއިރު އަޑިން ނުވަތަ ސައިކަލެއްގެ ފުޅާމިން ނަގާފަ ކުރެހުން ތަކަށް ހުއްދަ ދޭންވީ، ފްލެޓްތައްވެސް ހިޔާ ފްލެޓްހެން އެންމެ އަޑީގަ ޕާކިންލާފަ، މިސްކިތްތައްވެސް މަގާ މާ ގާތްނުކޮށް އަޅަންވީ
ކޮންކަމެއް
17 July 2025
މާލެ ސަރަހައްދަށް ކުދިން ކިޔަވަން ބަދަލުކުރުމަކީ ކުދިންގެ ހަލާކު. އެކަން ތި މީހުން ދަންނާނެނަމަ. ކުދިންނަށް ހެޔޮއެދޭނަމަ މާލެ ނޫން ދެން ރަގަޅަށް ކިޔެވެން ހުރި ރަށްތަކަށް ދިއުން މާ ފައިދާކުރާނެ. އެރަށްރަށުގެ ސްކޫލްތަކުން މަތީ ވަނަތައް އެ ހޯދަނީ މާލޭގަ ކިޔަވައިގެންނެއް ނޫން. ކިޔަވާ ނިންމާ އެކަކުވެސް ރަށް ތަރައްގީކުރަން ޚިޔާލެއް ނުކުރޭ. ވަޒީފާ އަދާކުރެވެން އޮތަސް ރަށް ޚިޔާރެއްނުކުރޭ. ދެން ކޮން ސަރުކާރެކޭ ކިޔާކަށް
ސާރާ.
17 July 2025
އަނެއްކާވެސް ކުޑަސިޓީ ހަދާ ރައްޖެތެރޭ މީހުންނަށް މާލެ ނާދެވޭގޮތް ހަދައިގެން ނޫނީ މިމީހުން މިކަން ހުއްޓާ ނުލާނެ. ކޯންޗެއް ރަށުގައި ނެތިގެން މިތަނަށް އަންނަނީ. ކިހާ ބޮޑު ވެއްޖެ ކަމެއް މީ ދެން.
ޖައިސާމް
17 July 2025
ރޭސިސްޓްކަން ހާމައަށް ފެންނާން ތިއޮތީ. ކޮންމެ ދިވެހި ރައްޔިތަކަށްވެސް ދިވެހިރާއްޖޭގެ ކޮންމެ ތަނަކަށް ހިޖުރަ ކުރުމުގެ ހައްގު އޮންނާނެ. މިސާލަކަށް އައްޑޫ މާލެއާ އެއް ފެންވަރަށް ތަރައްގީ ކުރިނަމަ ސާރާ އައްޑުއަށް ބަދަލުވީސް. އެއީ އެކަން އޮންނާންވީ ގޮތް. އެމީހަކު ބޭނުން ރަށަކަށް ދެވެން ޖެހޭނެ.
ާހެޔޮފުޅު
17 July 2025
ނެތް އެެއްޗެހި ބަލަން ކަލޭ އާދެ ބަލަ
ޮޒަޔަނިސްޓުންފަދަ
17 July 2025
މީނަމީ ޔަހޫދީ ވިސްނުމުގެ މީހެއް. ޔަހޫދީންވެސް އުޅެނީ ހިތުން އެހެންމީހުންނަކީ އެއްށްވުރެ ދަށް ފަންތީގެ ބައެއްކަމަށް ދެކިގެން. ކިތައް ރާއްޖެތެރޭ ރަށަކުންތޯ އޭލެވެލްއަށް ކިޔެވެން އޮތީ. ކިތެއް ރަށުގަތޯ ބޭނުންވާ ވަރަށް ވަޒީފާއޮތީ. ރޯގާއެއް ފިޔަވާ އިތުރު ބައްޔެއް ޖެހިއްޖެޔާ ވަގުތުން ރިފާ ކުރަނީ ތިޔަ ރަށްކޮޅަށް. ތިރަށާ ކައިރިވެސް ކުރާ ރަށެއް މި ދިވެހިފަސްގަނޑުގަ ނެތޭ. ސަރުކާރުތަކުން ބޭނުމެއް ނުވެޔޭ މާލެ ފިޔަވާ އިތުރު އޮޕްޝަނެއްދޭން.